މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަނީ ބިއްލޫރި ދޮރެއްގެ ފަހަތުގައި މަދު ވަގުތުކޮޅަކަށް އިންނަން ޖެހުނު ބައްޕައެއްގެ ހިތްދަތި ދުވަހެވެ. އެ ބައްޕައަށް ލިބުނު ހިތާމަވެރި ހަބަރަކީ އަނބިމީހާ ބައިގެންް ދިޔަ ހަބަރެވެ.

އެ ވާހަކަ ފޯނުން އަޑުއިވިފައި ޖަރެޑް ގްލެއިމް ހިތައް ކެތެއް ނުވިއެވެ. އޭނާއަށް ރޮވުނެވެ.

އެ ފޮޓޯ މީސް މީޑިއާގައި ހިއްސާކޮށްފައި ވަނީ އޭނާގެ 38 އަހަރުގެ އަނބިމީހާ ސަރާހް އެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޕެންސިލްވާނިއާ އަށް ނިސްބަތްވާ އެ ބައްޕަ އެތަނުގައި ބަނދެވިފައި އެ ހުރީ ކޮވިޑް-19ގެ ސަބަބުންނެވެ. އަނބިމީހާއާއެކު އިންފާޓިލިޓީ ކްލިނިއަކަށްވެސް ދެވޭ ގޮތްވި ނަމަވެސް، އެ ބިއްލޫރި ދޮރުގެ ފަހަތުގައި އޭނާ އިންނަން ޖެހުނީ ކޮވިޑް-19އާ ހެދި ދެ މީހުންނަށް އެކުގައި އެތެރެއަށް ނުވަދެވޭތީއެވެ.

ސަރާހް އޭނާގެ ބްލޮގްގައި ލިޔުނު ގޮތުގައި، އޭނާ އާއި ޖަރެޑް އަދި އެ މީހުންގެ ދަރިފުޅު ގޭގައި އެކަހެރިވެގެން ތިއްބާ، އޭނާގެ ހަށިގަނޑުން ލޭ ފައިބަން ފެށީއެވެ. މީގެ ކުރިންވެސް ސަރާހް ވަނީ ބައިގެން ގޮސްފައެވެެ. ލޭ ފައިބަން ފެށުމާއެކު އޭނާ އާއި ފިރިމީހާ ވަނީ އިންފާޓިލިޓީ ކްލިނިކަށް ގޮސްފައެވެ.

އެތަނަށް އޭނާ ވަންނަން ހުއްދަ ނުލިބުނުއިރު، ސަރާހް އެޑްމިޓް ކުރަން ޖެހޭ ވާހަކަ ޑޮކްޓަރުން ބުނެފައި ވެއެވެ. އެހެންވެ ޖަރެޑް ހުރީ ބޭރުގައެވެ. އޭނާ ބޭރުގައި އިށީންދެގެން އިނީ ތަޅުންގަނޑު މަތީގައެވެ.

ސަރާހް އާއި އޭނާގެ ދަރިފުޅު ބައިގެން ގޮސްފައިވާކަން ހާމަ ކުރުމުން އޭނާ ފޯނުން ގުޅާފައި ފިރިމީހާއަށް އެ ވާހަކަ ކިޔާދިނެވެ.

"ޖަރެޑް ވެއިޓިންގ ރޫމާއި ހަމައަށްވެސް ގެނެސް ނުދިން ކޮވިޑް-19 އާ ހެދި". އޭނާ ބްލޮގްގައި ލިޔުނެވެ.

ޖަރެޑް އާއި އޭނާގެ އަނބިމީހާ އެވަގުތު ފެނުނީ އެ ބިއްލޫރިގަނޑުގެ ފަހަތުންނެވެ. ދެމީހުން މެސެޖްކޮށްގެންނާއި، ފޯނުން މުއާމާލަތް ކުރަމުންދިޔައިރު، ޖަރެޑް ހުރީ ވަރަށް ބޮޑަށް ދެރަވެފައި ކަމަށް ސަރާހް ބުނެފައި ވެއެވެ.

"އޭނާއަށް އެވަގުތުކޮޅުގައި ހިތްވަރުދޭނެ މީހަކުވެސް ނުވި".

ސަރާހް ބައިގެން ގޮސްފައި ވަނީ ކޮވިޑް-19 އާހެދިއެއް ނޫނެވެ. އެކަމަކު އޭނާ އެ ހުރީ ވަރަށް ބޮަޑަށް ހިތްހަމަ ނުޖެހިފައެވެ. އޭނާ ބުނީ، ސޯޝަލް ޑިސްޓެންސް އާއި ކަރަންޓިން ގަވާއިދުތަކާއި މެދު ހިތްހަމަނުޖެހޭ ކަމަށެވެ.

ނަމަވެސް އޭނާ އެ ވާހަކަތައް ނިންމާލަމުން ވަނީ ސޯޝަލް ޑިސްޓެންސްއަށް ސަމާލުވުމަށާއި، ގޭގައި ތިބުމަށް ނަސޭހަތްތެެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯރޗް

    ސަރާހްް ތަ ނުވަތަ ސާރާ ތަ؟

    1
    1
  2. މޫމި

    ސަރާހް، ގިގީ ލޮލް

    1
    1
  3. އަހަން

    މިވެސް ހަބަރު؟