ބައިޕޯލާ ޑިސްއޯޑާ ހުންނަ އުމުރުން 34 އަހަރުގެ އިނގިރޭސިވިލާތުގައި އުޅެމުންދިޔަ މީހަކު އަމިއްލައަށް މަރުވާން ޖެހުނީ ކޮވިޑް-19ގެ ސަބަބުން އެ ގައުމުވެސް ފުރަބަންދުކޮށްފައިވުމުން، އެކަނިމާ އެކަނި އެކެހިވެރިގެން އުޅެން ޖެހުމުންނެވެ.

ޑެނައިލް ފުރްނިސް ނަމަކަށް ކިޔާ އެ ޒުވާނާ ކްރޫކްހޯންގައި ހުންނަ އޭނާ ގޭގައި އުޅެން ޖެހުނީ އޭނާއަކީ ހަކުރު ބަލި ހުންނަ މީހެއް ކަމުން ކޮވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެސް ވީމައެވެ.

ޑޭން އަމިއްލައަށް މަރުވީ ކިހިނެއްކަން އައިލާއިން ހާމަކޮށްފައެއް ނުވެއެވެ.

އޭނާގެ އައިލާއިން ބުނާގޮތުގައި، އެއީ ވަރަށް އުފާވެރިކޮށް އުޅެމުންދިޔަ މީހެކެވެ. އަދި އެންމެންނަށްވެސް އުފާކޮށްދޭން އޭނާ މަސައްކަތް ކުރެއެވެ. އޭނާ އަމިއްލައަށް މަރުވާން ޖެހުނީ މީހަކާއި ވާހަކަނުދެއްކި ހުންނަން ޖެހުމުން ކަމަށް އާއިލާއިން ގަބޫލުކުރެއެވެ.

ޑޭންގެ ކޮއްކޮ މިހާރު ވަނީ ސިއްހަތާއި ބެހޭ އޮތޯރިޓީތަކަށް ފުރަބަންދުގެ ދުވަސްވަރު މެންޓަލް ހެލްތްގެ މައްސަަލަތައް ހުންނަ މީހުންނަށް އެހީތެރިވުމަށް ގޮވާލާފައެވެ.

ޑެނައިލް އާއި އޭނާގެ ކޮއްކޮވެސް ބައިޕޯލާ ޑިސްއޯޑަރ ހުރެއެވެ.

އަދި ޑޭންއަކީ ނަފްސާނީ މައްސަަލަތައް ކުރިން ފަށައިގެންވެސް ހުންނަ މީހެއްކަމަށް ވެއެވެ.

"އޭނާ އުޅެނީ އަމިއްލައަށް، ކޮންމެ ދުވަހަކުވެސް އޭނާ ބޭރަށް ގޮސް އުޅޭ، އޭނާއަކީ ހަކުރު ބަލި ވަރަށް މައްޗަށް ހުންނަ މީހެއްކަމުން، ކޮވިޑް-19 ބަލީގެ އެންމެ ހައިރިސްކް މީހުންގެ ތެރޭގައި އޭނާ ހިމެނޭ، އެހެންވެ ފުރަބަންދަށްފަހު އޭނާއަށް ބޭރަށް ނުދެވޭތީ، އޭނާ އެވަރުގެ ބޮޑު ފިޔަވަޅެއް ނެގީ". ޑޭންގެ ކޮއްކޮ ބުނެފައި ވެއެވެ.

އޭނާ ބުނިގޮތުގައި، އޭނާ އެކަނި އެކަހެރިވެގެން އުޅުމުން އެކަމާއި އާއިލާއިން ކަންބޮޑުވި ކަމަށެވެ. އަދި އާއިލާއިން އޭނާގެ ކަންކަން ބަލަމުންދިޔަ ނަމަވެސް، އާއިލާއަށް އޭނައާ ބައްދަލު ވެވޭ ގޮތް ވެފައި ނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

އަދި ނަފްސާނީ މައްސަަލަތައް ހުންނަ މީހުން ކުރިއަށްދާނެ ގޮތްތައް ކިޔާދޭނެ މާގިނަ ބަޔަކު ނެތް ކަމަށް އޭނާ ގަބޫލު ކުރެއެވެ. އަދި މިގޮތަށް އެކަހެރިވެފައި ތިބެން ޖެހުމުން، މިފަދަ މައްސަލަތައް ހުންނަ އެތައް ބަޔަކު އަމިއްލައަށް މަރުވުން ގާތް ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަހްމޫދު

    ނުޖެހޭނެ މަރުވާކަށް.