ހޯމަ ދުވަސް:

ބަލީގެ ބައެއް އަލާމާތްތައް އަހަރެންގެ ގައިން އަހަންނަށް އެބަ ފެނެއެވެ. ނަމަވެސް ޓެސްޓު ކުރަން ޖެހޭހާ ގޯހެއް ނޫނެވެ. އަދި މަސައްކަތް ނުކުރެވޭހާވެސް ގޯހެއް ނޫނެވެ. ޓެސްޓު ހަދަން ބޭނުން ނަމަ ދާން ޖެހެނީ ލަންޑަނުގެ އަނެއް ފަރާތުގައި ހުންނަ ސެންޓަރަކަށެވެ. އަހަރެންގެ އަތުގައި ކާރެއް ނޯވެ އެވެ. އެހެން ކަމުން ޓެސްޓު ކުރަން އެތަނަށް ދިއުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ.

އެހެން ކަމުން ރޭލުގައި ދަތުރުކޮށް އަހަރެން މަސައްކަތް ކުރާ ހޮސްޕިޓަލަށް ދިޔައީމެވެ. ހޮސްޕިޓަލަށް ވަތް ތަނާހެން އަހަންނަށް އިހުސާސްވީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަހަރެން ފަރުވާ ދެމުންދިޔަ ގިނަ އަދަދެއްގެ ބަލި މީހުން މަރުވެފައިވާ ކަމެވެ. އެމީހުން ހޮސްޕިޓަލަށް އައި އިރު އެމީހުންގެ ހާލުވެސް ރަނގަޅެވެ. އަދި ހޮސްޕިޓަލުގެ ތެރޭގައި އެކި މީހުންނާ ވާހަކަވެސް ދައްކާ ހަދާފައިވެއެވެ. އޭރު އެ އެންމެންވެސް ހަމަ ދުޅަހެވެވެ.

އެމީހުންނަކީ ފަރުވާ ހޯދުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލަން ޖެހޭ ބައެއްކަން އޭރު އަހަންނަށް ގަބޫލު ކުރެވުނީ އޭރު އެމީހުންގެ ކިބައިން މާބޮޑު ބަލިކަމެއް ފެންނާކަށް ނެތުމުންނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެމީހުންނަށް ކޮރޯނާ ވައިރަސް ޖެހުނީ ހޮސްޕިޓަލްގެ ތެރެއިންނެވެ. ހިތާމަކުރަނީ އެމީހުން މިއަދު މަރާ ހަނގުރާމަ ކުރާތީ އެވެ. އެކަނިމާއެކަނި ބަލީގައި ނިމިގެންދާއިރު އާއިލާ މީހަކަށްވެސް އެމީހުނަށް ޒިޔާރަތް ކުރުމުގެ ހުއްދައެއް ނެތެވެ. ބަލީގެ ބިރުވެރިކަމުންނެވެ.

އަހަންނަށް މިއަދު ޖެހުނީ އުމުރުން 70ގެ އަހަރުތައް ގުނަމުންދާ އަންހެނެއްގެ އާއިލާއަށް ގުޅުމަށެވެ. އެއީ އެމީހާގެ ހާލު ދެރަވެ ވެންޓިލޭޓަރަކާ ގުޅާކަން އާއިލާއަށް އެންގުމަށެވެ. އާއިލާއަށް ގުޅަން އެ އަންހެން މީހާ ދީފައި އޮތީ އޭނާގެ ފިރިމީހާގެ ނަމްބަރު ކަމުން އެ ނަމްބަރަށް ގުޅައިފީމެވެ. ހައިރާންކަމާއި ހާސްކަމާއެކު ފޯނު ނެގުމުން ވެގެން އުޅޭ ގޮތް އަހަރެއް އެމީހާއަށް ކިޔައިދީފީމެވެ.

"އަހަރެމެން ދެމަފިރިންގެ ކައިވެންޏަށް 50 އަހަރު މިއަހަރުގެ ސެޕްޓެމްބަރު މަހު ފުރޭނެ،" މިއީ އެ މީހާ ދިން ޖަވާބެވެ. މާ ގިނަ ބަލި މީހުން ތިބުމުން އަހަރެން އެމީހާއަށް އެންގީ އެންމެ ފަހުގެ އަލްވަދާއުވެސް ބުނެވެން ނެތް ކަމަށެވެ. އެމީހާގެ ހިތް ކުދިކުދި ވި ކަން އަހަންނަށް އިހުސާސް ކުރެވުނެވެ. އަދި އެ ހިނދުކޮޅު ތެރޭ ކުރި އަސަރުން އަހަރެންގެ ހިތްވެސް ވިރިގެން ދިޔަ ކަހަލަ އެވެ.

މިއީ މި ހޮސްޕިޓަލުގައި ތިބި އެންމެ ހާލު ދެރަ ބަލި މީހުންނެވެ. އެންމެނަށްވެސް ކޮރޯނާ ވައިރަސް ވަނީ ޖެހިފައެވެ.

