ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކަލަށް ދުނިޔެ ހުށަހެޅި މި ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދިޔަ އިރު، އެންމެ ގަދަޔަށް އިވެމުން ދިޔަ އެއް ވާހަކައަކީ ފޭސް މާސްކު އެޅުމަކީ މި ބަލިން ވަކި ރައްކަލެއް އޮތް ކަމެއް ނޫން ކަމުގެ ވާހަކައެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ސިއްޙީ އިދާރާތަކުންނާއި ޑޮކްޓަރުންވެސް މިގޮތަށް ބުނަމުން ދަނިކޮށް ކެލެފޯނިއާ ޔުނިވާސިޓީގެ ތަޖުރިބާކާރަކު މިވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

މައިކްރޯބަޔޮލޮޖީގެ ދާއިރާގައި ފުންނާބު އުސް، އެޑްރިއެން ބާޗް މިކަމާއި ގުޅޭގޮތުން ބުނެފައި ވަނީ، ދުނިޔޭގެ ބައެއް ޤައުމުތަކުގެ ކަމާއި ބެހޭ އިދާރާތަކުން މިފަދަ ދަނޑިވަޅެއްގައި މާސްކު އެޅުމުގެ ބޭނުމެއް ނެތްކަމަށް ބުނެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. އަދި ޑޮކްޓަރުންނާއި ބައެއް އެނޫންވެސް ތަޖުރިބާކާރު ފަރާތްތަކުން އެގޮތަށް ބުނަމުން ދަނީ، މާސްކު އަޅައިގެން، ޚާއްސަ ގޮތެއްގައި ކޮވިޑް-19 އިން ރައްކާތެރި ވެވިދާނެ ކަމެއް، ނުވަތަ ނުވެވޭނެ ކަމެއްވެސް ޔަޤީންކަމާއި އެކު ކަށަވަރުކުރެވޭނެ އެއްވެސް އަސާސެއް އޮވެގެން ނޫން ކަމަށް އެޑްރިއެން ވަނީ ބުނެފައެވެ.

"މިހާރު މި ފެތުރޭ ކޮވިޑް-19 އިން ރައްކާވެތިބުމަށް މާސްކު ބޭނުންކުރުމަކީ ބޭކާރު ކަމެއް ކަމަށް ބުނެގެން ނުވާނެ. އެގޮތަށް ދައްކާ ވާހަކަތަކަށް ހެކިދޭނެ މާބޮޑު ކަންކަމެއް ނެތް. އެއާ ޚިލާފަށް، މާސްކު އެޅުމަކީ މި ނޫނަސް ސިއްޙީ ނުރައްކާތަކުން މީހާ ސަލާމަތްކޮށްދޭ ކަމެއްކަން އެންމެންނަށް ވެސް އެނގޭ. އެހެންކަމުން ކޮވިޑް-19 ފަދަ ވައިރަސް އަކުން ވެސް ރައްކާތެރިވުމަށް މާސްކު އެޅުމަކީ ރަނގަޅު ގޮތެއް،" އެޑްރިއެން ބުނެފައި ވެއެވެ.

އެޑްރިއެން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަކީ 2003 ވަނަ އަހަރު ދުނިޔޭގައި ފެތުރުނު "ސާސް ވައިރަސް" ފަދަ ވައިރަސް އެކެވެ. އޭރު އެ ވައިރަސް އިން ރައްކާތެރިވުމަށް ވެސް ގިނަ ބަޔަކު މާސްކު ބޭނުން ކުރިއިރު، ވައިރަސް އެންމެ ގަދަޔަށް ފެތުރުނު ހިސާބުތަކުގައި އާންމު ތަންތަނަށް މީހުން ނިކުމެ އުޅޭއިރު މާސްކު ބޭނުން ކުރުމުން އެކަމުގެ ރަނގަޅު ނަތީޖާ ފެނިގެންދިޔަ ކަމަށް އެޑްރިއެން ބުންޏެވެ. "މިސާލަކަށް، ބެއިޖިންގައި އާންމު ތަންތަނުގައި މީހުން މާސްކު އަޅައިގެން އުޅުމުން ވައިރަސް ފެތުރޭ މިންވަރު 70 އިންސައްތައަށް ދަށްވިކަން" ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެޑްރިއެން އިތުރަށް ބުނެފައިވާ ގޮތުގައި، ކޮވިޑް-19 އެންމެ ފުރަތަމަ، އެންމެ ގަދަޔަށް ފެތުރުނު ޤައުމުތަކުން މި ވައިރަސް ފެތުރޭ މިންވަރު ބޮޑުތަނުން ކޮންޓްރޯލް ކޮށްފައި ވަނީ އާންމުން ބޭރަށް ނިކުމެ އުޅޭ އުޅުމުގައި މާސްކު އެޅުމަށް އިރުޝާދު ދީގެން ކަމަށާއި، އެއާއި ޚިލާފަށް މިގޮތަށް އަމަލު ނުކުރާ ޔޫރަޕްގެ ޤައުމުތަކުގައި ވައިރަސް ފެތުރެން ފެށުމުން އޭގެ ނުރައްކާ ބޮޑުވެފައިވާ މިންވަރު ފެންނަމުންދާ ކަމަށެވެ.

