ބައެއް ފިލްމީ ތަރިން ކައިވެންޏަށް ފަހު ގެއްލެއެވެ. އެއްކޮށް ގެއްލެއެވެ. މައިގަނޑު ސަބަބެއް ކަމަށްވަނީ ފިރިމީހާ ގަބޫލުނުވުމެވެ. ނޫނީ އަނބިމީހާގެ ނުފޫޒު ގަދަކަމެވެ. ނޫނި އެ ދާއިރާގައި އުޅޭތީ ބައިވެރިޔާގެ ހިތައް އުނދަގޫވަނީއެވެ. މިގޮތަށް ފިލްމީ ދާެއިރާ ނުވަތަ އެކްޓް ކުރުން ދޫކޮށްލި ބައެއް ތަރިންނަށް ބަލާލާނަމެވެ.

ސަންގްރަމް ސިންގ

މިއީ ޔެ ހައި މޮހައްބަތެއިން އިން ފެނިގެން ދިޔަ ތަރިއެކެވެ. އޭނާ އެ ސީރިޒް ކުޅެން ފަށައި އެތައް ބައެއްގެ ސަމާލުކަން ހުއްޓުން ނަމަވެސް އެކްޓް ކުރުމުގެ ކެރިއާ އެއްކޮށް ހުއްޓާލިއެވެ. އޭނާ އެކްޓް ކުރުން ހުއްޓާލި އެންމެ ބޮޑު އެއް ސަބަބަކީ އަނބިމީހާއާއެކު ނޯވޭއަށް ދިރިއުޅުން ބަދަލު ކުރުމެވެ.

އެކްތާ ކައުލް

ރަމްސޭ ސޮހްނާ އިޝްކޭއިން ފެނިގެން ދިޔަ މަޝްހޫރުކަމެއް ހޯދި ތަރި އެކްތާވެސް މި ވަނީ އެކްޓް ކުރުމާއި އެއްކޮށް ދުރަށް ގޮސްފައެވެ. އެންމެ ފަހުން އޭނާ ފެނިގެން ދިޔައީ މެރެ އަނގެއި މެއިން ޝޯވއިންނެވެ. އެ ޝޯވ ދޫކޮށް އޭނާ ދިޔައީ ކައިވެންޏެއް ކުރަން ކަމަށް ބުނެއެވެ.

ސޮނާލީ ވެރްމާ

ޔެ ރިޝްތާ ކެޔާ ކެހެލާތާ ހޭއިން ގައި ގަޔާތްރީގެ ނަމުން މަޝްހޫރުވި ތަރި ސޮނާލީވެސް މި ވަނީ އެކްޓް ކުރުމާއި ދުރަށް ގޮސްފައެވެ. އަދި ކައިވެންޏަށްފަހު ވަނީ އިނގިރޭސިވިލާތަށް ބަދަލުވެފައެވެ.

މިހިކާ ވެރްމާ

ޔެ ހައި މޮހައްބަތޭއިން މިހިކާގެ ރޯލުން ފެނިގެން ދިޔަ މިހިކާވެސް އެކްޓް ކުރުމާއި ދުރަށް ދިޔައީ ކައިވެންޏެއްކޮށް އިނގިރޭސިވިލާތަށް ބަދަލުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސްލުހަސަން

    އެހެން ވީމަ އަސްލު ޓައިޓަލް ގަ އޮންނަން ވާނީ ޔޫރަޕަށްޓަކައި އެކްޓިން ކެރިއަރ ދޫކޮށްލި ތަރިންގެ ލިސްޓު