އިންޑިއާގެ ލޮކް ނަޔަކް ޖައިޕްރަކާޝް ހޮސްޕިޓަލްގައި ކަރަންޓިންކޮށްފައި ހުރި މީހަކު، ފިލަން ވެގެން، ހޮސްޕިޓަލްގެ އިމާރާތުން ފުންމާލައިފިއެވެ.

އުމުރުން 37 އަހަރުގެ ޝަރަފަތް އަލީ ނަމަކަށް ކިޔާ އެ މީހާ އެ ހޮސްޕިޓަލްގެ ތިން ވަނަ ފަންގިފިލާއިން ފުންމާލުމާއި ގުޅިގެން އޭނާގެ ފައި ބިންދައިގެން ގޮސްފައެވެ.

ފުލުހުން ބުނީ، އެ މީހާއަކީ ކޮވިޑް-19ގެ އަލާމާތްތައް ހުރެގެން ފަރުވާދެމުން އަންނަ މީހެއް ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިދިޔަ މާރިޗް މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ރޭ 11:30 ހާއިރު އޭނާ އެ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާއިން ފުންމާލިއިރު،އޭނާގެ ދެފައިވެސް ވަނީ ބިންދައިގެން ގޮސްފައެވެ.

ޝަރަފަތް އެ ހޮސްޕިޓަލުން ފިލަން އުޅުނީ ކިހިނެއް ވެގެންކަން ކަށަވަރެއް ނޫނެވެ.

ޝަރަފަތް މިހާރު ކޮވިޑް-19 ގެ ޓެސްޓުތައް ހަދާފައިވާއިރު، އޭނާގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.

ޑޮކްޓަރުން މިހާރު ޝަރަފަތް އަށް ދަނީ ފަރުވާދެމުންނެވެ. ޑޮކްޓަރުން ބުނަގޮތުގައި، އޭނާގެ ހާލު ސްޓޭބަލްއެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ މިހާރު އެ ގައުމު ފުރަބަންދު (ލޮކްޑައުން)ކޮށްފައެވެ. މިހާތަަނަށް އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ، 68 މީހުންނެވެ. އަދި އެ ގައުމުން 2902 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރުބަތު

    އޭނަ އެފުންމާލީ އެހެންމީހުންނަށް ބަލި ފަތުރަންވެގެން ބޭޑް އިންޑިއަން ޕީޕުލް

    10
  2. ޏަމްޏަމް

    މީ މޮޔައެއްތަ! ދެން އިނގެންވާނެ އެންނު މަތިން ފުންމާލައިފި ނަމަ ގެއްލުންވާނެ ކަން!

    7
    1