ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ނުރައްކާ މެލޭޝިއާ އަށްވެސް ކުރިމަތިވަމުން ދާތީ، މި ހާލަތުން އަރައިގަތުމަށް އެޤައުމުގައި ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރާ އެކި ފަރާތްތަކަށް، މެލޭޝިއާގެ ރާނީ އަމިއްލަ އަތްޕުޅުން ކާނާ ތައްޔާރުކުރައްވައި އެފަރާތްތަކަށް ފޯރުކޮށްދީފިއެވެ.
މެލޭޝިއާ ރަސްގެފާނު، އައްސުލްތާން އަބްދުﷲ އަލް-ހައްޖްގެ އަނބިކަނބަލުން، ރާނީ އަޒީޒާ އާމިނާ މައުމޫނާ އިސްކަންދަރިއްޔާ މިކަން މިހާރު މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށް ހާމަކުރައްވާފައި ވާއިރު، އެކަމަނާ ވިދާޅުވެފައި ވަނީ މިއީ މި ނުރައްކާތެރި ދަނޑިވަޅުގައި ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރަމުން ގެންދާ ފަރާތްތަކަށް ހިއްވަރު ދިނުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށެވެ.
"މި ދަނޑިވަޅުގައި ސަރުކާރުގެ މަސައްކަތްތަކުގައި ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރާ ފަރާތްތަކަށް މިއީ އަޅުގަނޑުގެ ފަރާތުންދޭ ކުޑަ ހަދިޔާއެއް. އެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ސެލިއުޓް ކުރަން،" ރާނީ އަޒީޒާ އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ކޮވިޑް-19 މެލޭޝިއާގައި ފެތުރިޔަނުދިނުމަށާއި ބަލީގެ ނުރައްކަލުން ޤައުމު ސަލާމަތްކުރުމަށް ހިއްވަރާއި އެކު މަސައްކަތްކުރާ ފަރާތްތަކަށް އަމިއްލަ އަތްޕުޅުން ތައްޔާރުކުރައްވާ ތަކެތީގެ ފޮޓޯތައް އަޒީޒާ ގެންދަވަނީ އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރަމުންނެވެ. އޭގެތެރޭގައި މެލޭޝިއާގެ ޚާއްސަ ކެއުންތަކާއި އެޤައުމުގައި މަޤުބޫލު އެކި ބާވަތްތަކުގެ ކާނާ ހިމެނެއެވެ.
ރާނީ އަޒީޒާ ގެންދަވަނީ މިތަކެތި މެލޭޝިއާގެ ހޮސްޕިޓަލްތަކާއި މެޑިކަލް ސެންޓަރު ތަކުގެ އިތުރުން އެޤައުމުގައި އިމަޖެންސީ ޚިދުމަތް ފޯރުކޮށްދޭ އެކިއެކި އިދާރާތަކަށް ފޯރުކޮށްދެމުންނެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި މެލޭޝިއާ އަށްވެސް ކޮވިޑް-19 ގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. އެޤައުމުން މިއަދު އެކަނިވެސް 156 މީހަކު މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު، މިހާތަނަށް ޖުމްލަ 2626 މީހަކަށް އެޤައުމުން މި ވައިރަސް ޖެހިފައި ވެއެވެ. އޭގެތެރެއިން މިއަދު ދެމީހަކު ހިމެނޭހެން ޖުމްލަ 37 މީހަކު ވަނީ މަރުވެފައެވެ.
ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މެލޭޝިއާ އިން މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 479 ގައެވެ. އެޤައުމުގައި ކޮވިޑް-19 ޖެހިގެން 94 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދާކަމަށް އިދާރާތަކުން ބުނެއެވެ. މެލޭޝިއާ އިން ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
ރާއްޖޭގަ ނެތީ ތިކަކަލަ ކަނބަލެއް
މި ރާއްޖޭގަ އުޅޭނީ ބޮޑާ ކިބުރުވެރި ދީނަށް ފުރައްސާރަކުރާ އަންހެނެއް
މެލޭޝިޔާގެ ރާނީ އަށް ސާބަސް ތީ ފިސާރި ކަނބަލެއް. ބޭނުންވަނީ ތިކަހަލަ ކަނބަލުން.
މިދިވެހި ރާއްޖޭގެ ފަސްޓު ލޭޑީ އަކީ ސަހުންދާމެންގެ ފުރެންޑެއް ދެންކަމެކީ ބޮޑީ ގާޑުން ކައިރީގާ ބައިތިބާގެން ބާރު ހެދުންލާގެން ދުވުން މަޖްލީސްގެ މެންބަރުންނާ މިނިސްޓަރުން ނަންނުފޫޒްފޯރުވުން؟؟މިގައުމު މިވެރިންވެރިކަމަންގެނައުމް މިވަނީހަލާކު؟؟
ކޮބާ ހީވޭ މެޑަމް ފާތުމާ!
ރާއްޖޭގެފަސްޓް ލޭޑީ ފަޒްނާ މިކަން އެއްދުވަހު ކުރާއިރަށް އަންނި ބޭ ހަސަންޓޭ ފޮނުވާފައި ބަތް ތެއްޔަށް ވިހަ އަޅާނެ ހެން ހީވޭ
އަހަރެމެންގެޔާންޓޭ އަބިކަބުލޭގެހުރިނަމަތިކަންވެސްކޮ އްފާނެދޯ