ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަބީޝެކް ބައްޗަން އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންގެ މަސައްކަތުގައި އުޅެނީ ވަރަށް އަވަދިނެތިއެވެ. މަސައްކަތްތައް ބުރަކަމުން އޭނާގެ އޮފީހަށްވެސް ނުތާދާ ދެމަސްފަހުން، ޝޫޓިން ނިންމާލުމަށްފަހު އޮފީހަށް ދިޔައީ އެއްވެސް މީހެއްގެ ފަރާތުން "ސަޕްރައިޒް" އެއް ލިބޭނެ ކަމަށް ވިސްނާފައެއް ނޫނެވެ. ނަމަވެސް ސިހުންލިބި މޫނުމައްޗަށް އުފާވެރިކަން ލިބިގެންދިޔައީ އޭނާގެ ކުޑަ އަންހެން ދަރިފުޅު އާރަދްޔާ ބާއްވާފައި އޮތް ލޯބިލޯބި ކާޑު ފެނިފައެވެ.

އެ ކާޑްގެ ފޮޓޯއެއް ޕޯސްޓުކޮށް، އަބީޝެކް ޓުވިޓާގައި ލިޔެފައިވަނީ ދެމަސް ފަހުން އޮފީހަށް އައިއިރު ދަރިފުޅު ދިނީ ނޯޓެއް ކަމަށެވެ. އަދި އެ ލިޔުންކޮޅުގައި "#މައިޑޯޓާބެސްޓެސްޓް" މިހެން ލިޔެފައިވެއެވެ.

https://www.instagram.com/p/Bh-8S7IjDnc/?utm_source=ig_embed

 

2016 ވަނަ އަހަރުން ފެށިގެން ސްކްރީންގެ ކުރިމަތިން އަބީޝެކް ފެނިފައި ނުވާއިރު، ދެ އަހަރުގެ ބޮޑު ބްރޭކަކަށްފަހު އަބީޝެކް ދެން އެންމެ އަވަހަށް ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނީ އަނުރަގް ކަޝްރަޕް ޑައިރެކްޓްކުރާ "މަންމަރްޒިޔާން" ކިޔާ ފިލްމަކުން ކަމަށް ޚަބަރުތައް ބުނެއެވެ.

އަބީޝެކްއާއިއެކު، ވިކީ ކައުޝަލް އަދި ޓާޕްސީ ޕަންނު މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު ހަތްވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު