ޝަކީލް-އުރް-ރަހްމާންއަށް އޭނަގެ މަންމަ އެންމެ ފަހުން ފެނުނީ މިދިޔަ ޑިސެމްބަރު މަސް ތެރޭގައެވެ. އެއީ އޭނާގެ މަންމަ ބިހާރް އިން ދިއްލީއަށް ސިއްހީ ކަމެއްގައި އައި ފަހަރުއެވެ. ދެން އޭނާއާއަކަށް އޭނާގެ މަންމައެއް ނުފެންނާނެއެވެ. އޭނާގެ މަންމަ ވަނީ މި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ.
"އަހަރެން ހީކުރި މި ފުރަބަންދުގެ ކަންކަން ނިމުމުން މަންމަ އާއި ބައްދަލުވާނެ ކަމަށް، އަހަރުމެން ބޭނުންވާ ގޮތަކަށް ކަންކަމެއް ނުދާނެ". އުމުރުން 40 އަހަރުގެ ވިޔަފާރިވެރިޔާ އެންޑީޓިވީ ނޫހަށް ބުންޏެވެ.
އޭނާ ވަނީ މި ފުރަބަންދާއި ގުޅިގެން ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުންދާ މީހުންނަށް އެހީވުމުގެ ކަންކަން ފަށާފައެވެ.
ރަހްމާންއަކީ ޓްރެވެލް އެޖެންސީއެއް ހިންގަމުން ދިޔަ މީހެކެވެ. އޭނާގެ މަންމަ މަރުވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުއެވެ. އޭނާގެ ރަހުމަތްތެރިންވެސް ވަނީ އޭނާ އެނބުރި މަންމަ ދެކިލުމަށް ގެއަށް ދިއުމަށް އެދިފައެވެ.
"ދިއްލީ މީހުން އަހަރެން ބޭނުންވޭ، އަހަރެން ޔަގީންކަން އަރުވަން ޖެހޭ އެއްވެސް މީހެއްގެ މަންމައެއް ބަނޑުހައިހޫނުކަމުގައި މަރުނުވާކަން". އޭނާ ބުނެފައި ވެއެވެ
ރަހުމާންގެ އާއިލާ މީހުން އޭނަގެ މަންމަގެ ޖަނާޒާ ކަންކަން ނިންމާލިއިރު، އޭނާ ދިޔައީ ބޭނުން ޖެހިފައިވާ މީހުންނަށް ކާނާ ފޯރުކޮށްދިނުމުގައި އަވަދިނެތިކޮށް އުޅެމުންނެވެ. އޭނާ ކާނާ ފޯރުކޮށްދެމުންދާ މީހުންގެ ތެރޭގައި، އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރާ މަސައްކަތްތެރިންނާއި، ކާނެ އެއްޗެއް ނެތިފައި ތިބި މީހުން ހިމެނެއެވެ.
ރަހްމާން އާއި އޭނާގެ ގްރޫޕުން ބޭނުން ޖެހިފައިވާ މިހުންނަށް އެހީވުމުގައި ހަރަކާތްތެެިވަމުން އަންނައިރު، އެ މީހުންގެ ފަރާތުންނަށް ކާނާ ހޯދުމަށް ފޯނުން ގުޅާ ވަޓްސްއެޕުން މެސެޖްކޮށް ހަދާ ކަމަށް އޭނާ ބުނެފައި ވެއެވެ.
ކޮވިޑް-19ގެ ފުރަބަންދާއެކު، ދިއްލީ ސަރުކާރުންވެސް ވަނީ 10 ލައްކައެއްހާ މީހުންނަށް ހިލޭ ކާނާ ފޯރުކޮށްދިނުމުގެ ކަންކަން ފަށާފައެވެ.
Maimeehaa ah vure ehen meehaku bayaku isvegen nuvaane thy varah dhera kameh
mental hai kya. ކޮންަކަމެއް މޮޅުއިތުރުވާނީ. މައިންބަފައިންނަށް ހިދުމަތް ކުރުން