ޑެލްޓާ އެއާލައިންގެ މުވައްޒަފަކު ހިލޭ ދިން އާފަލެއްގެ ސަބަބުން އަންހެނަކު 500 ޑޮލަރު ދައްކަން ޖެހިއްޖެއެވެ.

އެ އަންހެން މީހާ 500 ޑޮލަރު ދައްކަން ޖެހުނީ އެމެރިކާގެ ކަސްޓަމްސްއަށެވެ، ކޮލޮރަޑޯއަށް ނިސްބަތްވާ ކްރިސްޓަލް ނަމަކަށް ކިޔާ އެ މީހާއަށް ޑެލްޓާ އެއާލައިންގެ މުވައްޒަފަކު އާފަލެއް ދިނީ އެ އެއާލައިނުން ދޭ ހިލޭ ކެއުމެއްގެ ގޮތުގައެވެ. އެއީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި އޭނާ ޕެރިހުން ދަތުރު ކުރަމުން ދަނިކޮށެވެ.

އޭނާ އެވަގުތު ކާން ބޭނުން ނުވާތީ އެ އާފަލު އޭނާ އެޅީ ދަބަސް ތެރެއަށެވެ. އަދި ފަހުން އެ އާފަލު މަތިން އޭނާ ހަނދާންވެސް ނެތުނެވެ. ނަމަވެސް ފަހުން ކަސްޓަމްސްގެ އޮފިޝަލަކު ވަނީ އޭނާގެ ދަބަސް ބަލައި އޭގެން އާފަލު ނަގާފައެވެ.

"އޭނާ އަހަރެން ކައިރިން އެހީ އަހަރެން ފްރާންސްއަށް ކުރި ދަތުރު އަގުބޮޑުހޭ. އަހަރެން އާނއެކޭ ބުނިން. އަހަންނަށް ރަނގަޅެއް ނޭގުން އޭނާ އެގޮތައް އެހީ ކީއްވެކަމެއް. އޭނާ ބުނީ އަނެއްކާ އެއަށްވުރެ އަގުބޮޑުވާންށޭ މިއުޅެނީ. ކިޔާފައި އެ އާފަލު ގެނައުމުން 500 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ބުނީ". ކްރިސްޓަލް ބުންޏެވެ.

އޭނާ ބުނީ، އެ އާފަލުގެ މައްސަލާގެ ބޮޑު ކުށެއް ކުރި މީހެއްްކަމަށް ހަދައިގެން 500 ޑޮލަރު ދައްކަން ޖެހުނީތީ ހައިރާންވާކަމަށެވެ. އޭނާ ބުނީ، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެނޭދޯ

    ތަމެން ފެގް ނުބޮއި އާފަލުކައި ބަލަ ބަދާ ހެޔޮ ނުވާނެއޭ..