އިންޑިއާގެ މުމްބާއީގައި އުމުރުން 65 އަހަރުގެ މުސްލިމް ފިރިހެނަކު ކޮވިޑް-19 ޖެހިގެން މަރުވުމުން، ވަޅުލާން ހުއްދަ ނުދީ، އެ މީހާގެ ހަށިގަނޑު އަންދާލައިފިއެވެ.

މުމްބާއީގެ ސަބަބުން މަލްޑް އަށް ނިސްބަތްވާ އެ މީހާއަކީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވެގެން މަރުވި މީހެއްކަމުން ސަހަރާގާއި އެ މީހާގެ ހަށިގަނޑު ވަޅުލާން ހުއްދަ ނުދިނީ އެކަމުގައި އުޅޭ މީހުންނެވެ.

އިއްޔެ މި ހާދިސާ ހިނގިއިރު، އެ މީހާ މަރުވެފައި ވަނީ ޖޮގެޝްވަރީގައި ހުންނަ ސިވިކް ރަން ހޮސްޕިޓަލުގައި އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

އެ މީހާގެ އާއިލާ މެންބަރަކު ބުނެފައިވާގޮތުގައި، އެ މީހާ މަރުވުމުން ހަށިގަނޑު މަލަޑްގައި ހުންނަ ގަބުރުސްތާނަށް ގެންދިޔައެވެ. ނަމަވެސް އެ މީހާއަކީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހެއްކަމުން، އެމީހާގެ ހަށިގަނޑު ވަޅުލާން ހުއްދައެއް ނުލިބުނެވެ. އަދި އެ މީހާ ވަޅުލުމުގެ ހުއްދަ ލިބޭތޯ ސިޔާސީ މީހުންވެސް މަސައްކަތް ކުރިއެވެ.

އެންމެ ފަހުން އެ މީހާގެ ހަށިގަނޑު ޖެހުނީ ހިންދޫ ދީނުގެ މީހުން ހަދާހެން އަންދާލާށެވެ. އެކަމަށް އެހިތެރިވެދިނީ ސޯޝަލް ވޯކަރުންތަކެކެވެ. އެމީހާގެ ހަށިގަނޑު އަންދާލާފައި ވަނީ ހެނދުނު 10:00 ޖެހިއިރުއެވެ.

އެކަމާއި ގުޅޭގޮތުން، މަރަޝްތްރާގެ މިނިސްޓަރ އަސްލަމް ޝެއިޙް ވިދާޅުވީ، ސަރުކާރުގެ ގައިޑް ލައިނާއި އެއްގޮތަށް ކޮވިޑް-19 ޖެހިފައިވާ މުސްލިމުން މަރުވި ތަނާއި އެންމެ ކައިރި ސަހަރާއެއްގައި ވަޅުލެވޭނެ ކަމަށެވެ.

އެހެން ނަމަވެސް މި ކޭސްގައި، އެ މީހާގެ އާއިލާއިން އެ މީހާގެ ހަށިގަަނޑު ސީދާ ގަބުރުސްތާނަށް ގެންދިޔައީ އެއްވެސް ބަޔަކަށް ނޭގި ކަމުން، އެ މީހާގެ ހަށިގަަނޑު ވަޅުލާން ހުއްދަ ނުލިބުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެކަމާއި ގުޅިގެން އެ މީހާގެ ހަށިގަނޑު ސަހަރާއަށް ގެންދިޔަ ސިވިކް ސްޓާފުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭނާ ވަނީ މިކަން ހިނގުމުގެ ކުރިން ކޮވިޑް-19 ޖެހުނު އިތުރު މީހަކުވެސް އެ ސަހަރާގައި ވަޅުލިކަމަށް ވިދާޅުވެފައެވެ.

އެ މީހާގެ ފިިރިހެން ދަރިފުޅު ބުނީ، ބައްޕަ ހޮސްޕިޓަލްގައި މަރުވުމުން، އެއްވެސް މީހަކު އޭނާއަށް އެހީތެރިވާން އައިސްފައި ނުވާ ކަމަށެވެ.

