ކަންނަޑާ ފިލްމް އިންޑަސްޓްރީއަށް މިއަދު ވެގެން މިއީ ހިތާމަވެރި ދުވަހެކެވެ. އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ މަޝްހޫރު ކޮމޭޑިއަން މިއަދު މަރުވެގެން ދިޔައީ ފުރަމޭގައި އިންފެކްޝަން ހެދިގެން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ މަރުވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މަރުވީ ފުރަމޭ ފެއިލްވެ، ވެންޓިލޭޓަރުގެ ފަެުވާދެމުންދަނިކޮށް ކަމަށް ވެއެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާގޮތުން އޭނާ މަރުވުމުގެ ފަސް މަސް ކުރިން ފަށައިގެން ވަރަށް ބޮޑަށް ބަރުދަން ދަށަށް ދާން ފެށިއެވެ. އެގޮތުން އޭނާގެ ބަރުދަނުން 35 ކިލޯ ލުއިވި ކަމަށް ވެއެވެ.
ބުލެޓް ޕްރަކާޝް ވަނީ 300 އަށްވުރެ ގިނަ ފިލްމް ކުޅެފައެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ އޮންނަނީ އޭނާގެ ބޮޑީ ލެންގުއޭޖް ގެންގުޅޭ ގޮތުންނެވެ. އޭނާ ފުރަތަަމަ ފިލްމީ ދާއިރާއިން ފެނިފައި ވަނީ ފިލްމް ދްރުވާ އިންނެވެ. އޭގެ ފަހުން ކަންނަޑާގެ 325 ފިލްމަކުން އޭނާ ފެނިގެން ދިޔައިރު، ޓަމިލް ފިލްމްތަކުންނައި، އެހެން ބަސް ބަހުގެ ފިލްމްތަކުންވެސް އޭނާ ފެނިގެންގޮސްފައި ވެއެވެ.
އޭނާއަށް ބުލެޓް ނަމުން ނަން ދީފައި ވަނީ ސައިކަލުގެ ސަބަބުން ކަމަށް ވެއެވެ.