އިންޑިއާގައި ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަންހެނަކު ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އިތުރަށް އުޅެން ބޭނުންވެގެން އޭޕްރިލް ފަސް ވަނަ ދުވަހު ބާއްވަން ތާވަލު ކުރި ކައިވެނި ފަސްކޮށްފިއެވެ.

އޭނާ ދަނީ ވަޒީފާގެ ބޭނުމުގައި އަމިއްލަ އަވަށް ދޫ ކުރުމަށްފަހު އެހެން ތަންތަނަށް ބަދަލުވެގެން އުޅެނިކޮށް ކޮވިޑް-19 އާ ހެދި ހާލުގައި ޖެހުނު މަސައްކަތްތެރިންގެ ހާއްސަ ކޭމްޕުގެ ކަންކަން ބަލަހައްޓަމަމުންނެވެ.

ޝާހިދާ ޕްރަވީން ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ރިޝިކޭޝްގެ މުނި ކި ރެޓީ ޕޮލިސް ސްޓޭޝަންގައި ސަމް އިންސްޕެކްޓަރެއްގެ ވަޒީފާ އަދާ ކުރަމުންދާ ފުލުހެކެވެ،

އޭނާ އެތަނުގައި ޑިއުޓީ އަދާ ކުރަމުން ކައިވެނީގެ ކަންތަކާއި ނޫޅެވިދާނެތީ އޭނާ ބޮޑަށް އިސްކަން ދިނީ އެ މަސައްކަތްތެރިންގެ ހައްގުގައި އެ މީހުންގެ ކަންކަން ބަލަހައްޓަން މަޑު ކުރާށެވެ. އޭނާ ބުނީ، އޭނާގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ދެމި ހުންނާނެ ކަމަށެވެ.

ޕަރްވީން ބުނީ، އެ ނިންްމުމަށް ވާން އުޅުނު ފިރިމީހާވެސް މަރުހަބާ ކި ކަމަށެވެ. އަދި ކަންކަންހަމައަކަށް އެޅުމުން ދެ މީހުންގެ ކައިވެނި ކުރިއަށްދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޕަރްވީންގެ އެ ނިންމުމަށް ގިނަބައެެއްގެ ތައުރީފް އޭނާއަށް ދަނީ ލިބެމުންނެވެ. އެގޮތުން ޑީޖީ ލޯ އެންޑް އޯޑަރު އާޝޯކް ކުމްރާ، ޕަރްވީންގެ އެ ނިންމުމަށް މުޅި ދުއްތަޚާންދު ފުލުހުން ފަހުރުވެރިވާ ކަމަށެވެ.