ގްތާގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުން އަނެއްކާވެސް ކަރީނާ ކަޕޫރް ސިލްވާ ސްކްރީނުން ފެންނަން އުޅެނީއެވެ. އެނބުރި ފިލްމީ ދާއިރާއަށް ނެރެދިނީ ފިރިމީހާ ސައިފް އަލީ ޚާންކަމަށް ކަރީނާ މި ވަނީ ބުނެ އެކަމަށް ޝުކުރުވެރިވެފައެވެ.
މާބަނޑުވުމަށްފަހު 2016 ވަނަ އަހަރު ކަރީނާ ފިލްމީ ދާއިރާއިން ބޮޑު ބްރޭކެއް ނެގިއެވެ. އަދި ތައިމޫރް ވިހެއުމަށްފަހުވެސް އެނބުރި ފިލްމް ސެޓަށް ނުކުތުމަށް މަސް ތަކެއް ނެގިއެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި "ވީރެ ޑި ވެޑިންގ"ގެ މަސައްކަތް ފެށިއެވެ.
"އަހަރެން ފިލްމަށް ސޮއި ކުރިއިރު، ބަނޑުބޮޑެއް ނޫން. އަހަރެން މަސައްކަތަށް ނެރެ ދިނުމަށް އެންމެ ބޮޑު ހިތްވަރެއް ދިނީ ފިރިމީހާ. އޭނާގެ އިތުރުން، ރިއާގެ (ޕްރޮޑިއުސަ) ވެސް ވަރަށް ހިތްވަރު ދިން. ރިއާ ގާތުގައި އަހަރެން ބަނޑުބޮޑުކަން އެންގުމުންވެސް އޭނާ ބޭނުންވީ މަޑުކޮށްގެންވެސް އަހަރެން އެ ފިލްމްގައި ހިމަނަން". ކަރީނާ ބުންޏެވެ.
ކަރީނާ ބުނީ، ވިހެއުމަށްފަހު ފިލްމީ ދާއިރާއަށް ނުކުމަށްޓަކައި އެންމެ ގާތުގައި ފިރިމީހާ ހުރިއިރު، އޭނާ ބުނެގެން ޖިމަށް ދާން ފެށި ކަމަށެވެ. އަދި މިގޮތަށް ޖިމަށް ދާއިރު ތައިމޫރް ގޮވައިގެން ދިޔުމާއި، އެހެން މަންމައިންނަށް މިސާލެއް ދެއްކުމަށް ސައިފް އެދުނެވެ.
އުމުރުން 37 އަހަރުގެ ކަރީނާ އަނެއްކާވެސް ފިލްމީ ދާއިރާއަށް އައިއިރު ޔަގީނުންވެސް ކުރިއަށް ހުރި ގިނަ ފިލްމްތަކުން އޭނާ އަށް ފުރުސަތު ލިބޭނެއެވެ.
އަސްލެއްނުވާ ހިޔާލީ ދުނިޔެއަށް ބޭކާރު ކަންންކަން ކުރަން މަޖައޭ ހިތާ. ދުނިޔޭގެ ހަގީގީ އުފާވެރިކަމައް ވިސްނާލާނެ ވަގުތެއްވެސް އަމިއްލަ ނަފްސައްވެސް ނުދީ ތިތާ ތިމީހުންގެ ދުވަސްދުއްވާއި އެލަނީ އަމިއްލަޔަށް ހައު ސޭޑު