" ކޮފީ" މިއީ އެންމެންނަށްވެސް ވަރަށް އާންމު ބަހެކެވެ. ދެ ރަހުމަތްތެރިއަކު ބައްދަލުވިޔަސް ކޮފީއެކެވެ. ނުވަތަ މުހިއްމު ވާހަކައެއް ދައްކަންވިޔަސް ކޮފީއެވެ. ކޮފީ މިވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެފައެވެ.

ކޮފީގެ އެކި ވައްތަރުތަށް ހުންނައިރު އެކި ވައްތަރުގެ ކޮފީ ތައްޔާރުކުރަނީ އެކި ގޮތަށެވެ. އެގޮތުން ދުނިޔޭގެ އެންމެ އަގު ބޮޑު ކޮފީ ކަމަށްވާ " ކޮޕި ލުވަކް" ތައްޔާރުކުރަނީ ވަރަށްވެސް އާދަޔާހިލާފު ގޮތަކަށެވެ.

" ކޮފި ލުވަކް " ތައްޔާރުކުރަނީ ބުޅަލުގެ އާއިލާއަށް ނިސްބަތްވާ ޖަނަވާރެއް ކަމަށްވާ "ކިވެޓް "ގެ ބޮޑުކަމުދާ ތަކެތިންނެވެ.

އަޑު އަހާލަން ފަކުރު ގޮތެއް ހުއްޓަސް މި ކޮފީގެ ރަހައަކީ އޭގައި އާދަޔާ ހިލާފު މީރުކަމެއް އެކުލެވިގެންވާ ކޮފީއެކެވެ. އަދި އެ ކޮފީއިން ލިބޭ ފައިދާވެސް އެހެނިހެން ކޮފީތަކަށް ވުރެއް ބޮޑެވެ. އެގޮތުން އެ ކޮފީގައި އެންޓި ބެކްޓީރިއަލް ޕްރޮޕަޓީސް ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. މިކަމުގެ ސަބަބުން ފަސޭހައިން ޖެހޭ ރޯގާ ފަދަ ބަލިތަކުން ރައްކާތެރިވެއެވެ. އަދި ބައެއް ކަހަލަގެ ކެންސަރު ޖެހުމުންވެސް ރައްކާތެރިކޮށްދެއެވެ. އެގޮތުން އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރު ޖެހުމުން ދުރުކޮަށްދެއެވެ.

މީގެ އިތުރުންވެސް އެތަކެއް ފައިދާއެއް " ކޮފީ ލުވަޓް" ގައި އެކުލެވިގެން ވެއެވެ.

" ކޮފި ލުވަޓް" ކޮފީ އެންމެ ގިނައިން އުފައްދަނީ އެފްރިކާ އަދި އިރުމަތީ އޭޝިއާގެ ގައުމުތަކުންނެވެ.. " ކޮފި ލުވަޓް" ކޮފީތަށްޓެއް އުޅެނީ 30 ޑޮލަރާއި 100 ޑޮލަރާއި ދެމެދުގެ އަގުތަކެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖޮއްބެ

    އެއީ ބުޅަލުގެ ބޮޑުކަމުދާތަކެއްޗެއް ނޫނެވެ. ކޮފީގެ ބީންސް ވަކިވައްތަރެއްގެ ބުޅަލަކަށް(ސިވެޓްކެޓް) ކާންދީ، އޭތީގެ ބަނޑުތެރޭގައި ބަހައްޓާފައި ވަކި ވަގުތެއްވީމާ އަލުން އެއޮށްތައް ނެރެ ވަރަށްރަނގަޅަށް ސާފުކޮށްފައި ހުންނަ ކޮފީއެކެވެ.

    • މަގޭ

      ބަނޑަށްލާފަ ނެރޭ އެއްޗިއްސަށޭ ބޮޑުކަމުދާ ތަކެއްޗޭ ކިޔަނީ. ???

  2. އިބޫ ހުޅުމާލެ

    މިގޮތަށް ހަމަ އައިވެރީ ކޮފީވެސް ތައްޔާރުކުރަނީ... އެތަށް ކާންދިނުމަށްފަހު އެތް ބޮޑުކަމު ދިއުމުން އެނަގައި ސާފުކޮށްގެން ޕޮރޮސެސްކޮށްގެން އައިވެރީ ކޮފީވެސް ތައްޔާރުކުރަނީ.. ( އައިވެރީ ކޮފީގޫގުލްގަ ޖަހާލީމަ ފޮޓޯއިން ފެންނާނެ)

  3. ހަސން

    މީ ވަރަށް ކުރީގެ އެންމެން ދަންނަވާހަކައެއް.

  4. ހުސޭނުބޭ

    ކޮއިފުޅާ އަލީ ޔާމީން! ތިހެ މޮޅެތި ވާހަކަ ލިޔަނިކޮށް ބަޔަކު ބަކަރި އޮށުގައި ކޮފީ ހަދާފައި ބޯންދީފާނެ! މައިތިރިވޭ!