ކޮވިޑް-19 އެންމެ ފަސޭހަ އިން ޖެހޭ އަދި މަރުގެ "ތުންފަތް" މަތީގައި ތިބޭ އެއް ބަޔަކީ ނަރުހުންނާއި ޑޮކްޓަރުންނެވެ. ރެޔާއި ދުވާލު ބަލި ވެގެން ހޮސްޕިޓަލަށް ގެނެވޭ މީހުންނަށް އެންމެ ގާތުން އަވަސް ފަރުވާ ދިނުމަށް ތިބޭ ޑޮކްޓަރުންނަކީ މި ބަލީގެ އެންމެ ނުރައްކާ ބޮޑު އެއްބައެވެ.

މިއީ ނިއުޔޯކުގެ ބްރޫކްލިން ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުންގެ އިހުސާސްތަކެވެ. ނިއުޔޯކު ޓައިމްސްއަށް މައުލޫމާތު ހިއްސާ ކުރަމުން ޑޮކްޓަރުން ވަނީ ބިރުވެރިކަމުގެ ތެރޭގައި، ކޮވިޑް-19 އާއި އެބޭފުޅުން ހަނގުރާމަ ކުރަމުން އަންނަ ހިތްދަތި ހާލު ކިޔައިދީފައެވެ.

ބްރޫކްލިންގައި މީހުން ބަލިވެގެން ގެންނަވަރު ގިނަ ވުމުން މިހާރު ވަނީ ހޮސްޕިޓަލްތަކުގެ ޖާގަތައް ފުރިފައެވެ. އެހެން ނަމަވެސް އަދިވެސް މީހުން ގެންނަވަރު މަދު ނުވާކަމަށާއި، އިތުރަށް މީހުން އަންނަ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި ގެންނަ މީހުން ހީވަނީ ހަނގުރާމައިގެ މައިދާނުގައި އުޅެފައި އަންނަ މީހުން ކަމަށާއި ހާލަތަށް ބަލާފައި ސަލާމަތް ވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

"ހޮސްޕިޓަލަށް އަންނަ ބަލި މީހުންނަށް ފަރުވާ ދެމުން އަންނަ ބައެއް މެޑިކަލް ސްޓާފުންގެ ހާލު މިހާރު ދެރަ. އެހެން ނަމަވެސް އަދިވެސް ތިބީ އިތުރު ގޮތެއް ނެތިގެން ބަލި މީހުންނަށް ފަރުވާ ދިނުމަށް މަޑުކޮށްގެން. އެއްފަހަރު ބޭނުން ކޮށްފަ އުކާލަން ޖެހޭ ސަލާމާތީ ތަކެތިވެސް ބޭނުން ކުރަނީ އަލުން ފޮހެލައިގެން. ސަބަބަކީ އެފަދަ ތަކެތި ލިބެން ނެތުން" ނިއުޔޯކު ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޑޮކްޓަރަކު ބުންޏެވެ.

ބްރޫކްލިންގެ ހޮސްޕިޓަލަށް ބަލި މީހަކު ގެންދަނީ

ނިއުޔޯކުން ބަލި ކޮންޓްރޯލް ނުކުރުވޭނެ ކަމުގެ ބިރު އޮތުމުން އެގައުމުގެ ގަވާނަރު އެންޑްރިއު ކޫމޯ ވަނީ މެޑިކަލް އިތުރު ސްޓާފުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް އާދޭހާއެކު އެދިފައެވެ. އެހެން ކަމުން 85000 މެޑިކަލް ސްޓާފުން ވަނީ އެހީތެރިވާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން އެހެން ސްޓޭޓްތަކުން 22000 ސްޓާފުން ދަނީ ނިއުޔޯކަށް އައުމަށް ތައްޔާރު ވަމުންނެވެ.

މިހާރު ނިއުޔޯކަށް ދިމާވެފައިވާ އެންމެ ބިރުވެރިކަމަކީ، ހޮސްޕިޓަލުތަކުގައި ބޭނުން ކުރަމުން އަންނަ ވެނޓިލޭޓަރުތައް ހުސްވުން ކަމަށް ކޫމޯ ވަނީ ބުނެފައެވެ. އެހެން ކަމުން ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކޫމޯ ދަނީ ކުރަމުންނެވެ.

ހޮސްޕިޓަލަށް ބަލީ މީހަކު ގެންދަނީ

އެ ހޮސްޕިޓަލުގެ އައިސީޔޫގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެއް ކަމަށްވާ ޖޯޝުއާ ރޮޒެންބާގް ބުނެފައިވަނީ ނަރުހުންނާއި ޑޮކްޓަރުން ކޮންމެ ގަޑިއިރަކުން އައިސީޔޫއަށް ގެންނަ ބަލި މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެގޮތަށް ގެންނަނީ ނުރައްކާތެރި ކޮވިޑް-19 ޖެހިފައިވާ މީހުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ބަލި މީހުން ގެންނަ އަދަދު ނިސްބަތުން ގިނަ ވުމުން މިހާރު އެގައުމުން ވަނީ އެ ހޮސްޕިޓަލުގެ އިތުރު އައިސީޔޫވެސް ބޮޑު ކޮށްފައެވެ.

