ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އިންޑިއާ ފުރަބަންދު (ލޮކްޑައުން)ކޮށްފައިވާއިރު، އެ ގައުމުގައި ވިހެއި ފިރިހެން ކުއްޖަކަށް ލޮކްޑައުންގެ ނަމުން ނަން ދީފިއެވެ.

ހޯމަ ދުވަހު ވިހެއި އެ ކުއްޖާއަށް ލޮކްޑައުންގެ ނަމުން ނަން ދީފައި ވަނީ އެ ކުއްޖާގެ މައިންބަފައިންނެވެ.

އެ ކުއްޖާ ވިހާއި ވަނީވެސް ފުރަބަންދުކޮށްފައި ވަނިކޮށެވެ. އެ ކުއްޖާގެ މައިންބަފައިން ވަނީ އިންޑިއާގެ ރައްޔިތުންގެ ކޮވިޑް-19އިން ސަލާމަތް ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އިންޑިއާ ފުރަބަންދު ކުރަން ނިންމީތީ އެކަމާއި ޝުކުރުވެރިވާ ކަމަށް ބުނެފައެވެ.

"ލޮކްޑައުންއަކީ މިހާރު މުޅި ގައުމު ވަރަށް ޝައުގުވެރިވާ ބަހެއް އެހެންވެ ދަރިފުޅަށް އެ ނަން ދޭން ނިންމީ". އެ ކުއްޖަގެ ބައްޕަ ޕަވަން ބުންޏެވެ.

ޕަވަން އިތުރަށް ބުނެފައި ވަނީ، އެ ކުއްޖާގެ ނަމަށް ގިނަބައެއްގެ ސަމާލުކަން ލިބޭނެ ކަމަށެވެ.

އިތުރަށް ޕަވަން ބުނިގޮތުގައި، އޭނާ އާ އާއިލާ، ފުރަބަންދުގައި ވާ ކަންކަން ވަރަށް ގާތުން ބަލާފައިވާ ކަމަށާއި، އާއިލާ މީހުން ކައިރީގައިވެސް އެ ފުރަބަންދުގެ ވަގުތު ނިމުމުން ނޫނީ އެ މީހުން ކައިރިއަށް ނައުމަށް ނަސޭހަތްތެރިވެފައި ވެއެވެ.

އަދި އެ ކުއްޖާ ވިހެއުމާއި ގުޅިގެން ބާއްވަން ނިންމި ހަރާކަތްތައްވެސް ފަސްކޮށްފައިވާ ކަމަށް ޕަވަން ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާ ތެރޭގައި އިންޑިއާގެ ގޮރަޚްޕޫރްގައި ވިހެއި އަންހެން ކުއްޖަކަށް ކޮރޯނާގެ ނަމުން ވަނީ ނަން ދީފައެވެ. އެ ކުއްޖާއަށް އެ ނަން ދީފައި ވަނީ ބޮޑު ބޭބެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮކްޑައުން

    ދެންވިހާކުއްޖަކަށް ކޮވިޑް ކިޔާ!

    11
  2. ކިޔާރާ

    މޮޔަވެދާނެ..

  3. އަސްލުވެސްތަ

    ތިހެންވިއްޔާ ކޮރޯނާ ކިޔި ކުއްޖާ މަރާލަންވެސް ބަޔަކު އުޅެފާނެ، އޭރުން ކޮރޯނާ އިން އެންމެން ސަލާމަތްވާނޭ ކިޔާފަ
    ސަހަރޯ ހިތައްއަރާ އެތިބަ ހިންދީން އުޅެ ބޮޑުވާ ގޮތުން