ފޭސްބުކް ނުވަތަ އެފްބީ އޭ ބުނުމުން އެއީ ކޮން އެއްޗެއްކަން ނޭނގޭ މީހަކު މިހާރު ނުހުންނާނެ އޭ ބުނުމުން އެއީ ދޮގަކަށް ނުވާނެއެވެ. ކުޑަކުޑަ ކުދިންތަކުން ފެށިގެން ދޮށީ އުމުރުގެ މީހުންނަށަވެސް މިހާރު ފޭސްބުކަކީ ކޮން އެއްޗެއްކަން އެނގެއެވެ.

ދުނިޔޭގެ 2.4 ބިލިއަނަށް ވުރެން ގިނަ މީހުން ބޭނުން ކުރާ ފޭސްބުކަކީ ދުނިޔޭގެ އެންމެ ބޮޑު މީސް މީޑިއާ ޕްލެޓްފޯމެވެ. ކޮންމެ ދިވެއްސެއް އަތުގައިހެން ފޭސްބުކް އެކައުންޓެއް އޮންނައިރު ފޭސްބުކް ތެރެއިން ތަފާތު ގިނަ ކަންކަން އަންނަނީ ހިނގަމުންނެވެ.

މީގެ ކުރިން ފޭސްބުކްގައި އިންނަނީ ހަމައެކަނި ”ލައިކް“ ބަޓަނެކެވެ. ނަމަވެސް 2016ވަނަ އަހަރުން ފެށިގެން ލައިކް ބަޓަންގެ އިތުރުން ތިމާ އެ ޕޯސްޓަކާއި މެދު ދެކޭ ގޮތް ފާޅު ކުރުމަށް ތަފާތު 5 ރިއޭކްޝަން ބަޓަނެއް ވަނީ އިތުރުކޮށްފައެވެ.

މިކަން ކުރި ހިސާބުން ގިނަ ބަޔަކު ”ލައިކް“ ޖެހުން ވަނީ ހުއްޓާލާފައެވެ. ލައިކުގެ ބަދަލުގައި ހިތް ނުވަތަ ”ހާޓު ރިއޭކްޓު“ ލިބެން އެންމެންވެސް ބޭނުންވާއިރު މިހާރު ޕޯސްޓުތަކަށް ލައިކު ޖަހަނީ ވަރަށްވެސް މަދު މީހުންކަން ފާހަގަކުރެވެއެވެ. އެއީ ސަަބަބެއް ނެތި އެއްވެސް ނޫނެވެ. މިހާރު މީހެއްގެ ޕޯސްޓަކަށް ލައިކެއް ކޮށްފިނަމަ ތިމާ ”އަންފްރެންޑު“ ކޮށްލާނެއެވެ. އަދި ލައިކު ކުރާ މީހުންނާއި މެދު މިހާރުގެ ޒުވާނުން ދެކެނީ އަދިވެސް އަޕްޑޭޓު ނުވާ ބައެއްގެ ގޮތުގައެވެ.

މިހާރު އެންމެ ގަދައަށް ޒުވާނުންގެ ފޭސްބުކް އެކައުންޓުތަކުން ފެންނަނީ ރިއޭކްޓު ނުކޮށް އެމީހެއްގެ ޕޯސްޓު ޝެއާ ކުރާ މީހުން ”އަންފްރެންޑު“ ކުރާނެ ކަމަށް ބުނެ ދޭ އިންޒާރުތަކެވެ. މިކަމާއި މުޅިއަކުން ދެބަސްވެވޭކަށްވެސް ނެތެވެ. އެއީ އެހެން މީހެއް ހިއްސާ ކޮށްފައި އިންނަ ޕޯސްޓެއް ތިމާ އަށް ކަމުގޮސްގެން އެ ޝެއާ ކުރާއިރު އެމީހާގެ ޕޯސްޓަށް ރިއޭކްޓެއް ކުރުމަކީ މާ ބުރަ ކަމެއް ނޫނެވެ.

މިވާހަކަ މި ހިއްސާ ކޮށްލީ ނޭނގި ހުރެ މީހަކު ތިމާ އަންފްރެންޑު ކޮށްފައި އިނދެދާނެތީއެވެ. މިގޮތަށް ކަންތައް ވާން ބޭނުން ނުވާނަމަ ލައިކު ކުރުން ހުއްޓާލައި، މީހެއްގެ ޕޯސްޓެއް ޝެއާ ކުރުމުގެ ކުރިން ރިއޭކްޓު ކުރަން ހަނދާން ބަހައްޓާށެވެ. ޒަމާނާއި އެއްވެސް މިކަހަލަ ބަދަލުތަކަށް އަށެގަތުމަކީ ބުއްދިވެރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމްޑީޕީ ބުރޯ

    މަރިޔަމް ޝާނީ ބުނަންތަވާހަކައެއް، އަންފޮރެންޑް ކޮށްފާނެތީ އެއްވެސް ހާސްކަމެއް އަހަރުމެވްގެއެއްނެތް!އެނގިއްޖެތަ! ކިހިނެތްވެގެންތަ ޗަކޮއެ ތިޔައުޅެނީ؟ ލިޔާނެޙަބަރެއް ނުލިބުނީތަ؟ ޗަކޮއެ ތިޔަކުރާކަމަކުން މަމިހާރު ޗަކޮއިދެކެ ފޫހިވާންފަށައިފި އެހެންވެ ހަމަމިހާރު ތިޔާކަން ހުއްޓައިލާ! މިބުނީނު ހުއްތައިލާށޭ!

    12