ޖަޕާަނަށް ނިސްބަތްވާ އެތައް ހާސް ފުލުސް އޮފިސަރުން ތަކާއި، ކުއްތާތަކެއް ވެގެން ޖަލުން ފިލި މީހެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ޖަޕާނުގެ ސިޓީއެއްކަމަށްވާ އިމްބަރީގައި ހުންނަ ޖަލަކުން ފިލި އެ މީހާ ހޯދަމުން އަންނައިރު، ބެލެވޭގޮތުގައި، އެ މީހާއަކީ ވައްކަމުގެ ކުށުގެ ރެކޯޑް އޮންނަ މީހެެކެވެ.

ފުލުހުން މިހާރުވެސް މުކައިޝިމާ އައިލެންޑް އެއްކޮށްހެން ބަލާ ނިމިއްޖެކަމަށް ވެއެވެ. ނަމަވެސް އެ މީހާގެ ހިލަމެއް ނުވިއެވެ.

"އަހަރުމެންނަކަށް ޔަގީނެއް ނޫން އޭނާ ރަށުގައި ހުރިކަމެއް. އެހެން ނަމަވެސް އޭނާ ރަށުގައި ނެތްކަމުގެ އެއްވެސް ހެއްކެއް ވެސް ނެތް. އެހެންކަމުން އަހަރެމެން މި ޖެހެނީ ރަށުގެ ސެކިޔުރިޓީ ވަރުދަކޮށް އަނެއްކާވެސް ބަލަން". ސީނިއާ ޕޮލިސް އޮފިސަރަކު ބުންޏެވެ.

ފުލުހުން ދަނީ އެ ހިސާބުގަނޑު ތަންތަނުގައި ގާޑު ކުރަންވެސް ފުލުސް އޮފިސަރުން ބައިތިއްބަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ ޖަލުން ފިލި ހިސާބުން ފެށިގެން މިހާތަނަށް އެ އަވަށުގައި ހަތް ވައްކަމެއް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު