ކޮވިޑް-19 ކޮންޓްރޯލް ކުރަން މާސްކް އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސް ދަނީ ނިމުމެއް ނެތި ކުރިއަށެވެ. ނަމަވެސް އެމެރިކާ އިން މިހާރު ވަނީ އަމިއްލައަށް ފޮތި މާސްކް އަޅައިގެން ތިބުމަކީ އެދެވިގެންވާ ކަމެއް ކަމަށް ބުނެފިއެވެ. އެމެރިކާ އިން މިހެން ބުނި ނަމަވެސް ރާއްޖޭގެ ރަސްމީ އިދާރާތަކުން އެފަދަ ނިންމުމެއް އަދި ނިންމާފައެއް ނުވެއެވެ.

ރޭ ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑރ. މުރާދު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން މާސްކު އަޅަންޖެހެނީ ވަކި ހާލަތްތަކެއްގައި ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ސިއްހީ ދާއިރާގެ ބައެއް ބޭފުޅުންގެ މެދުގައި ވެސް ޚިޔާލު ތަފާތުވުންތަކެއް ހުރިކަމަށް އޭނާ ވެސް ވިދާޅުވިއެވެ.

ކޮންމެއަކަސް މާސްކް އެޅުމުގެ ބަހުސް ކޮންމެގޮތަކަށް އޮތަސް އެމެރިކާގެ ސީޑީސީ އިން މިވަނީ އަމިއްލައަށް ގޭގައި މާސްކެއް ހަދާލެވިދާނެ ގޮތުގައި ވީޑިއޯއެއް އާއްމު ކޮށްފައެވެ. އެންމެ 45 ސިކުންތުން މާސްކެއް ތައްޔާރު ކުރާނެ ގޮތެއް ކިޔައިދެއްވީ އެމެރިކާގެ ސާޖަން ޖެނެރަލް ޑރ.ޖެރޮމް އެޑަމްސް އެވެ.

https://www.youtube.com/watch?time_continue=43&v=tPx1yqvJgf4&feature=emb_title

ސީޑީސީގެ ޑިރެކްޓަރ ރޮބަޓް ރެޑްފީލްޑް ވިދާޅުވީ މާސްކް އެޅުމަކީ ކޮރޯނާވައިރަސް އިން ސަލާމަތް ވެވޭނެ ގޮތެއް ނޫން ކަމަށާއި ނަމަވެސް ކޮރޯނާވައިރަސް ފެތުރުން މަދު ކުރުމަށް މާސްކް އެޅުން މުހިއްމު ކަމަށެވެ.

ފޮތިން ނުވަތަ އެހެން ވެސް އެއްޗެއް ބޭނުން ކޮށްގެން އަމިއްލައަށް އުފައްދާ މާސްކަކީ ސިއްހީ އޮފިޝަލުންނާއި، އަދި ބަލި މީހުންނާއި ކުރިމަތިލާ މީހުން ބޭނުން ކުރުން އެދިވެގެންވާ އެއްޗެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަބުރު?

    ރައްކާވެތިބިއްޔާ ދަތުރޭ މާރސްކް އަޅަންޖެހޭ!??? ގޯ ކޮރޯނާ!

  2. ކީކޭ ބުނާނީ

    އެގޮލާ ޓިކްޓޮކް ބަލައިގެން ދަސްކުރީ

    2
    1
  3. ގައުމުގެ ދޫ

    ވަގުތު ނޫހަށްވެސް ބޭނުންތެރި މައުލޫމާތު ގެނެސްދެވޭނެ ކަން ސާބިތުކޮށްދީފި. ޝުކުރިއްޔާ!

  4. ނަޖީ

    ތިޔަމާސްކު ހަދަން ދަންދިވެހިން މާކިރީގަވެސް ދަނޭ ތިޔަކީއާކަމެނޫން

    2
    1