ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ތަފާތު އެކި ކަހަލަ ޗެލެންޖުތައް ދަނީ ކުރަމުންނެވެ.
އޭގެ ތެރޭގައި ޓޮއިލެޓް ޕޭޕާ ރޯލް ޖަގަލް ކުރުމާއި ކަސްރަތު ޗެލެންޖްތަކާއި ގުރުއާން ކިޔެވުން ފަދަ ޗެލެންޖްތައް ހިމެނެއެވެ.
އިންޑިއާގައި މި ދަނޑިވަޅުގައި ވަނީ އާ ޗެލެންޖެއް ވައިގައި ހިފައިފައެވެ. އެ ޗެލެންޗަކީ ބޮލީވުޑްގެ މަގްބޫލް ބަތަލް ކާތިކް އާރިޔަން މިދިިޔަ މަހުގެ ފަހު ކޮޅު އިންޑިއާގައި އިއުލާން ކުރި ޖަންތާ ކާފިއުއަށް ފަހު އާއްމު ކުރި ފޮޓޯއަކާއި ގުޅިގެން އާއްމުވި ޗެލެންޖެކެވެ.
އިންޑިއާގައި ޖަންތާ ކާފިއު އިއުލާން ކުރީ މިދިޔަ މަހުގެ 22 ގައެވެ. އެ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އެދުމަށް، އިންޑިއާގައި އާންމުން ވަނީ ތެލި ހިފައިގެން ނުކުމެ އޭގައި ސަމުސަލުން ތަޅާ، އަތްތިލަ ބަޑި ޖަހައިފައެވެ. އެކަން ކުރީ އެ ގައުމުގެ ސިއްހީ މަސައްކަތްތެރިންގެ އަގު ވަޒަން ކުރުމަށެވެ.
އެ ދަނޑިވަޅުގައި ކާރްތިކް އޭނާގެ މީސްމީޑިއާ އެކައުންޓްތަކުގައި ހިއްސާ ކުރީ ތަފާތު ފޮޓޯއެކެވެ. އެއީ އޭނާގެ ބޮލުގައި ތެއްޔެއް އަޅައިގެން ހުރި ފޮޓޯއެކެވެ. އޭނާ ހުރީ އަތުން ދަގަނޑު ތައްޓެއް ހިފައިގެންނެވެ. ކާރްތިކް އަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފަންނާނަކަށް ވުމާއި އެކު މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، އެ ފޮޓޯއާއި އެއްގޮތް ފޮޓޯތައް ނެގުން ވަނީ އާންމު ކަމަކަށްވެފައެވެ.
#TaaliBajaoThaliBajao 🔥
It’s DIVINE. It’s MAGIC.
With everyone coming together, the ENERGY is through the roof!! We all Salute the Selfless Heroes !! 😊
Thank you @narendramodi sir for bringing the country together in this way!! #JantaCurfew #CoronaStopKaroNa 🙏🏻 pic.twitter.com/uKAyc4Jnfn— Kartik Aaryan (@TheAaryanKartik) March 22, 2020
ކާރްތިކްގެ އެ ފޮޓޯ އާއެކު އިންޑިއާގައި އެ ޗެލެންޖް ވައިގައި ހިފާ އިސާހިތަކު މީސްމީޑާއާ މެދުވެރިކޮށް ރާއްޖެއަށް ވެސް އެ ޗެލެންޖް ވަނީ އައިސްފައެވެ. އެގޮތުން ވަކި ވަރަކަށް ލައިކްސް ލިބުމުން މި ޗެލެންޖް ފުރިހަމަ ކުރަމުންދާ އިރު މި ޗެލެންޖް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރޭގައި މަޝްހޫރު މޮޑެލްއިންނާއި، ދިވެހި ފިލްމީ ތަރިން ވެސް ހިމެނެއެވެ.
މިފަދަ ޗެލެންޖްތަކުގެ ބޭނުމަކީ މިވަގުތު ގޭގައި ގިނަ ވަގުތު ތިބޭ އިރު، ފޫހި ނުވެ، މަޖާ މާހައުލެއްގައި ތިބުމުގެ ފުރުސަތު ހޯދައި ދިނުމެވެ. މި ޗެލެންޗްގައި ހިމެނޭ ބައެއް ފޮޓޯތަކަކީ ވަރަށް މަޖާ ފޮޓޯތަކެކެވެ.
މިފަދަ ގިނަ ޗެލެންޖްތައް ރާއްޖޭގައި ހިންގަމުންދާ އިރު މި ޗެލެންޗްތަކަށް އާއްމުންގެ ފަރާތުން ލިބެނީ މަސްހުނި ޚިޔާލުތަކެކެވެ. ބައެއް މީހުން މި ޗެލެންޖުތައް މަޖާ ކަަމަށް ބުނާ އިރު އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ ވަރަށް ބޭކާރު އަދި ތާކުން ތާކު ނުޖެހޭ ޗެލެންޖްތަކެކެެވެ.
