އިނގިރޭސި އަމީރު ހެރީ އާއި ފިލްމީ ތަރި މެގަން މާކަލްގެ ކައިވެނީގެ އިހުތިފާލަށް ޕްރިޔަންކާ ޗޯޕުރާ ހާޟިރުވާނެކަމަށް ބުނެ އެތައް ވާހަކަތަކެއް މީގެކުރިންވެސް މީޑިޔާއިން ދައްކާފައިވެއެވެ. ކައިވެނީގެ ދައުވަތެއް ޕްރިޔަންކާއަށް ލިބިފައިވާކަމުގެ އަޑުތަކެއްވެސް އެރިއެވެ.

އެރި އަޑުތަކާއި ދެއްކި ވާހަކަތަކާ އެއްގޮތަށް، އިނގިރޭސި ޝާހީ އާއިލާގެ ކައިވެނީގެ ހަފްލާގައި ޕްރިޔަންކާ ބައިވެރިވާނެކަންވަނީ ކަށަވަރުވެފައެވެ. އެހެންނަމަވެސް، އޭނާ މި ހަފްލާގައި ބައިވެރިވަނީ ބްރައިޑްސްމެއިޑް އެއްގެ ގޮތުގައި ނޫންކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހު ސެއިންޓް ޖޯޖްސް ޗަޕެލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކައިވެނީގެ ހަފްލާގައި ބައިވެރިވާނެކަން ޕްރިޔަންކާގެ ފަރާތުން ކަށަވަރުކޮށްދީފައިވާއިރު އެހަފްލާގައި އޭނާ ބޭނުންކުރާނޭ ހެދުން އަދި ފާސްނުވާކަމަށްވެސް ބުނެފައިވެއެވެ. އަދި، މިހާރުވެސް އެމަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ޕްރިންސް ހޭރީ އަދި މެގަން

ހަމައެހެންމެ، ބްރައިޑްސްމެއިޑް އެއްގެ ގޮތުގައިތޯ ފެންނާނީ ނުވަތަ މެހުމާނުންގެ ތެރެއިންތޯ ފެންނާނީވެސް އެނގޭނީ އަދި ފަހުންކަމަށްވެސް ޕްރިޔަންކާގެ ފަރާތުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެގަން އަކީ ޕްރިޔަންކާގެ ގާތް އެކުވެރިއެކެވެ. ޕްރިޔަންކާއެކޭ އެއްގޮތަށް މެގަން އަކީވެސް ބައެއް ހޮލީވުޑް ޓީވީ ސީރީޒްތަކުގައިވެސް ހަރަކާތްތެރިވެފައިވާ ފަންނާނެކެވެ. ޕްރިންސް ހެރީ އަކީ އިނގިރޭސި ތަހުތާ، ހަތްވަނައަށް އެންމެ ގާތުގައި ހުރި މެންބަރެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    އަނެއްކާ ޕްރިޔާންކާތަ އިންނަނީ.

  2. Anonymous

    ޢަހަރުންނަށް ހެޔޮ ޕްރިޔަންކާ ބަފާ ބައިވެރިވިޔަސް

  3. ކޮރަކަލި

    އަހަތެމެނަށް ކޮން ބެހޭކަމެއް..

  4. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  5. މޫސަ

    ހާދަ އޮޅުވާލުން ބޮޑޭދޯ !