ކައިވެނި ކުރަން ދެ ދުވަހަށް ވެފައި ވަނިކޮށް އަންހެނެއްގެ ފޭސްބުކް ޕްރޮފައިލް ޕިކްޗާއިން ފެނުނު ފޮޓޯއަކުން ކުރަން އޮތް ކައިވެނި ނިމުމަކަށް ގެނެސްފިއެވެ.

ކައިވެނި ކުރަން ހަމަޖެހިފައި ވަނިކޮށް އެކަން ނިމުމަކަށް ގެނައީ އެ އަންހެން މީހާގެ ވާން އުޅުނު ފިރިމީހާއެވެ. ކައިވެނީގެ ހުރިހާ ކަމެއް ނިިމިފައި ވަނިކޮށް އެ އަންހެން މީހާ ވަނީ އޭނާގެ ވާން އުޅުނު އަނބިމީހާގެ ފޭސްބުކް ބަލާފައެވެ. ފޭސްބުކް ބަލާލުމުން ކަމަކު ދާކަށް ނެތެވެ. ޕްރޮފައިލް ޕިކްޗާ އިން ފެންނަނީ އޭނާ ވާން އުޅޭ އަނބިމީހާ އެހެން މީހަކާއި ކައިވެނިކޮށްގެން އުޅޭކަމަށް ދޭހަވާ ފޮޓޯއެކެވެ.

ފެންނަނީ ކައިވެނީގެ ހެދުމުގައި ހުރި އަންހެނަކާއި، ފިރިހެނެއްގެ ފޮޓޯއެވެ. އެ ފޮޓޯއިން ދެ މީހުންގެ މޫނު ނުފެނު ނަމަވެސް، އެ ފިރިހެން މީހާ ހީކުރީ އެ އަންހެން މީހާ އުޅެނީ ކައިވެންޏެއްކޮށްގެން ކަމަށެވެ. އަދި އެ ފިރިހެން މީހާ ވަނީ ކުރަން އޮތް އެ ކައިވެނި ނިމުމަކަށް ގެނެސްފައެވެ.

އަސްލު މީގެ ހަގީގަތަކީ އެ އަންހެން މީހާ އުޅެނީ ކައިވެންޏެއްކޮށްގެން ނޫނެވެ. ކޮންމެވެސް މީހަކު ބޭނުންވީ މި ދެ މީހުންގެ ގުޅުން މެދު ކަނޑާލާށެވެ. އެ އަންހެން މީހާގެ އާއިލާއަކީ އާދައިގެ އަވަށަކަށް ނިސްބަތްވާ ބައެއްކަމުން އެ މީހުންނަށް މާބޮޑަށް މީސް މީޑިޔާގެ ކަންކަން ނޭނގެއެެވެ.

މިއީ ބަޔަކު ގަސްތުގައިކޮށްގެން އުޅޭކަމެއް ކަމަށް އަންހެން ކުއްޖާގެ އާއިލާއިން ގަބޫލުކުރެއެވެ.

މިހާރު އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަާލީ

    މިވެސް ދެން ޙަބަރެއްތަ؟؟؟ ލޮލް

    • ޅޯބިވާ ޒިޔާން

      ހަމަ ތެދެއް!

    • ފަރޭ

      ނެތޭ ލިޔާނެ އެއްޗެއް. ދީބަލަ ލިޔެލަން ހަބަރު ކޮޅެއް

  2. ކިޔުންތެރިޔާ

    ހަބަރު ލިޔަން ނޭންގެންޏާ ނުލިޔެ ތިބެންވީނު..

    • ލީސް

      އެހެން