ހޮސްޕިޓަލަށް ގެންދާ މީހުންގެ ތެރޭގައި އުމުރުން 30 އަހަރާއި 80 އަހަރުން ދެމެދުގެ ދާއިމަށް ކޮންމެވެސް ބޭހެއް ބޭނުން ކުރަން ޖެހޭ މީހުންގެ އިތުރުން ބަނޑުބޮޑު އަންހެނުންގެ އިތުރުން ގެދޮރު ނެތް މީހުން ގެން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ ހުރިހާ އެންމެންނަށްވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ވަނީ ބުނެފައެވެ.

އެމެރިކާގައި މިހާތަނަށް 321615 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު، ނިއުޔޯކުން މި ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 122031 މީހުންނެވެ. އަދި ބަލި ޖެހިގެން 4159 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ދުނިޔޭގެ ކޮންމެ ތާކު ބަލިފެތުރުނަސް އޭގެ އަސަރު އެހެން ޤައުމު ތަކަށް ވެސް ކުރާނެ މުޅިދުނިޔެ ހުޅުވި ގުޅުބާލެވިފައި މިއޮތީ. އަހަރެމެން މުސްލިމުން ދުޢާކުރުން އިތުރު ކުރަންވީ. އަހަރެންގެ ދަރިން ވެސް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ބޭނުމަށް. ޢިލްމު އުނގެނެއް ،ވަޒީފާއަށް އަދި ދިރިއުޅެނީ ގޮސްއެބައުޅޭ. ޔާﷲ އަޅަމެންގެ ރާއްޖޭއިން ނާއި މުޅި ދުނިޔެއިން ވެސް މިބަލިމަޑުކަން ފިއްވާނދޭވެ. އާމީން.

    74
    • ދާއިން

      ﷲއީމާންވިމީހުންފިޔަވާ ނުބައި އެމަރިކާ އިސްރާއީލު އަދި މުސްލިމުން މަރާ ޔޫރޮޕްގެ ގައުމުތަކުގައި ވީހާވެސް ގަދަޔަށް ތިބަލި ފަތުރުއްވަވާންދޭވެ.. އާމީން

      25
      27
      • ރަހީލް

        އެމީހުން ނެތި ކުރައްވާށި.. އަދި ދެކަކޫ ބިނުގައި ހާކައި ސަލާން ޖަހާ ހިސާބައް ނިކަމެތި ކުރައްވާށި. ޓުރަމްޕައަ މަތިމަތީން ކޮވިޑު ޖައްސަވާށި.

        20
        7
    • ހެޔޮކޮށް ވިސްނާ

      ފުރިހަމަ މުސްލިމުންނަ ކީ ތިމާގެ އަތާއި، ދުލުގެ ނުބައި ކަމުން، އެހެން މީހުން ސަލާމަތްވެގެން ވާ މުސްލިމުންނެވެ.

      23
  2. ހުދުހުދު

    ސުބުހާނައްﷲ ބާރު ގަދަ ކަމަށް ދައުވާ ކުރާ އެމެރިކާ ނުފެންނަ ވައިރަސް އަކާ ޖެހުނީމަ ކުޑަ ކަކޫ ޖެހިފަ. ﷲ ގެ ކުޅަދުންވަންތަ ކަން. ވިސްނާ ބަޔަކަށް އިބުރަތަކަށް ވާނެ. ވިހާ ވެސް ގިނަ ބަޔަކަށް ﷲގެ ކުޅަދުންވަންތަ ކަން ވިސްނި ތެދު މަގު ދައްކަވާދޭ އާމީން

    102
    2
  3. ޢަލިބެ

    ދުނިޔޭގެ އެންމެ ބާރުގަދަ އެންމެމޮޅު ޤައުމުގެ ޙާލަތު ކަމަކާޖެހުމުން މިވަނީ އިނދަޖެހިފައި. ﷲގެ ކުޅަދުންވަންތަކަމާއި އިންސާނުންގެ ނިކަމެތިކަން މިއޮއްދައްކަވަނީ.

    87
    2
  4. Anonymous

    ތިނިއުޔޯ ކު މީހުން އަމިއްލައަށް ކުރާ ކުމެއްތީ.ގެއިން ނުނި ކުންނާށޭ ބުނީމާވެސް އުޅެނީ ގެއިން ބޭރުގަ އަދި އެވެސް މާސް ކެއް އެއްޗެއްވެސް ނާޅާ.ދެން މަރުވާ މީހުންނާ ޕޮޒިޓިވްވާ މީހުން ގިނަވާ ވާހަ ކަ އެދައް ކަނީ