މޯޑީގެ އަކީ މުސީބާތެއް.
ހެދުނާއި ހަވީރު 100 ފަހަރު سبحان الله وبحمده ކިޔުން މާހެޔޮކަން ބޮޑުވެފަ ދަރުމަ ބޮޑު. ރަށްޔިތުންނަށް ގޮވާލަންވީ، މިފަދަ ދަނޑި ވަޅެއްގަ މިފަދަ ހެޔޮކަމަކަށް ނޫންބާ ތަރުޙީބު ދޭންވާނީ؟
އަސްތާ!!!! ތިކަހަލަ ހެޔޮކަމެއް ކުރަން ގޮވާލާކަށް ނުވާނެ!!! އޭރުން ވާނީ ދެއްކުންތެރިކަމަށް!!! ހެޔޮ ޢަމަލެއް ކުރަން އުޅެފިނަމަ އެއީ ދެއްކުންތެރިކަން!!! މިކަހަލަ ބޭރުގެ ފަރަންޖީން ކުރާ ކަންތައް ކުރުން އެއީ ހަމަ އެންމެ ރަނގަޅު ކަމެއް!!
މީ އަދުގެ ޙާލަތު.. ހިތާމަހުރި!!
ވަރަށް ރަގަޅު ނަސޭހަތެއް...
ދުނިޔޭގަ އުޅެނީ ހުސް މުސްލިމުންނެއް ނޫން
ކާކުތަ ބުނީ ދުނިޔޭގަ ހުސް މުސްލިމުން އުޅޭ ވާހަކަ.. މީހަކު މިތާ ދައްކައިފިތަ ހުސް މުސްލިމުންގެ ވާހަކަ!!
މި ކިޔަނީ ބޭރުގެ މުސްލިމު ނޫން ފަރަންޖީން ކުރާ ކަންތައް މި ދިވެހި މުސްލިމުން ކޮޕީކޮށް އެއީ މާ ރަނގަޅު ކަމަކަށްވެގެން ކުރާ ވާހަކަ!! އެކަމު ހެޔޮކަމެއް ކުރަން މީހަކު ގޮވާލައިފިއްޔާ އެކަން ދެއްކުންތެރިކަމަށް ވާ ވާހަކަ!!
ބޯ ހަލާކު!!
އަސްތާ!!!! ތިކަހަލަ ހެޔޮކަމެއް ކުރަން ގޮވާލާކަށް ނުވާނެ!!! އޭރުން ވާނީ ދެއްކުންތެރިކަމަށް!!! ހެޔޮ ޢަމަލެއް ކުރަން އުޅެފިނަމަ އެއީ ދެއްކުންތެރިކަން!!! މިކަހަލަ ބޭރުގެ ފަރަންޖީން ކުރާ ކަންތައް ކުރުން އެއީ ހަމަ އެންމެ ރަނގަޅު ކަމެއް!!
މީ އަދުގެ ޙާލަތު.. ހިތާމަހުރި!!
ހަމަ ގަމާރު މޮޔައިން
ލޮބުވެތި ކަދީދާ ކާޑުގަންނަން ދާއިރުން
އާދަންކޮބޭ ތެއްޔެއްބޮލަށް އަރުވާދެނީ.
މުސީބާތުގެ ވަޤުތުގަ އުފަލެއްނޫން ކުރަންވީ ހެއްދެވިފަރާތް ހަނދުމައްކޮއް އެފަރާތައް އަސްތަޢުފާރު ކޮއް މިމުސީބާތުންސަލާމަތްކުރެއްވުންއެދި ދެއަތްއުފުލާދުޢާކުރަންވީ ތިހެން އުޅެއުޅެތިއްބާ ބަލާއައިމަ ދެން ކުރާނެ އެއްކަމެއްވެސް ނޯންނާނެ ޖެހޭނީހަމަ ދާން ރަނގަޅައް މިލިޔުންކޮޅާ ދޭތެރޭގަ ވިސްނަވާ މަރު އެއީ ޔަޤީން ކަމެއް ނޭންގެނީ އެމަރުވާނެތަނާ ގަޑިޔާ
ތިކަހަލަ ބޭކާރު، ބޭނުމެއް ނުހިފޭ ކަންތައް ނުކޮށް ރަގަޅު ކަމެއް ކޮށްބަލަ... އިންޑިއާގެ ހިންދޫއަކު ޖައްސާ މޮޔަ ވައްތަރުތައް ކޮޕީކޮށްގެން ޖައްސާނީ މޮޔައިން...
ތީ ޗެލްންޖެއް ނޫން، ބޭކާރު ބޭނުމެއް ނެތް ކަމެއް.... ރަގަޅު، ބޭނުންތެރި ކަމެއް ކޮށްބަލަ ކުދިންނޭ...
ޗަކޮޔާ
ރާއްޖޭގައި ގެރި އާމުކޮށް ނުހުންނަކަން ރަނގަޅު.