މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ މުހިންމު އެއް ދުވަސް ވަރެވެ. އެއީ އެދުވަސްވަރަކީ އިތުރު ފުރާނައެއް މައިމީހާގެ ރަހިމުގެ ތެރޭގައި ހެދި ބޮޑުވަމުން އަންނަ ދުވަސްވަރަށް ވާތީއެވެެ. އެހެންކަމުން އެ ދުވަސްވަރު ދުޅަހެޔޮ ސިއްހަތެއްގައި މައިމީހާ ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މާބަނޑު ދުވަސްވަރަކީ ވަރަށް ބޮޑަށް ސިއްހަތަށް ބަލައިގެން އުޅެން ޖެހޭނެ ދުވަސްކޮޅެކެވެ. އެގޮތުން މާބަނޑު ދުވަސްކޮޅު ކޮފީ ބުއިމުން ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ކޮފީއަކީ މައިމީހާއަށް އެތަކެއް ގޮތަކުން ގެއްލުންވާ ކަމެކެވެ. އެއީ ކޮފީގައި ގިނަ އަދަދެއްގެ ކެފެއިން އެކުލެވޭތީއެވެ. މިކަމުގެ ސަބަބުން ބަނޑުގައި އޮންނަ ކުއްޖާ ޢައިބުވެ ކުއްޖާ ބައިގެންދިޔުމުގެ ފުރުސަތު ބޮޑުވެއެވެ.

އަދި ވިހެއުމަށް ފަހުގައިވެސް އެކަމުގެ ސަބަބުން ކުއްޖާއަށް އެތަކެއް ނޭދެވޭ އަސަރެއް ކުރާ ކަމުގައި ކަމާބެހޭ މާހިރުން ބުނެއެވެ.

އެގޮތުން ހަމުގެ މައްސަލަތަކާއި ކުރިމަތިވުން ހިމެއެވެ. އަދި މާބަނޑު ދުވަސްވަރު މައިމީހާ ގިނައިން ކޮފީ ބުއިމުގެ ސަބަބުން ކުއްޖާގެ ވިސްނުމަށްވެސް އެކަމުން އަސަރުކުރެއެވެ. އެހެނީ ހަށިގަނޑުގައިވާ ހިމަ ނާރުތަކުގެ ތެރެއިން ކެފެއިންގެ އަސަރު ކުއްޖާގެ ހަށިގަނޑަށްވެސް ކުރާތީއެވެ.

އެހެންކަމުން މާބަނޑު ދުވަސްވަރު ކޮފީއާއި ދުރުވާން އެބަ ޖެހެއެވެ. އަދި ދުޅަހެޔޮ ކާނާ ކެއުމަށް ހާއްސަ އިސްކަމެއްދޭން އެބަޖެހެއެވެ.