ފިލްމުގެ އެކްޓިންއަށް ތައުރީފް ކުރާގޮތަށް، ބެލުންތެރިން ކިޔާ ފާޑުކިޔުންތައްވެސް ބަލައިގަންނާނެ ކަމަށާއި އަރުޖޫން ކަޕޫރްގެ ފަރާތުންވެސް ފާޑުކިޔުން ލިބޭކަމަށް، ދާދިފަހުން ބޮލީވުޑްގައި އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ފިލްމު "އޮކްޓޫބާރ" ގެ ލީޑް އެކްޓަރު ވަރުން ދަވަން ބުނެފިއެވެ.

"އޮކްޓޫބާރ" އިން ލިބުނު ކާމިޔާބީ އާއި މެދު ފަޚްރުވެރިވާ ކަމަށާއި ފޭނުންގެ ފަރާތުން ލިބޭ ކޮމެންޓްތަކުގެ ސަބަބުން އުފާވާ ކަމަށްވެސް ވަރުން ވަނީ ބުނެފައެވެ.

"ފާޑުކިޔުންތަކަށްވެސް އަހަރެން ހަމަ މަރުހަބާ ކިޔަން. ނެގެޓިވް ކޮމެންޓްސް އައުމަކީ މައްސަލައެއް ނޫން. އާންމުގޮތެއްގައި އަހަރެންގެ މަސައްކަތަށް ފާޑުކިޔާނީ އަހަރެންގެ އާއިލާއާއި ރައްޓެހިންނާއި ގާތްމީހުން. އޭގެތެރެއިންވެސް އަރުޖޫން ފާހަގަކޮށްލަން. ކިރިޔާވެސް ފުރުސަތެއް ލިބިއްޖެއްޔާ އޭނާ އަހަރެންގެ މަސައްކަތަށް ފާޑުކިޔާނެ" ވަރުން ބުނެފައިވެއެވެ.

ވަރުން އިތުރަށް ބުނީ އޭނާ މި ކެރިއާ ޚިޔާރު ކުރުމުގެ ކުރިންވެސް ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމާއިމެދު ވަރަށް ވިސްނިން ކަމަށާއި އެއީ އެއްވެސް ހާލެއްގައި ކަމެއް ކުރުމަށް ފަސްޖެހެންވީ ސަބަބެއް ނޫން ކަމަށެވެ. އަދި މީހުންގެ ފާޑުކިޔުންތައް އެ ގޮތަށް ލިބުމުން ކުރިއަށް ދާން ހިތްވަރު ލިބޭ ކަމަށާއި ރަނގަޅު ކޮށްލަން ވީ ކަންތައްތައް ވެސް އެނގިގެންދާ ކަމަށެވެ.

މިވަގުތު ވަރުން ދަނީ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން "ސުއި ދާގާ" އަދި "ކަލަންކް" ގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެ ނިމުނީ

  2. ނިމުނީތަ