މީސްމީޑިއާ (ސޯޝަލް މީޑިއާ) ގައި އެކި ދުވަސްވަރު އެންމެ ގަދައަށް ވައިގައި ހިފަނީ އެކި ކަންކަމެވެ. މިގޮތުން މިހާރު ފޭސްބުކު ބޭނުންކުރާ ކޮންމެ ފަރާތަކަށްވެސް ފާހަގަވެފައި އޮންނާނެ އެއް ކަމަކީ މިދުވަސްވަރު ފޭސްބުކުން އެންމެ ގިނަ މީހުން ޝެއާ ކުރަނީ ސައްދޯއް ހިފައިގެން ނަށާ ބައެއްގެ ވީޑިއޯތައް ކަމެވެ. އެހެންކަމުން އެއީ ކޮން ބައެއްކަމާއި މެދު ގިނަ ބައެއްގެ ހިތްތަކުގައި ވަނީ ސުވާލު އުފެދިފައެވެ.

މި ވީޑިއޯތައް މީސް މީޑިއާގައި މީހުން ހިއްސާ ކުރަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެއީ މޮޅެތި ސްޓަންޓުތައް ޖައްސަން އުޅެފައި ލަނޑު ލިބޭ މީހުންގެ ވީޑިއޯ ކޮޅަކާއި ސަންދޯއް ހިފައިގެން ނަށާ މީހުންގެ ވީޑިއޯ އާއި ގުޅުވައިގެންނެވެ. މިސާލަކަށް އުސް ހިލައެއްގެ މަތިން މޫދަށް ފުންމާލާ މީހަކު މޫދަށް ވެއްޓުމުގެ ބަދަލުގައި ހިލައިގެ ތިރިއަށް ވެއްޓޭ މަންޒަރާއި ގުޅުވައިގެން ދެން ގެންނަނީ މި ސަންދޯއް ގުރޫޕް ނަށާ ވީޑިއޯއެވެ. މިފަދަ ވީޑިއޯތައް މީމް ޕޭޖުތަކަށް ލުމުން އެތައް މިލިއަން ބަޔަކު އެވީޑިއޯތައް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު ދަނީ މިދުވަސްވަރު އެ ވީޑިއޯތައް ޝެއާ ކުރަމުންނެވެ.

ސަންދޯއް ހިފައިގެން ނަށާ ގްރޫޕަކީ އެފްރިކާގެ ގައުމެއް ކަމުގައިވާ ގާނާ އަށް ނިސްބަތްވާ ބަޔެކެވެ. އެ ގްރޫޕް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބެންޖަމިން އައިޑޫ ބުނެފައި ވަނީ އޭނާ މިކަން ކުރަން ފެށީ ތަފާތު ގޮތަކަށް މީހުން ވަޅުލުމަށް ކަމަށާއި، މީހަކު މަރުވުމުން ހިތާމަ ކުރުމުގެ ބަދަލުގައި އެމީހާ ދުނިޔޭގައި ހުރިއިރު ކޮށްފައިވާ ކަންތައްތަކާއި ޙާސިލް ކުރި ކަންކަން ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.

”މީހަކު ވަޅުލަން އަހަރެމެން ކައިރިއަށް އަައުމުން އަބަދުވެސް ސުވާލުކުރަން އާދައިގެ ގޮތަށް ވަޅުލަންތޯ ބޭނުންވަނީ ނުވަތަ ތަފާތު ގޮތަކަށް ކޮރެއޯގްރަފީ އާއި އެކުތޯ ބޭނުންވަނީ. މިހާރު މިގައުމުގެ ގިނަ މީހުން ބޭނުންވަނީ މިގޮތަށް ނެށުމަކާއި އެކު ވަޅުލަން. މިކަމަށް ވަނީ އާއްމުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބިފަ“ ނޫސްތަކަށް މައުލޫމާތު ދެމުން ބެންޖަމިން ބުނެފައިވެއެވެ.

ބެންޖަމިންގެ ގްރޫޕުން ސަންދޯއް ހިފައިގެން މޮޅެތި ގޮތްގޮތަށް ނަށައި، ސަންދޯއް މައްޗައް އެއްލާފައި އަނެއްކާ ހިފާއިރު، މިފަދަ ކަންކަން ގާނާގައި ކުރާ ބައެއް ގުރޫޕްތަކުގެ އަތުން ސަންދޯއް ބިންމައްޗައް ވެއްޓިފައިވެސް އެބަހުއްޓެވެ. ތިރީގައި އެވަނީ އެފަދަ ވީޑިއޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙާކިމީ

    މޮޅު

    11
    57
  2. ލަދުހަޔާތް

    މައްޔިތާ އަށް އިޙްތިރާމް ކޮށްބަލަ..

    52
    3
  3. ސަމްސިއްޔާ

    އެެޢީ ހަމަ ތިބުނާ ގުރޫޕްތަ؟؟ މަރކް އެންޖަލް ކޮމެޑީގެ ވީޑިއޯ ކޮޅެއް ނޫންތަ އެއީ؟؟

    24
    5
  4. ސީނު

    ސުބްހާނަﷲ...މައިޔތާއަށް އިހްތިރާމް ކުރުންވެސް ނެތީދޯ

    4
    3
  5. ކޮރޯނާ ކޮވިޑް ކުމާރު

    ހަމްކޯ ބޮހޯތް އާސޫ އާޔާ..ތުމްސަބް ގުއްސޭމޭ މޭރޭ ޚިލާފް އާވާޒް އުޓާކާރު ހަމްކޯ ގާލާ ދިޔާ....ޓީކޭ...ހަމް ޖާރަހީހޫން އިސް ޕާގަލް ދޭޝް ޗޯޅްކަރު... ލޭކިން....، މޭ ވާޕަސް އާއޫނގާ މެރޭ ބާއީކޭ ސާތް.. އޯރް ތުމް ސަބްކޯ ޓުކުޅޭ ޓުކުޅޭ ކަރްދޫނގާ..ހައްހައްހާ!

    1
    2