ވައްކަން ކުރަން އުޅުމުގެ ތެރޭގައި ލަނޑު ލިބޭ މީހުން ވަރަށް ގިނައެވެ. އެއީ އާއްމު ކަމެކެވެ. ބައެއް ފަހަރު މީހާގެ ފުރާނަވެސް ދާ ފަހަރު އާދެއެވެ. އަދި މީގެ އިތުރުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި އެކަންކަން ފަޅާ އަރާ ވަގަށް އެތައް އަނިޔާއެއް ދޭ ފަހަރުވެސް އާދެއެވެ.

ވަރަށް ފަހުން މީސްމީޑިޔާގައި ދައުރުވި ވިޑިޔޯއެއްގައި ފެންނަގޮތުގައި، ވައްކަން ކުރަން ވެގެން ތަނެއް ފަޅާލަން އުޅުނު ދެ މީހެއްގެ ތެރެއިން އެކަކަށް ވަރަށް ބޮޑަށް މި ވަނީ އަނިޔާވެފައެވެ.

https://youtu.be/3BumK3V6a5I

އެ ވީޑިޔޯއިން ފެންނަނީ މީހަކު ގާބުރިއެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން ތަނެއް ފަޅާލަން އުޅޭ މަންޒަރެވެ. އެހެން ނަމަވެސް އެ ގާބުރި ފަޅަން އުޅުނު ތަނުގައި ޖެހުމުގެ ކުރިން ޖެހުނީ އޭނާއާއެކު އެތަނުގައި ދެން ހުރި މީހާގެ ގައިގައެވެ.

އެ މީހާގެ ގައިގާ އެ ގާބުރިން ޖެހެން މެދުވެރިވީ، އޭނާއާއެކު ހުރި އަނެއް މީހާ ގާބުރި އެއްލި ގަޑީގައި ކުރިއަށް ގޮސް އެ ފަޅަން އުޅުނު ދޮރުގައި ޖަހާލުމަށްފަހު އެއް ފަރާތަކަށް ދާން އުޅުމުގެ ތެރޭގައެވެ. އެ ގާބުރިން އެ މީހާގެ ގައިގާ ޖެހުމުން އަނެއް މީހާ ވަގުތުން ވަނީ އޭނާއަށް އެހީވުމަށް އޭނާ ކައިރިއަށް ގޮސްފައެވެ. އަދި އޭނާ ދަމާފައި އެ ސަރަހައްދުން ގެންދާ މަންޒަރުވެސް އެ ވީޑިޔޯއިން ފެނެއެވެ.

ޗައިނާގެ އަވަށެއްގައި މިކަން ހިނގި ނަމަވެސް ސީދާ އެކަން ހިނގީ ކޮން އަވަށެއްގެ ކޮން ތަނެއްގައިކަން ނޭގުން ނަމަވެސް އެތައް ބަޔަކު ވަނީ އެ ވީޑީޔޯ ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަަމީލު މޫސާ

    ރަނގަޅު! ތިއޮތީ ރަނގަޅު ލަނޑެ ލިިބިފަ.............

  2. އޭނަ

    ބްވަހަހަހަހާަ

  3. ސައިނީ

    ސްޕީމް ކުރިކަހަލަ ކަމެއް ތީ