"އަހަރެންގެ ބައްޕަގެ ހަށިގަަނޑު ކައިރީ ހޮސްޕިޓަލްގައި ތިން ގަޑިއިރަށްވުރެ ގިނަ އިރު މަޑުކުރަން. އެެއްވެސް މީހަކު އެހީތެރިވުމަށް ނައި". އެ މީހާގެ ދަރިފުޅު ބުންޏެވެ.

އޭނާ ބުނީ، އޭނާގެ އާއިލާއިން ބައްޕަ ވަޅުލާން ބޭނުންވީ މަލަޑް-މަލްވާނީ ގަބުރުސްތާނުގައި ކަމަށެވެ. ނަމަވެސް އެތަނަށް ދިއުމުން އެތާގައި އެކަމުގައި އުޅޭ މީހުން ބައްޕަ ވަޅުލާން ހުއްދަނުދިނީ ބައްޕައަކީ ކޮވިޑް-19 ޖެހިފައިވާވާތީ ކަމަށް ބުނެފައި ވެއެވެ

"އެކަމާއި ގުޅިގެންް ފުލުހުންނާއި އަދި ކަމާއި ބެހޭ ފަރާތްތަކާއި ކުރި މަޝްވަރާއަށްފަހުބައްޕަގެ ހަށިގަނޑު ގެނދަން ޖެހުނީ ހިންދޫން ޝަމްޝާން ބޫމީ އަށް (ހަށިގަނޑު އަންދާލާ ތަނަށް)". އޭނާ ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ގިނަބަޔަކު ތިބީ ޝޮކެއްގައި ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޔާﷲ

  އެމުސްލިމް މީހާ މަރުވުމަށް ފަހު 3 ގަޑިއިރުވީއިރުވެސް އެއްވެސް މީހަކު އަޅައިނުލި އެމަައްޔިތާ އަންދާލުމުގައި ހުރިހާ އިގޮތަކުން ބައިވެރިވި ޖާހިލުންނަށްﷲގެ ގަދަ ފަދަ އަޒާބު ދައްކަވާށި އާމީން އެއީ ހަމަ ދުޝްމަނުން އެބައި މީހުނާއި ބައިތަތު ހިފާ ހުރިހާ ޖާހިލުން ﷲގެ ގަދަފަދަ އަޒާބުން ހަލާކޮށް ނެތި ކުރަށްވާށި އާމީން

  61
  1
 2. އަލްޖިބްރާ

  ޝޮކް ޖެހޭނެ ކަމެއްނެތް ! ތިޔައީ އިންޑިއާ އެއްނު ! ތިޔަވަރުގެ ޖާހިލުން ތިބިތަނެއްގައި ކޮންމެ ކަމެއްވެސް ހިގާފާނެ !

  66
  1
 3. ރައީސުގެ މީހާ

  ރައީސް ސޯލިހު... އަދި އަންނި މޮޔަ
  ފެނޭތޯ އިންޑިޔާގައި މުސްލިމުންނަށް ކަންކުރާ ގޮތް..

  އެހެންވެ އާދޭސް މިކުރަނީ އައްޑުވަށް އެމީހުން އެރުނަ ނުދޭށޭ..

  މިލްޓްރީ ބޭސް އެތާގަ ނަހަދަށެ.. އޭރުން އައްޑޫމީހުން ނަށް މިހާލު ޖެހޭކަށް މާގިނަދުވަހެއް ނުނަގާނެޔޭ.!

  ފިޔާ އަލުވި ކޮޅޫ ނުދީ ހިފަހއްޓާމީހުން މާދަމާ މިނިވަން ކަމޭ ދަމައިގަންނާނީ..!

  ޕްލީޒް އެމީހުން އައްޑުވައް ނާރުވާ

  13
  1
 4. އަޅުގަނޑު

  މާތްﷲ ފާފަ ފުއްސަވާ ސުވަރުގެ ލައްވަވާށި އާމީން

  52
  2
 5. Mazee

  ތިފޮޓޯއިން ސިފަވަނީ މީހެއްގެ މޫނު ދެލޮލާ ނޭފަތް އަދި އަނގަ އަނގައި ތެރެއިން ބޭރައް ހަރުފައެއް ކަހަލަ އެއްޗެއް ނިކުމެފަ އިންނަ މަންޒަރެއް

  7
  1