    23
    1
  5. މަރިޔަމް

    ތިނިއުޔޯ ކު މީހުން އަމިއްލައަށް ކުރާ ކުމެއްތީ.ގެއިން ނުނި ކުންނާށޭ ބުނީމާވެސް އުޅެނީ ގެއިން ބޭރުގަ އަދި އެވެސް މާސް ކެއް އެއްޗެއްވެސް ނާޅާ.ދެން މަރުވާ މީހުންނާ ޕޮޒިޓިވްވާ މީހުން ގިނަވާ ވާހަ ކަ އެދައް ކަނީ

    9
    2
  6. ނިއުޔޯކުން

    ތިޔަ ތަނަކީ ހެއްދެވި ފަރާތެއްވާކަމުގެ އިހްސާސް ނުވާ ބަޔަކު އުޅެމުން ދާ ތަނެއް. ދުނިޔޭގެ އުފަލާއި މަޖަލުގައި ވަގުތު ހޭދަކުރަމުންދަނީ އެއްވެސް ކަމަކާމެދު ވިސްނުމެއް ފިކުރުކުރުމެއް ނެތި. މީސްތަކުންނޭ! އިބްރަތް ހާސިލުކުރައްވާ!

    55
    1
  7. އަޔަމާ

    ޢަދިވެސް މި ޔަހޫދީ ޝައިތާނުންތައް މުސްލިމުންނަށް އަނިޔާކުރުމާ، އެއްކައުވަންތަ ﷲ އަށް އެކިގޮތްގޮތުން ގޮންޖެހުން ހުއްޓާލަން ހިތަށްވެސްނާރާ.

    52
    2
  8. ޝަދީދު

    ނިއުޔޯކު ހެވޭ ދުވަހަކު ސަލާމަތް ނުވިޔަސް.. ތި އެމެރިކާއަކީ ކިތައް ލައްކަ މުސްލިމުން މަރާފަ ތިބި ބަޔެއް. އަދި ކިހާ އަނިޔާވެރި ބަޔެއް. ދެވަނަ ބޮޑު ހަނގުރާމާގައި ޓޯކިޔޯގެ އާންމުންގެ ބޮލައް އަލިފާން ބޮން އަޅައި 1 ލައްކަ އާންމުން މަރާލި ބަޔެއް އެމެެރިކާ އަކީ. އިންޓަނެޓުން ކިޔާބަކަ ޓޯކިޔޯ ފަޔާ ބޮމްބިން ..

    20
    3
  9. ހަމީދާ

    ތި ނިއުޔޯކަކީ ވޯލްސުޓުރީޓު މީހުން އެއްވެގެން ސެކްސް ޕާޓީ ބާއްވާ އެއްޖިންސުން ގުޅުން ހިންގާ ތަނެއް.. ތިއީ ދުނިތެމަތީގެ ސަދޫމް.. ނިކަމެތީންގެ ލާރިކައިގެން ތިބެ ދުނިތެ ބަނޑައް ޖައްސާ ރިބާގެ ބޮޑު. މަރުކަޒު.

    18
    1
  10. ޝާހު

    އެމެރިކާގެ ހަރާން އޫރުތަކާއި އެއްޖިންސުން ގުޅުން ހިންގާ ލިވާތު ސޫފިތައް ނައްތަވާށި.

    19
    2
  11. ފެލިދޫ މުޙައްމަދު

    ލިބޭހައި ފައިސާއެއް މުސްލިމްޤައުމަުތަކާ ހަގުރާމަކުރުމަށާއި މުސްލިމުންޤައުމުތަށްބައިބައި ކުރުމަށް އަދިމުސްލިމުން މެރުމަށް ޚަރަދުކޮށްް ތިމާމެންގެ ސިއްޙީ ކަން ކަމަށް ނުބަހައްޓާ ބަޔަކު ތިމީހުން ނޫނީނޫޅޭނެ ފަލަސްތީނު މީހުން ނައްތާލަން އިޒްރޭލަށް ކުރާ ޚަރަދު މިސާލަކަށް ފުދޭނެ
    އެމެރިކާ ސަރުކާރަކީ ދެފަހަރަށް އިރާޤު ދަވާލި މީހުން

  12. Anonymous

    ޔާ ﷲ ޢިރާޤާ މުސްލިމުންގެ އެހެން ގައުމުތައް ސުންނާފަތިކޮށް މުސްލިމުން އިހާނެތިކޮށް ބިރުދައްކާ މެރި މީސްތަކުންނަށް ދުނިޔެ މަތީގައި އިނބަ އިލާހުގެ ޢަޒާބު ދައްކަވާނދޭވެ. އެބައިމީހުންގެ ހަލާކުވުމުން މުއުމިނުންގެ ލޯތަކަށް ފިނިކަން ލައްވާނދޭވެ

  13. ޑްރައިވަރ

    ކީއްވެތަ އެމްބިއުލާންސް ޑްރައިވަަރުން ގެ ވާހަކަ ނުދެއްކެނީ؟ 4ބުރި އިމާރާތުގެ މަތިން ބަލި މީހުން ކޮނޑަށް ލައިގެން ބާލަނީ އަހަރެމެން. ނަން ވާނީ ޑޮކްޓަރުންނާ ނަރުހުން