މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކެއް ވަނީ ފުރަބަންދުކޮށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ. އެގޮތުން ގޭގައި ތިބެގެން ފޫހިވުމުގެ ބަދަލުގައި ކުރެވިދާނެ ކަންކަން މަދެއް ނޫނެވެ.

ވަގުތު ނުވެގެން ނުކުރެވިފައި ހުރި ކަންތައްތައް އެބަހުރި ހެއްޔެވެ؟ ހުރި ނަމަ އަވަހަށް ލިސްޓެއް ތައްޔާރުކޮށްލާށެވެ. މިގޮތުން ކަރަންޓީނުގައި ގޭގައި ކުރެވިދާނެ ކަންތަކުގެ ތެރޭގައި:

  1. ކަސްރަތުކުރުން:

ފުރިހަމަ ރަނގަޅު ސިއްހަތެއްގައި ހުރުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. ގިނަ ބަޔަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާގެ ބުރަކަމުން ސިއްހަތަށް މާބޮޑު ސަމާލުކަމެއް ނެދުވުމުމެވެ. އެގޮތުން މިހާރު އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އެބަޖެހެއެވެ. އާއިލާާ އެކު ގޭތެރޭގައި ކަސްތަރުކޮށް ސިއްހަތަށް ރަނގަޅު ކެއުންތައް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. ގޭގައި އަބަދު ތިބެންޖެހުމަކީ މީހާ ވަރަށް އަވަހަށް ފޫހިކޮށްލާ އަދި ބަނޑުހައިކޮށްލާ ކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ގޭގައި ތިބެގެން ހަށިގަނޑަށް ގެއްލުންވާފަދަ އެއްޗެހި ކެއުމުގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި އެއްޗެއް ތައްޔާރުކޮށްގެން ކާލާށެވެ.

2. އާއިލާއެކު ވަގުތު ހޭދަކުރުން:

އެންމެ ގިނައިން އިވެމުން އަންނަ އެއް ވާހަކައަކީ އާއިލާ އެކު ނުވަތަ ދަރިންނާ އެކު ވަގުތު ހޭދަކޮށް ނުލެވޭ ވާހަކައެވެެ. މިހާރު އެ ފުރުސަތު ވެސް މި ވަނީ ލިބިފައެވެ. ގޭގައި ތިބިގެން ކުދިނަށް އާ އެއްޗެހި ދަސްކޮށްދީ ފިލާވަޅު ހަދަން އެހީތެރިވެވިދާނެއެވެ. އެކުދިންގެ ޅަފުރާގެ ދުވަސްވަރު އެންމެ ބޮޑަށް ބޭނުންވަނީ ކުޅޭ އެއްޗެއްސަށް ވުރެ ބޮޑަށް މައިންބަފައިންގެ އަޅާލުމާއި ލޯތްބެވެ. ނަމަވެސް މަންމަ ދަރިފުޅު ވިހާފައި ހަ މަސް ފަހުން ވަޒީފާއަށް ނިކުތުމަށް ފަހު ގިނަ ފަހަރަށް ދަރިފުޅަށް މަންމަ ފެންނަނީ ނިދާ ވަގުތުއެވެ. ބައްޕަ ދުއްވަނީ އެއް މޭޒުން ކޮފީއެއް ބޮއެގެން ރައްޓެހިންނާ އެކު ހަވީރު ފިނި ބުރުޖަހާލުމަށެވެ.

3. ހުސްވަގުތުގައި ކުރާ ހިތްވާ ކަމެއް ކޮށްލުން:

ކޮންމެ މިހާކު ވެސް ހުސްވަގުތުގައި ކުރާ ހިތްވާ މަސައްކަތަކަށް ކުޑަ ވަގުތު ކޮޅެއް ހޭދަކޮށްލުން މުހިއްމެވެ. އެކި މީހުން ޝައުގުވެރިވަނީި އެކި ކަންކަމަށެވެ. އެގޮތުން ކަލިގްރަފީ މަސައްކަތްކުރާ ހިތްވާ މީހުންނާއި އެއްޗެއް ކުރަހާލާ އަދި ކައްކާ ހިތްވާ މީހުން އަމިއްލައަށް ރެސިޕީއެއް ތައްޔާރުކޮށްލައިގެން އެއްޗެއް ކައްކާލެވިދާނެއެވެ.

