ކޮވިޑް-19 އާއި ގުޅިގެން އެތައް ބަޔަކު މަރުވެގެން ހިނގައްޖެއެވެ. އަހަރެމެން ލޯބިވާ އެތައް ބަޔަކު އަބަދަށް އަހަރެމެންނާއި ވަކިވެގެން ހިނގައްޖެއެވެ. އެވާހަކަތަކުން އަހަރެމެން އެންމެނަށް ހިތާމައާއި ހިތްދަތިކަން ގެނުވައެވެ. މިފަހަރު ވެސް މިއޮތީ އެފަދަ ވާހަކައެވެ.

އެމެރިކާގެ ނިއުޔޯކްގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވާ ކިއުސް ޖޯޑަން ކެރީ މަރުވުމުގެ އިރުކޮޅެއް ކުރިން އޭނާގެ ދައްތައަށް ފޮނުވި މެސެޖެއް، ދައްތަ މީސް މީޑިއާގައި އާއްމު ކުރުމުން އެމެސެޖަށް ވަނީ ސަމާލުކަން ލިބިފައެވެ.

ނިއުޔޯކްގެ މައުންޓް ސިނާއީ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އައި ނަރުހެއް ކަމަށްވާ ޖޯޑަން އޭނާގެ ދައްތަ މަރްޔާން ޝެރޮން އަށް މިމަހުގެ 17 ވަނަ ދުވަހު ފޮނުވި އެންމެ ފަހު މެސެޖްގައި ބުނެފައި ވެއެވެ. "އަހަރެންނަކަށް ނޭވައެއް ނުލެވެއެވެ. އަހަރެން (ދައްތަ ދެކެ) ވަރަށް ލޯބިވެއެވެ. އަހަރެން މިއުޅެނީ ނިދާލާށެވެ."

ޖޯޑަން ފޮނުވި މެސެޖްގެ ޖަވާބުގައި ޝެރޮން ފޮނުވި މެސެޖްގައި ބުނެފައި ވެއެވެ. "އަހަރެމެން ވެސް ވަރަށް ލޯބިވެއެވެ. އަހަރެމެން މިތިބީ ދުއާ ކުރުމުގައެވެ."

ޖޯޑަން މަރުވީ އެމެސެޖް ފޮނުވިތާ އިރުކޮޅެއް ފަހުން ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އެމެރިކާގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ރައްކާތެރިކަމުގެ ގޮތުން އެކަށީގެންވާ އަންނައުނު ލިބެން ނެތް މައްސަލަ ވަނީ ފެންމަތިވެފައެވެ. އެންމެ އެކަށީގެންވާ އަންނައުނު ނެތުމުން ކުނި އަޅަން ބޭނުން ކުރާ ކޮތަޅު ބައެއް ނަރުހުންނާއި ޑޮކްޓަރުން ގައިގަ އޮޅައިގެން ހެދުމެއްގެ ގޮތުގައި ބޭނުން ކުރާ މަންޒަރު ފެންނަ ފޮޓޯތައް ދަނީ ދައުރުވަމުންނެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ ރައްކާތެރިކަމަށް އެމެރިކާގެ ހޮސްޕިޓަލްތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުގެންދާ ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުންގެ އާއިލާތަކުން ގެންދަނި ހުއްޓުމެއް ނެތި އެކަންބޮޑުވުންތައް މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާއާލާ

    ޓުރަމްޕު ތީ ކޯންޗެ އް

    45
    1
  2. Anonymous

    މިދުނިޔޭގެ ވެރިކަން ކުރާ މީހުންގެ ފެންވަރު

    22
  3. އަހްމަދު

    އެންމެ ހަރުދަނާ ފައްކާ ވެފަ އޭ ޑިމޮކްރަސީ އޮތީ، އެހެންވީމާ ނިމުނީ އެއްނު

  4. މާއްޓޭ

    ޓްރަމްޕް ދައްކާވާހަކަ އަޑުއަހާކަށް ނުވާނެ. އޭނަ އަކީ މޮޔެއް ކަމަށް މީޑިޔާތަކުން ބުނެއެވެ.

  5. ޚީނާ

    ކި ރިޔާ ނު ރޮވުނީ. ސޮ ރީ?

    2
    1