އިންޑިއާގެ މަދްޔާ ޕްރަޝްގައި އުމުރުން 55 އަހަރުގެ އަންހެނަކު އިތުރު ފަރުވާދިނުމަށް، ޕްރައިވެޓް ހޮސްޕިޓަލަކަށް އެމްބިއުލާންސްގައި ދިޔައީ ނޭވާލާން އުނދަގޫވާތީއެވެ. އޭނާ ބެލި ޑޮކްޓަރުން ބޭނުންވަނީ އޭނާ އައިސީޔޫއަށް ލާށެވެ. އެހެން ނަމަވެސް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކަށް އައިސީޔޫގެ ތަޅުދަނޑު ނުފެނިގެން އުޅެނިކޮށް އެ މީހާ ވަނީ މަރުވެފައެވެ.

އެ އަންހެން މީހާ އަށް ފުރަތަމަ ފަރުވާދެމުން ގެންދިޔައީ އުޖައިން ޑިސްޓްރިކްޓް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. ނޭވާލާން އުނދަގޫވެގެންނާއި ލޭމައްޗަށް ގޮސްގެން އެ މީހާ ގެންދިޔައިރު، އޭނާގެ ހާލަތު އިތުރަށް ގޯސްވާތީ ޑޮކްޓަރުން ބޭނުންވީ މަދަވް ނަގަރްގައި ހުންނަ އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރާށެވެ.

ޑޮކްޓަރުން އޭނާ އެ ހޮސްޕިޓަލަށް ބަދަލުކުރަން ނިންމީ އެއީ ކޮވިޑް-19ގެ ކޭސްއަކަށް ވެދާނެތީ ސާމްޕަލްތައްވެސް ނެގުމަށް ފަހުގައި ކަމަށް އެންޑީޓީވީން ރިޕޯޓްކޮށްފައި ވެއެވެ.

އެހެން ނަމަވެސް އޭނާގެ ހާލަތު ސީރިއަސްކަމުން އޭނާ ވަނީ ޕްރިވެޓް ހޮސްޕިޓަލެއްކަމަށްވާ އާރްޑީ ގަރްޑީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލަށް އެ އަންހެން މީހާގެންދިޔައީ އެ ހޮސްޕިޓަލަކީ ފެސިލިޓީގެ ގޮތުން ރަނގަޅު ހޮސްޕިޓަލަކަށްވާތީ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

އެހެންވެ އެމްބިއުލާންސްގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު، އައިސީޔޫގައި ހުރީ ތަޅުލާފައި ކަން ވަނީ އެނގިފައެވެ. އަދި އެކަމުގައި އުލޭ މީހުން ހޮސްޕިޓަލްގައި އެވަގުތު ނެތެވެ.

އެންމެ ފަހުން އެ ހޮސްޕިޓަލްގެ ދޮރުގެ ތަޅު ހަލާކުކޮށްގެން އެ މީހާ އައިސިޔޫއަށް ވައްދަން އުޅުނު ފަހުން، އެ މީހާގެ ހާލަތު ވަރަށް ގޯސްވެގެން ވަނީ މަރުވެފައެވެ.

އުޖައިންގެ ސިއްހަތާއި ބެހޭ ކަންކަމުގައި އުޅޭ އޮފިޝަލުން ދަނީ މިކަން ބަލަމުންނެވެ.

އެ އަންހެން މީހާ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވްވި)ކަން އަދި ކަށަވަރެއް ނުވެއެވެ. އެއީ އޭނާގެ ރިޕޯޓްތައް އަދި ލޮބިފައި ވެއެވެ،

އެ ސްޓޭޓްގައި 100 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ހަ މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު