ފޯނަކީ ވެސް މިހާރު ވަރަށް އަގު ބޮޑު އެއްޗެކެވެ. އެހެންކަމުން ފޯނެއް ގެއްލުމުން ނުވަތަ ހަލާކު ވުމުން ކުރަން ޖެހޭ "ހިތާމަ" ވަރަށް ބޮޑެވެ.

ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތް ކުރާ އިސްމާއިލް ނަސީރު މީގެ ހަތަރު ދުވަސް ކުރިން އާފޯނެއް ގަތުމުން އޭނާ ފޯނަށްދޭ ސަމާލުކަން ވަރަށް ބޮޑެވެ. ނަމަވެސް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފާހާނާ އަށް ވަދެފައި ނިކުމެވުނީ ހަނދާން ނެތި ފޯނު ބާއްވާފައެވެ.

މިއަދު ހެނދުނު 08:00 ހާއިރު ހިނގި ހާދިސާ އާއި ގުޅޭ ގޮތުން އިސްމާއިލް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ "އަހަރެންނަށް ފާހާނާ އިން ނިކުމެވުނީ ފޯނު ބާއްވާފައެވެ. ފޯނު މަތިން ހަނދާން ވުމުން ރަހުމަތްތެރިއެއްގެ ފޯނުން އަހަރެންގެ ނަމްބަރަށް ގުޅީމެވެ. ފޯނު ނެގީ އެއާޕޯޓް ޕޮލިސް ސްޓޭޝަނުންނެވެ. ފޯނު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ."

އޭނާގެ ޕޯސްޓްގައި އިތުރަށް ބުނެފައި ވަނީ ޕޮލިސް ސްޓޭޝަނަށް ދިއުމުން އޭނާ އަށް ފޯނު މިހާރު ލިބިފައިވާ ކަމަށެވެ.

"ފުރަތަމަ އަހަރެން ޝުކުރު ކުރަނީ ﷲ އަށެވެ. ފާހާނާގައި ފޯނު އޮއްވާ ފެނުނީ ފުލުހަކަށެވެ. ފޯނު ފެނުނީ ތެދުވެރިކަމާއި ޚިދުމަތް ކުރަމުން އަންނަ ސަމީރު ސައީދަށެވެ. އަހަރެން އޭނާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. މާތްﷲ އޭނާއަށް ހެޔޮ ރަހުމަތް ލައްވާ ދިގު އުމުރެއް ދެއްވާށިއެވެ." އިސްމާއިލް ފޭސްބުކްގައި ލިޔެފައިވެއެވެ.

https://www.facebook.com/ixce.desalvatore/posts/1641727752583036

ފޯނަކީ ކިތަންމެ އަގުބޮޑު އެއްޗެއް ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް މިފަދަ ހާލަތްތަކުގައި ފޯނު ވެރި މީހާ އަށް ރައްދުކޮށްދިނުމުގެ ބަދަލުގައި ފޯނު ވަގަށް ނެގޭތަން އާދެއެވެ. ފޯނެއް ގަތުމަށްޓަކައި މީހަކު ކުރާ މަސައްކަތް ގިނަ ފަހަރަށް ހަނދާނެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އބދޅ ކަމާލު

    ޢަޅުގަނޑުގެ އެކުވެރި ކޮލީގު

  2. ޢަޒުމީނު

    ނަސީބު ރަނގަޅު ސޮރެއް ތީ. މަށާ އެކީ މަސައްކަތް ކުރާ

  3. އަހަރެން

    މުޖުތަމަޢުގައި ހިނގާމިފަދަ ރަނގަޅުކަންކަން ލިޔެހާމަކޮށް ގެނެސްދިނުމަކީ ހާދަހަވާ ރަނަގޅުކަމެކެވެ! ހެޔޮޢމަލުކުރާ އެންމެނަށް ހެޔޮޖަޒާ މިންވަރު ކުރަށްވާށި! އާމީން.

  4. ލޮލް

    ތިމަރަބުރި ހާދަ ހެވިފަ. ގުޑް ޖޮބް ޕޮލިސް މޭން. ވީ ސެލިއުޓް ޔޫ.

  5. ފޭސް

    ޝުކުރިއްޔާ އެއަރޕޯޓް ޕޮލިސް.

  6. ހެޔޮބަސް

    ފޯނަކީ އަގުބޮޑު، އަދި އަގުކުޑައެއްޗެއްކަމުގައިވިއަސް ވަކިމަޤްޞަދެއް
    ހާސިލްކުރުމަށް ފޯންވަގަށްނަގާ ނޫނީ ފޯނުފޭރިގަތުމަށްފާރަލާބަޔަކުއުޅޭމިފަދަގުރޫޕަކާދިމާނުވެ
    ތެދުވެރި ފުލުސްބޭފުޅަކަށްފޯނުފެނި ވެރިފަރާތަށް ލިބޭގޮތްވުމަކީ ﷲ ލެއްވި ވަރަށްބޮޑު ރަހުމަތެއް ފޯނުފެނިލެއްވި ފުލުސްބޭފުޅަކީ ވަރަށްރަގަޅު ތެދުވެރި ބޭފުޅެއްކަމުގައިވޭ ފޯނު
    ރަށްދުކޮށްދެއްވިފުލުހަށް އަހަރެންވެސް ހިތުގެފުންމިނުން ޝުކުރުދަންނަވަން ތިތެދުވެކަން
    މަތީދެމިހުންނަވާތި ތި ތެދުވެރިކަމަށް ﷲރަހުމަތްލެއްވުންއެދި ދުއާކުރަން

  7. ސާމިރު

    ސާނބެއަށް ސާބަސް

  8. އަހްމަދު

    އަހަރެންގެ ފޯނުވެސް ސައިކަލްގައިންދަ ޖީބުންވެއްޓި ގެއްލުނީ. ގެއަސްއައިސްފޯނުކުރަންބެލީމަ ފޯނުނެތްކަން އެނގުނީ. ވަގުތުން އެނަންބަރަސް ގުޅީ. ރިންގްވޭ ފޮނެއްނުނަގާ. އިރުކޮޅަގުން ގުޅިނަމްބަރަށް ކޯލެއްއަތުވެއްޖެ. ބަޒާރު މަތީގައިއުޅޭ ހަމަ އާދައިގެ މީހަކު ގުޅާފާބުނީ ފޯނުއެބައޮތޭ ތިމަންނަހޮވާފާ. ފޮނުއަހަރެންނަށް ލިބިއްޖެ. މަދުމަދުން ނަމަވެސް ތެދުވެރިން އެބަތިބި. ފޮޓޯޖަހާ މަޝްހޫރުނުވިއެއްކަމަކު.

    • ޢާލަމް

      ބުރޯ ހަޖަމް ޕްލީޒް

  9. ޟިމި

    ތެކަމާ ދޭތެރޭ ބުނަން އޮތީ ފުލުހުންގެ ތެދުވެރިކަނ ސާބަސް