ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފިލްމް ސްޓަރ ވާސްގެ އެކްޓާރ އެންޑްރިވް ޖެކް ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ. އޭނާ މަރުވެފައި ވަނީ އިނގިރޭސިވިލާތުގައެވެ.

އޭނާ މަރުވިކަން އޭނާގެ އެޖެންޓް ވަނީ ކަށަވަރުކޮށްދީފައެވެ.

އުމުރުން 76 އަހަރުގެ ޖެކް މަރުވެފައި ވަނީ ސުއްރޭ ހޮސްޕިޓަލްގައި ބައްޔަށް ފަރުވާދެމުން ދަނިކޮށް ކަމަށް އޭނާގެ އެޖެންޓް ނެރުނު ބަޔާނެއްގައި ވެއެވެ.

ޖެކް ފެނިގެން ގޮސްފައި ވަނީ ސްޓަރ ވާސްގެ 8 ވަނަ އެޕިސޯޑު (ދަ ލާސްޓް ޖެޑީ)ންނާއި، (ސޯލޯ-އަ ސްޓަރ ވާސް ސްޓޯރީ) އަދި ސްޓަރ ވާސް 7 (ދަ ފޯސް އެވޭކަން)އިންނެވެ.

އޭނާ ވަނީ ޑައިލެކްޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ އަނބިިމީހާ ގެބްރިއަލް ރޮގާސް މިހާރު ހުރީ އޮސްޓްރޭލިއާގައި ކަރަންޓިންކޮށްފައެވެ. އޭނާ މީސް މީޑިއާގައި ބުނެފައި ވަނީ ޖެކްއަށް ކޮވިޑް-19 ޖެހުނުކަން އެނގުނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ.

ކޮވިޑް-19 ޖެހުމުން އަލާމާތްތައް ނުފެނި އެތައް ދުވަހަކު ހުރެދާނެއެވެ. ނަމަވެސް ބައެއް މީހުންގެ ފަރާތުން އަލާމަތްތައް ދުވަސްކޮޅަކުން ފެންނަން ފަށައެވެ. އެގޮތުން ހުން އައުމާއި، ކެއްސުން ފަދަ ކަންކަން ހިމެނެއެވެ. މި ބަލީގެ އަސަރު އެންމެ ބޮަޑަށް ކުރާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ސިއްހީ މައްސަލަތައް ހުންނަ މީހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  ތިކަހަލަ ކަންކަން ކުރާމީހުންނަށް ބޮޑަށް ތިޖެހެނީ ދެންވެސް އަދިވެސް ފާޑުފާޑުގެ ފިލްމުތަކާ ސީރީސް ތަށް ހެދުން ހުއްޓާލަންވީ ނެޓްފްލިކްސް ވެސް ބަންދުކުރަންޖެހުނީ ކޮވިޑް19 ފެތުރެންފެށުމުން. ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބްރަތެއް.

  19
  2
 2. ހިހި

  ނިއުމާ އަދިވެސް ތިކަން ނުކުރެވިގެން އާމްދަނީ ނުލިބިގެން ހިތާމަ އެބކުރޭ

  15
 3. :D

  😀

  5
  2