ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިއާ އޮތީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. އެ ގައުމުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޮޑުވަޒީރު ނަރެންދްރާ މޯދީގެ އެ ނިންމުމުގެ ސަބަބުން އެތައް ބަޔަކު ހާލުގައި ޖެހުނެވެ. މީގެ ތެރޭގައި އަމިއްލަ ސިޓީ ދޫކޮށް، އެެހެންސިޓީތަކުގައި މަސައްކަތް ކުރަމުންދާ މީހުން ހިމެނެއެވެ.

މިއީވެސް އޭގެ ތެރެއިން މީހެކެވެ. އުމުރުން 23 އަހަރުގެ މި ޒުވާނާ ނަގްޕޫރް އިން ޓަމިނަލް ނެޑޫއަށް ދާން ދަތުރު ފެށީ ހިނގާފައެވެ. އެހެން ނަމަވެސް ގެއަށް ދިއުމުގެ ކުރިން މިދިޔަ ބުދަ ދުވަަހު ކުއްލިއަކަށް އޭނާ ވަނީ މަރުވެފަައެވެ. އޭނާ މަރުވެފައި ވަނީ ވަގުތީ ހިޔާގައި ވަރުބަލި ފިލުވަން މަޑު ކުރި ވަގުުތުގައެވެ.

ލޮގެޝް ބަލަސްބުރަމަނި ނަމަކަށް ކިޔާ އެ ޒުވާނާއަކީވެސް އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަހައްދެެއްގައި ދުވަހު މަސައްކަތުން ފައިސާ ހޯދަމުންދިޔަ މީހެކެވެ.

"ލޮގޭޝް އިނީ އޭނާއަށް ހާއްސަ ކުރެވިފައިވާ ތަނުގައި، އިށީންދެގެން އިންދާ އޭނާ ކުއްލިއަކަށް ފަހަތަށް ވެއްޓުނީ، އަހަރެމެން ސަރުކާރު ޑޮކްޓަރަށް ގުޅީ، އެ ޑޮކްޓަރު އައިސް އޭނާ މަރުވި ކަމަށް ބުނީ، އޭނާގެ ހަށިގަނޑު ވަނީ ޕޯސްޓް މޯޓަމް ހެދުމަށް ހޮސްޕިޓަލަށް ގެންގޮސްފައި" އެ ސަރަހައްދުގެ ލީޑަރަކު ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދުކޮށް ދަތުރުތައް މެދު ކަނޑާލުމުން އޭނާވެސް ގެއަށް ދާން ނިންމީ ހިނގާފައެވެ.

"އަހަރެމެންނަށް ކާން ދިނީ މަގުމަތިން ދާ އެކި މީހުން، ބައެެއް މީހުން އަހަރުމެންނަށް ލިފިޓްދޭ އެއީ ސަޕްލައިތައް ތަންތަނަށް ގެންގޮސްދޭ މީހުން. މިގޮތަށް ކަންތައް ކުރާ މީހުންގެ ގައިގައި ފުލުހުން ތަޅާވެސް ހަދާ". އެންޑީޓީވީއަށް ސަތްޔާ ނަމަކަށް ކިޔާ މީހަކު ބުންޏެވެ.

އެއީ ހިނގާފައި ގެއަށް ދާން ނުކުތް 26 މީހުންގެ ގްރޫޕްގައި ހިމެނޭ އެކަކެވެ. އެ މީހުންނަކީ ޓަމިލްނެޑޫގެ އެކި ހިސާބަށް ނިސްބަތްވާ މީހުންނެވެ.

އެ ސަރަހައްދުގެ ފިނި ހޫނުމިންވެސް ހުރީ 38 ޑިގްރީ ސެލްޝިއަސްގައެވެ. އެންމެންވެސް ގެއަށް ދާން ހިނގައިގަތީ ހަމައެކަނި އެންމެ ދަބަހެއް ހިފައިގެންނެވެ.

މިއީ އިންޑިއާގެ ބައެެއް މީހުންގެ ހާލެވެ. ބައެއް މީހުންނަށް މި ފުރަބަންދު ސިފަ ކުރެވެނީ ބޮޑު ވޭނަކަށެވެ. ނަމަވެސް މިއީ އެ ގައުމުގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށް މޯދީ ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނާ

    ކޮބާރީތިވެއްޖެނު ދުރާލާމިފަދަފިޔަވަލެއް އަޅަންނޭގުނު އިރު ދެންކޮ ދެކުނުއޭސިއާ އަކައްމަނަވަރުފޮނުވާކައް ތެޅެންވީ އަހަރެމެންވަރައްދެރަވޭ އިންޑިއާގެ ރައްޔިތުން އުޅޭދަތިހާލު އެގޭތީ އާދެސްކޮއްފަބުނަން ހާލުގަޖެހިފަތިބި މަސައްކަތުމީހުނައް އެމީހުންގެ ސަރަހައްދައްދެވޭނެގޮތެއްހަދާދި..

    13