މިހެން ހުއްޓާ މިއަދު ޑިއުޓީއަށް ނުކުންނަށް ތިބި ހަތަރު ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރަކު ބަލިވެގެން މިއަދު ސަލާމުގައި ހުރި ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ. އެ ޑޮކްޓަރަށްވެސް ބަލި ޖެހުނީ ކަމަށް ވެދާނެއެވެ.

ހަގީގަތަށް ބުނާ ނަމަ މި ބަލި ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ގިނަވުމުން އަހަރެއް ހައިރާން ނުވަމެވެ. ނަމަވެސް ކިތަންމެހާވެސް ދެރަވެއެވެ. ބަލި މީހުންނަށް ބޭނުންވާ ވަރަށް ވެންޓިލޭޓަރުތަކާއި އެހެނިހެން މުހިއްމު ސާމާނުތައް ލިބޭކަށް ނެތެވެ. ހުރި މިންވަރަކުން މިދަނީ ފަރުވާ ދެމުންނެވެ. ބަލި ޖެހޭ މީހުން އަވަހަށް ރަނގަޅު ނުވާ ނަމަ އެމީހުންގެ ފަރުވާއަށް ހުރަސް އެޅެ އެވެ.

ސަރުކާރުގެ ފަރާތުންވެސް އަދި ވަކި އެއްޗެއް ނާންގައެވެ. ގައިޑްލައިނެެއް ހެދިފައި އަދި ނެތެވެ. އެހެން ކަމުން އަހަރުމެން ޖެހެނީ ބައެއް މީހުންނަށް ފަރުވާ ނުދީ ދޫކޮށްލާށެވެ. އެގޮތުން ބަލި މީހުންގެ ހާލަތާމެދު ގޮތެއް ނިންމުމަށް އަހަރެމެންގެ އަތުގައި ގަނޑެއް އޮވެއެވެ. އެގަނޑުގައި ވަނީ ބަލި މީހާގެ ހާލަތު ދަނެގަންނަން ބަލަން ޖެހޭ ބައެއް ކަންކަމެވެ. އެކަންކަމުގެ ތެރެއިން އެމީހެއްގެ ހާލަތާ ދިމާވާ ގޮޅީގައި ހެޔޮ ފާހަގަ ޖަހަން ޖެހެއެވެ. އެގޮތުން އެންމެ ގިނަ ހެޔޮ ފާހަކަ ޖެހިފައިވާ މީހުންނަކީ އެއީ ފަރުވާ ދިނުމަށް ނިންމާ ބަލި މީހުންނެވެ. އެހެން މީހުންނަށް އަޅާލެވޭނެހާ އާލާތްތަކެއް ނެތެވެ. އެހެން ކަމުން އެމީހުން މަރުވާން ދޫކޮށްލުން ނޫން ކަމެއް ކުރެވޭކަށް ނެތެވެ.

އަހަރެންގެ ހަޔާތުގައިވެސް މިފަދަ ކަމެއް މިކުރަނީ އަލަށެވެ. މެޑިކަލް ދާއިރާއިން ކިޔަވައިދިން އިރު އަބަދުވެސް ކިޔައިދިނީ ބަލި މީހުންނަށް އަޅާލުމާއި ލޯބި ދިނުމަށެވެ. ނަމަވެސް މިހާރު ލިބެން ހުރި ވަސީލަތްތަކަށް ބިނާކޮށް މަޖުބޫރު ވަނީ އެއްބަޔަކު މަރަށް ދޫކޮށްލުމަށެވެ. މިއީ ކިތަންމެހާވެސް ބޮޑު ޖަރީމާއެކެވެ. ނަމަވެސް ތިބި ބަލި މީހުންގެ އަދަދަށް ބަލާފައި ޖެހެނީ ކޮންމެވެސް އެއް ބަޔަކު މިހެން ދޫކޮށްލުމަށެވެ. މިއީ ކޮންމެ ދުވަހަކުވެސް އަހަރެމެން ކުރަން ޖެހޭ މުހިއްމު އެއް ކަމެވެ.

*މިއީ ލަންޑަނުގެ ޑޮކްޓަރަކު އޭނާގެ ޑައިރީގައި ދުވަހުގެ ކަންކަން ލިޔެފައިވާ ގޮތެވެ. މިއީ ޑެއިލީމެއިލްގައި ޝާއިއުކޮށްފައިވާ ލިއުމުގައި ވާ ގޮތެވެ.*

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ހައްވަ

  އިންނާލިއްލާހި ވައިންނާއިލެއިހިރާޖިއޫން

  31
 2. ހައްވައްތަ

  މަހީކުރީ ހައްވައްތަވެސް މިހާރު ނަށާ ގުރޫޕެއްގެ މަސައްކަތަށް ގޮސްހުސްވީކަމަށް

  1
  6