ކޮވިޑް-19 އާ ގުޅިގެން އިންޑިއާވެސް 21 ދުވަހަށް ފުރަބަންދު (ލޮކްޑައުން)ކޮށްފައިވާއިރު، އިންޑިއާއަށް ނިސްބަތްވާ މީހަކު ލެބް ކޯޓާއި، އަތުގައި ހުދު އަންގި ލައްވާ ސާޖިކަލް މާސްކެއް އަޅާއިގެން ބޭރަށް ދިޔައީ ބޭރުގައި އޭނާއަށް އުޅެވިދާނެ ކަމަށް ބަލައެވެ. އޭނާ މަގުމަތީގައި އުޅެން ބޭނުން ވެގެން ކުރި އެ މަސައްކަތް ކާމިޔާބުވާ ގޮތް ނުވިއެވެ.
ނޮއިޑާގައި ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުންދަނިކޮށް އެނާ ފެނިގެން ހުއްޓުވާ ސުވާލު ކުރިއެވެ. އަދި އެ ސުވާލުތަކަށް ޖަވާބުދިން ގޮތުން އޭނާއަކީ ޑޮކްޓަރެއް ނޫންކަން ވަނީ އެނގިގެން ގޮސްފައެވެ.
އިއްޔެގެ ވަގުތެއްގައި މިކަން ހިނގިއިރު، އަޝޫޓޮޝް ޝަރްމާ ނަަމަކަށް ކިޔާ އެ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަށް ވަނީ ނިންމާފައެވެ.
ކަންޕޫރްއަށް ނިސްބަތްވާ ޝަރްމާ މަގުމަތީގައި މެޑިކަލް އެއްޗެއްސާއެކު އުޅުނުގޮތުންވެސް އެއީ ޑޮކްޓަރެއް ނޫންކަން ފުލުހުންނަށް އެނގުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޭނާ ބުނެފައިވާގޮތުގައި، އޭނާއަކީ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. ނަމަވެސް ފުލުހުން ކުރި ސުވާލުތަކާއެކު އޭނާގެ ދޫ ބަންދު ވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ ފުރަބަންދަށް ގެނެސްފައި ވަނީ އެގައުމަށް މި ވައިރަސްގެ ނުރައްކާ ވަރަށް ބޮޑުވުމުންނެވެ.އެގޮތުން އެ ގައުމުން މިހާތަނަށް 2032 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މި ބަލި ޖެހިގެން މިހާތަނަށް 58 މީހަކު ވަނީ މަރުވެފައެވެ.
ޙެހެހެހެ
ތީ އިންޑިއާއެއްނު ތި ކަހަލަ ގަޅި ކިތަންމެ ކަމެއް ކުރާނެ ތި މީހުން..