"މާސްކު އަޅައިގެން ކޮވިޑް ފަދަ ބަލިތަކުން ރައްކާތެރި ނުވެވޭނެ ކަމަށް ބުނެވޭނެ ޖާގައެއް ނެތް. މި ވައިރަސްގެ އިތުރުން އިންފްލުއެންޒާ ފަދަ ބަލިތަކުން ވެސް ރައްކާތެރިވުމަށް މާސްކު ބޭނުންކުރޭ،" އެޑްރިއެން ބުނެފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ތަޖުރިބާކާރުން ދައްކާ ވާހަކަތަކަށް ބަލާއިރު، ފޭސް މާސްކަކީ ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރުން ރަނގަޅު އެއްޗެކެވެ. އެހެން ނަމަވެސް މާސްކު އެޅުމަކީ ބަލިތައް ޖެހުމަށް އޮންނަ ދޮރު އެކީގައި ބަންދުކޮށްދޭ އެއްޗެއްކަމުގައި ދެކިގެން ނުވާނެ އެވެ. އެއީ ބަލިތަކުން ސަލާމަތްވުމުގެ "ގެރެންޓީ" އެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް އެފަރާތަތްކުން ބުނެއެވެ.

އެފަރާތްތަކުން ބުނާގޮތުގައި، އެކެއްގެ ހަށިގަޑުން އަނެކާގެ ހަށިގަނޑަށް ވައިރަސް އެއްގެ އަސަރު ކުރާނެ އެހެން ގިނަ ގޮތްގޮތްތައް ހުރެއެވެ. އެގޮތުން އަނގަމަތީގައި މާސްކު އަޅައިގެން ހުރި ނަމަވެސް ލޮލުންވެސް ވައިރަސްއަކަށް ހަށިގަނޑުގެ ތެރެއަށް ވާސިލުވުމުގެ ފުރުސަތު އޮންނައިރު، ސާފުތާހިރުކަމަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ނުދިނުމަކީވެސް ވައިރަސްއެއްގެ ޝިކާރައަކަށް ވެދާނެ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

ހޯދުންތަކުގެ އަލީގައި ތަޖުރިބާކާރުން ބުނާގޮތުގައި މާސްކެއް އެޅުމަކީ ބަލިތައް ފެތުރުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. ޚާއްސަކޮށް ބަލި ޖެހިފައިވާ މީހަކު މާސްކެއް އެޅުމަކީ އެ ބައްޔެއްގެ ޝިކާރައަކަށް ވެފައިނުވާ އެހެން މީހުންގެ ރައްކަލަކަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އަދި ބައްޔެއް ޖެހިފައިވާ މީހަކާއި ގާތުގައި އުޅޭ މީހުންވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން މާސްކު ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއްކަން ދިރާސާތަކުން އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޯހަލާކު

    ނޭންގުނެއްނު

    19
    1
  2. ޝިހާމްބެ

    ދިސް ޓްރީ ބަނާނާ ދެޓް ޓްރީ ބަނާނާ ޑޯންޓް ނޯ...
    މާސްކް އެޅުުމުން ގެއްލުމެއް ނެތިއްޔާ އަޅަންވީ އުތަ؟

  3. ސީނު

    ދައްކާ ވާހަކައިން އަހަރުމެން މިއުޅެނީ މާސްކް އަޅަން ލަދުން. އެހެންޏަ އެބަބުނޭ އެ އެޅުން ވަނި ރައްކާތެރިއެއްނޫނޭ. މީގެ ކުރިން މީހުން ރައްކަލަކަށް މާސްއެޅިމަ އަހަރުމެންނަށް ވަނީ ވަރަށް ބޮޑު ޖޯކަކަށް

    4
    1
  4. ރަޝީދު

    މި ބަލިމަޑުކަމުގެ ތެރެއިންވެސް އެނގިގެންދަނީ މޫނު ބުރުގާ އެޅުމުން މައްދީ ގޮތުންވެސް ލިބިގެންދާ ފައިދާ ގިނަކަމެވެ.އެބުރުގާ މަނާކުރުމަށް ބާރުއެޅި ޔޫރަޕުގެ ޤައުމުތަކުންވެސް މިއަދު އަމިއްލައަށް ޢިޢުތިރާފުވާންޖެހުމަކީވެސް ، އިސްލާމްދީނުގެ މަތިވެރިކަން ހާމަވާކަމެކެވެ.

    16
    1
  5. Anonymous

    މާސްކު ހުސްވެދާނެތީ ފެތުރި ޕޮރެޕެގަންޑާ އެއް

    18
  6. މީ

    އަލްހަމްދު ލިﷲ