ކައިވެނީގެ ހަފްލާގައި ލާނެ ހެދުން ނެގިއްޖެއެވެ. ކައިވެންޏަށްފަހު ހަނީމޫނަށް ދާނެ ތަންވެސް ކަނޑައަޅައިފިއެވެ. އަދި ކައިވެނި ކުރީ މާރިޗް ފަހުކޮޅުގައިކަމަށްވެސް ނިންމައިފިއެވެ. ނަމަވެސް ދެންވީ ގޮތް މާ ދެރައެވެ. އެ އުފާވެރި ކަންކަމަށް ހުރަސް އެޅީ ކޮވިޑް-19 އެވެ.

އެމެރިކާއަށް ނިސްބަތްވާ ޒުވާން ދެ ޑޮކްޓަރުން ކަމަށްވާ ކަޝިފް ޗައުދްރީ އާއި ނައިލާ ޝީރީން ކައިވެނީގެ ބޮޑު ޕެލޭންތައް ހެދި އަލަތު ކައިވެންޏަށްވުމުންނެވެ. ނަމަވެސް ހުރިހާ ކަމެއް ކެންސަލްކޮށް، ކުޑަގޮތަކަށް ކައިވެނި ކޮށްލީއެވެ.

ނިއުޔޯކްގައި ދެމީހުންގެ ކައިވެނި ކުޑަ ގޮތަކަށް ކުރިއަށް ގެންދިޔައެވެ. ދެ އާއިލާ މީހުންނާއި އެކު ގޭގައެވެ.

ދެ މީހުންގެ ކައިވެނީގެ ހަފްލާއަސްފަހު، ސީރީން އޭނާގެ ފިރިމީހާ އެއާޕޯޓަށް ލާން ދިޔައެވެ.

"އަހަރުމެން ގުޑްބާއި ކިޔާލީ، އަހަރުމެން ތިބީ ވަރަށް ދެރަވެފައި ރޮވެންވެސް ރޮވުނު އަހަރެން އޭނާއަށް މަލެއްވެސް ދިނިން". ޝީރީން ބުންޏެވެ.

ޝީރީން އޭނާ ފުރުވާލުމަށްފަހު އެނބުރި ނުކުތީ މަސައްކަތަށެެވެ. އޭނައަކީ އިންޓާނަލް މެޑިސިން ޗީފް ރެޒިޑެންޓް އޯވާސީއިންގ ޓީމް އޮފް ރެޒިޑެންޓްގެ މީހެއްކަމުން، އޭނާ ދަނީ ނިއުޔޯކްގެ އެކި ހޮސްޕިޓަލްތަކުގައި މި ދަނޑިވަޅުގައި މަސައްކަތް ކުރަމުންނެވެ.

ޝީރީން ބުރަބޮޑު މަސައްކަތުން ވަގުތު ހޯދައިގެން ފިރިމީހާއަށް ވަގުތު ދެއެވެ.

އޭނާ ބުނީ، ނިއުޔޯކް އޮތީ ވަރަށް ދެރަ ހާލުގައި ކަމަށާއި، އެއަށްވުރެ ގޯސްވެދާނެ ކަންވެސް އިނގޭ ކަމަށެވެ.

ޗައުދަރީއަށް ބަލާއިރު، އޭނަކީ ކާޑިއެކް އިލެކްޓްރޯފިޒިއޮލޮޖިސްޓެކެވެ. އޭނާ ބަލި މީހުން ބަލަމުން ދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ލޯވާގެ މާރސީ މެޑިކަލް ސެންޓަރުގައި އޭނާ މަސައްކަތް ކުރަމުންދާއިރު، އެތަނުގެ ހުރިހާ އިލެޓްވް އޮޕަރޭޝަނެއް ވަނީ ހުއްޓާލާެފައެވެ. އެއީ އެތަނުގައި ހުރި ތަކެތި ކޮވިޑް-19ގެ ކަންކަމަށް ދިނުމުންނެވެ.

"އަހަރެން ވަރަށް ބޮޑަށް އޭނާއާ މެދު ކަންބޮޑުވޭ، އެކަމަކު އޭނާއާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވޭ". ޗައުދަރީ ބުނެފައި ވެއެވެ.

މި ދެ ޑޮކްޓަރުން ފޭސްތައިމްކޮށް ވަގުތު ހޭދަ ކުރެއެވެ.

ޝީރީން ބުނީ، ޗައުދަރީ އަކީ ވަރަށް މަޖާ މީހެއް ކަމަށެވެ.

މިއީ ދާދި ފަހުން ކައިވެނި ކުރި ދެ ޑޮކްޓަރެއްގެ ވާހަކައެވެ. މިހެން އެތައް ޑޮކްޓަރުންނެއް މިހާރުވެސް ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔސރ

    ޑޮކްޓަރުންތައް ހަނާވެ ބަޔަކު މީހުން މަރުވެ ދިޔައީމަ، އައިސް އެމީހުންގެ ރޯލު ކުޅެ މަޝްހޫރު ވެ ލާރި ގަނޑެއް ނަގަން އެބަ ތިބި އެއްކަލަ ގަޓު ކަމަށް ހެދިގެން އުޅޭ ތަރިންތައް ފިލާ ހޮހޮޅަށް ވަދެ