ޑާކް ރެއިން އެންޓަޓައިންމަންޓް އިން ކުރިއަށް ގެނެސްދެން އޮތް ޕީރިއަޑް ޑްރާމާ ފިލްމު "ރެހެންދި ހަދީޖާ" ގެ "ތަހުތުގެ ރަން ތާޖު" އެޅުވޭ ވަރުގެ ދިވެހި ފަންނާނެއް މިވަގުތު ދިވެހި ފިލްމު އިންޑަސްޓްރީގައި އެބަ ހުރިހެއްޔެވެ؟

ރެހެންދި ހަދީޖާގެ ނަން ދިވެހި ތާރީހީ ސަފުތަކުގައި ލިޔެވިފައިވަނީ ތަހުތަށްޓަކައި ދެފިރިކަލުން އަދި ބޭބޭފުޅެއް ގަތުލުކޮށްލެއްވި ރަނިކަމަނާއެއްގެ ގޮތުގަ އެވެ. އެކަމަނާއަކީ ރާއްޖޭގެ ހަމައެކަނި ރާނީގެ ޝަރަފު ލިބިވަޑައިގެންނެވި އަދި އަނިޔާވެރިއެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، މި ވާހަކަތައް ތެދު ކުރެވޭ ވަރުގެ ހެކިތަކެއް ނެތެވެ. ރެހެންދި ހަދީޖާއާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ބަލާނަމަ އެއީ ދިވެހި ތާރީހުގައިވެސް މިހާތަނަށް ދުއް އެއްމެ ވަރުގަދަ އަދި ނުފޫޒުގަދަ އެއް ޝަހުސިއްޔަތެވެ.

މިހާރު ޑާކް ރެއިން އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ މީގެ ކުރިން ނުގެނެސްދެވޭ ވައްތަރެއްގެ މި ފިލްމަކީ ދިވެހި ތާރީހީ ގިނަ ވާހަކަތަކެއް އަދި މަންޒަރުތަކެއް ފެނިގެންދާނެ ފިލްމެކެވެ.

ސުވާލަކީ މިފަދަ ޝަހުސިއްޔަތަކަށް މަންޒަރުތައް ކުޅެވޭނެ އަދި ބެލުންތެރިންއަށް ކަމުދާނެ އަންހެން ފަންނާނަކު ރާއްޖެގެ ފިލްމީ ދާއިރާގައި އެބަހުރިތޯއެވެ؟

މިފަދަ ރޯލަކުން ރާއްޖޭގެ މިވަގުތު އެންމެ ކާމިޔާބު އަދި މަޝްހޫރު ތަރިންގެ ތެރެއިން މަރިޔަމް އައްޒަ، ނުޒުހަތު ޝުއައިބު، ޝީލާ ނަޖީބު، ނުވަތަ އައިޝަތު ރިޝްމީ އަށް ރެހެންދި ހަދީޖާގެ ރޯލު ތިބޭފުޅުން ދޭނީ ކާކަށް ހެއްޔެވެ؟ އެ ފަންނާނަކަށް މިފަދަ ވަރުގަދަ ސަހުސިއްޔަތެއްގެ ރޯލު ކުޅެވިދާނެކަމަށް ގަބޫލުކުރެވެނީ ކީއްވެ ހެއްޔެވެ؟ ނުވަތަ އާ އެކްޓަރެއް ފުރުސަތު ދިނުން ކިހިނެއްވާނެ ހެއްޔެވެ؟

މި ފިލްމު އުފެއްދުމަށް ބޭނުންވާ ދިރާސާތައް ކޮށް މިހާރު ނިމިފައިވާ ކަމަށާއި ސްކްރީންޕްލޭ ލިޔަން ތައްޔާރުވަމުން އަންނަ ކަމަށް ޑާކްރެއިން އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. މި ފިލްމުގެ ސްކުރީންޕްލޭގެ މަސައްކަތްކުރަނީ އައިޝަތު ފުއާދު ތައުފީގާއި އަހްމަދު ތޮލާލް އެވެ. އެހެންކަމަުން މި ޕްރޮޖެކްޓް ކާމިޔާބުކުރުމުގެ ބޮޑު ޒިންމާ އޮތީ، މި ދެ ސްކްރީންރައިޓަރުންގެ އަތް މަތީގައި ކަމަށްވެސް ޑާކް ރެއިން އިން ވަނީ ބުނެފައެވެ.

މިފަދަ ތަފާތު ފިލްމެއް ރާއްޖެއިން އުފެއްދުމަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް ބޮޑު ކާމިޔާބެއް އަދި ދިވެހި ފިލްމު އިންޑަސްޓްރީ ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ ފުރުސަތެކެވެ. ޑާކް ރެއިން އެންޓަޓެއިންމަންޓް އަކީ އަބަދުވެސް ތަފާތު އަދި ބެލުންތެރިން ގަޔާވާ ފިލްމުތަކެއް ގެނެސްދެމުން އަންނަ ބައެކެވެ.

މިހާރު ގިނަ ބަޔަކު ކެތްމަދުވެފައި ތިބީ ރެހެންދި ހަދީޖާގެ "ތަހުތުގެ ރަން ތާޖު" ޑާކް ރެއިން އިން އަޅުވާނީ ކޮން ފަންނާނެއްގެ ބޮލުގައިތޯ ބަލާލުމަށެވެ. ނަމަވެސް ޑާކް ރެއިން ކުޑަ ކުޑަ އިންތިޒާރުކޮށްލުމަކަށް ދިޔުމަށް ވަނީ އެދިފައެވެ. މި ފިލްމަކީ އަހުމަދު ޝިނާން ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބިސް

    ތިތާކު ނެތް އެވަރުގެ ޝަހުސިއްޔަތެއް ހުރި ފަންނާނެއް. ރެހެންދި ޚަދީޖާ ޕޯޓްރެއި ކުރަން ތަންކޮޅެއް ވަރުގަދަ ޝަހުސިއްޔަތެއް ބޭނުންވާނީ. މިހާރު މިއުޅޭ ފަންނާނުން ތަންކޮޅެއް ސޮފްޓް ކޮއް ފެންނަނީ

  2. ނތަންލލލލ

    ތަނއކޮޅެއް ދޮށީ މީހަކު ފެންނަން ވާނީ
    ޝަކީލާ ރަނގަޅު ވާނެހެން ހީވަނީ. ސަހުސިއްޔަތު ދައްކަންވާނެ

    4
    1
  3. މުނީ

    ތާޖު އަޅާނީ އިރުފާނާ

    2
    6
    • Anonymous

      އިރުޕާނާ އޭ ކާކު؟

  4. ޕަރީ

    ނޯޓީ40 ގައި ޖިމީގެ މަންމަގެ ބައި ކުޅެފައި އިން މިހާ ވަރަށް ފައްކާވާނެ ތި މަގާމަށް.

  5. އެމަންޖެ

    މާރިޔާ ތި ކަމަށް އެއްމެ ރަންގަޅުވާނީ.