އޭލިއަނުންނަކީ އުޅޭ އެއްޗެއް ކަމަށް ގަބޫލުކުރާ މީހުން އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް ގިނައެވެ. ނަމަވެސް އޭލިއަނުންނަކީ ވާއެއްޗެއް ކަމަށް ބުނާ މީހުންނަށް އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް މިހާތަނަށް ދެެއްކިފައެއް ނުވެއެވެ. ބައެއް މީހުންނަކީ އޭލިއަނުން ހޯދުމަށް މަރުދޭ މީހުންނެވެ. ހަމަ އެފަދައިން އޭލިއަނުންނާއި ވައްތަރުވުމަށް މަސައްކަތް ކުރާ އެތަކެއް ބަޔަކުވެސް މިދުނިޔޭގައި އެބައުޅެއެވެ.
މިގޮތުން އެމެރިކާގެ ކެލެފޯނިއާއަށް އުފަން އުމުރުން 22 އަހަރުގެ ވިނީ އޯއަކީ ފާހަގަކޮށްލެވޭ ޒުވާނެކެވެ.
އުމުރުން 9 އަހަރުން ފެށިގެން އޭލިއަނަކާ ވައްތަރުވުމުގެ ހުވަފެން ދެކެމުން އައި ވިނީ އޭލިއަނަކާ ވައްތަރުވުމަށް ފުރަތަމަ ސާޖަރީއެއް ކޮށްފައިވަނީ 17 އަހަރުގައެވެ. އެއިރު ވިނީ ކޮށްފައިވަނީ ނޭފަތުގެ ބައެއް ކަށިތަށް ނަގައި ނޭފަތް އޭލިއަނެއްގެ ނޭފަތާ ވައްތަރުކުރުމުގެ ސާޖަރީއެވެ. ކާމިޔާބު ސާޖަރީއަކަށް ފަހު އޭލިއަނެއްގެ ނޭފަތާއި އެއްގޮތަށް ބަދަލު ކުރުމަށް ފަހު ވިނީ ވަނީ މުޅި ހަށިގަނޑު އޭލިއަނެއްގެ ހަށިގަނޑާއި އެއްގޮތަށް ބަދަލު ކުރުމަށް ބޮޑު ސާޖަރީއެއް ކޮށްފައެވެ.
50،000 އެމެރިކާ ޑޮލަރުގެ އެ ސާޖަރީގައި ވިނީގެ ހަށިގަނޑުން ގިނަ ކަށިތަށް ނަގާފައިވާއިރު އޭނާގެ ހަންގަނޑުވެސް ވަނީ އޭލިއަނެއްގެ ހަންގަނޑާއި އެއްގޮތަށް ބަދަލުކޮށްފައެވެ.
50،000 ޑޮލަރުގެ ސާޖަރީއަކަށް ފަހު ވިނީ އޭލިއަނަކާއި ވައްތަރު ވުމަށް ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ވުމާއި ގާތްވެފައިވާއިރު ވިނީގެ މިސްރާބު މިހާރު ހުރީ އަދިވެސް ބޮޑަށް އޭލިއަނަކާއި ވައްތަރުވުމަށެވެ. އެގޮތުން ވިނީ ދަނީ 160،000 އެމެރިކާ ޑޮލަރުގެ ބޮޑު ސާޖަރީއަކަށް ތައްޔާރުވަމުންނެވެ.
އަދި އެ ސާޖަރީ އަންނަ އަހަރުގެ ތެރޭގައި ކުރެވިގެންދާނެ ކަމަށް ވިނީ ވަނީ ބުނެފައެވެ. އަދި އެ ސާޖަރީއަކަށް ފަހު އޭނާ އޭލިއަނަކާއި އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށްވެސް ވިނީ ވަނީ ބުނެފައެވެ.
މިހާތަނަށް ފެނިފައި ނުވާ އެއްޗަކާ ވައްތަރުވާނީ ކިހިނެއް؟
އެކަބުލޭގެޔާ އޭޅިޔަނެއް ދުށީމުތަ؟
ރަނގަޅު މިހާރު އޭލިޔަނަކާއި ވަރަށް ވައްތަރު އޭލިއަނުން އެއީ އުޅޭބައެއްކަމަށް ގަބޫލުކުރަނީ މޮޔައިން ތިކުރި ސާޖަރީން މިހާރު މޮޔައަކާ ވަރަށް ވައްތަރު އިނގޭ
ދުނިޔޭގަ ރުފިޔާ ގިނަވެގެން އުޅޭ މީހުންވެސްއުޅޭ. އޭލިއަންއެއް ނުފެނި އެ ހުންނަގޮތް އެނގުނީ ކިހިނެއްބާ. އަހަރެމެން މިއުޅެނީ ކުޑަ ކަށިކޮޅެއްގަ ރެނދެއްލިއަސް ނޫޅެވިގެން، ކަށިތަކާއެއްޗެހި ނަގާއިރު އަޅެ ސިއްހީ މައްސަލައެއް ކުރިމަތިނުވޭތަ؟
ތީ މިހާ ތަނަށް ފެނުނު އެންމެ ބޮޑު ގަމާރު!
?