4. ފިލްމެއް ބަލާލުން:

މިހާރު ގިނަ ބަޔަކު ގޭގައި ތިބެގެން ހުސްވަތުގައި އަދި ނިދި ގުރުބާންކޮށްލާފައި ފިލްމެއް ނުވަތަ ސީރީޒް ބަލާނެއެވެ. އެގޮތުން ނެޓްފްލިކްސް އިން ބަލާލަން އެންމެ ކަމުދާ ފިލްމު ނުވަތަ ސީރީޒްގެ ލިސްޓެއް މިއޮތީއެވެ.

  • ފްރެންޑްސް
  • މަނީ ހެއިސްޓް
  • ޓޯއި ބޯއި
  • ދަ ބިގް ބޭންގް ތިއޮރީ
  • ޕީކީ ބުލެންޑާސް
  • ޔޫ
  • ޝީ
  • ޖޭ މަންމީ ދީ
  • ބޭބީ
  • ލޮކްޑް އަޕް

5. ޑަލްގޯނާ ކޮފީ ގެ ރަހަ ކޮންމެހެން ވެސް ބަލާލަން ވާނެ:

ގިނަ ބައެއްގެ މެދުގައި މިހާރު އެންމެ މަގުބޫލު ކަމެއް ހޯދާފައިވާ ޑަލްގޯނާ ކޮފީ އަކީ އޭގެ ރަހަ ނުބަލާ ދޫކޮށްލެވޭ ވަރު އެއްޗެއް ނޫނެވެ. ބަލާލަން ވެސް އެހާމެ ރީތި އަދި ހިތްގައިމު އަދި ރަހަވެސް އެހާ މީރު މި ކޮފީ ތައްޔާރު ކުރުމަށް ބޭނުންވަނީ ދެ މޭޒުމަތީ ސަމްސާ ކޮފީ، ދެ މޭޒުމަތީ ސަމްސާ ހަކުރު، އެއްތަށި ކިރާއި ކުޑަ ފެންފޮދެކެވެ. ތައްޓެއްގައި ކޮފީއާއެކު ހަކުރު އެއްކޮށް، އޭގެ ތެރެއަށް ދެ ސަމްސާ ހޫނު ފެން އެޅުމަށްފަހު ގިރާލާނީ އެވެ. ސަމްސަލަކުން ނޫނީ ހޭންޑް މިކްސަރެއް ވެސް މި ގިރާލުމަށް ބޭނުން ކުރެވިދާނެއެވެ. ކޮފީ ގިރާ ނިމޭއިރު ހުންނަންވާނީ ވިޕް ކްރީމް ހުންނަ ޓެކްސްޗާ އަކަށެވެ. އެއަށްފަހު ހޫނު ނުވަތަ ފިނި ކިރުތައްޓަކަށް ކޮފީ ފޮނުގަނޑު އަޅާނީއެވެ. ކޮފީ ނުބޯ ފަރާތްތަކުން މައިލޯ އިންވެސް މި ބުއިން ހަދާލެވިދާނެއެވެ.

މިކަންކަމުގެ އިތުރުން އަމިއްލަ އަދި ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަމަށް ހުރިހާ ފަރާތްތަކުންވެސް ބަލާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ ހިދުމަތްތެރިން ދެއްވާ އިރުޝާދުތަކަށް އަމަލުކުރައްވަންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާއްޖެތެރޭ މީހާ

    ތިޔަށްވުރެން މޮޅު ފަސްކަމެއް އަޅެ ނެތީތަ؟ ބޯހަލާކު! މުސްލިމުން ވިއްޔާ ދޯ؟

  2. އަހްމަދުބިންސައީދު

    1. ފަތިސްނަމާދު ކުރުން
    2. މެންދުރުނަމާދު ކުރުން
    3. އަސުރުނަމާދު ކުރުން
    4. މަޣްރިބުނަމާދު ކުރުން
    5. ޢިޝާނަމާދު ކުރުން
    މީގެ އިތުރުން ގިނަގިނައިން ޤުރްއާން ކިޔަވާ ދުޢާ ކުރުން
    މިކަންތައްތަކަކީ އެމީހަކަށް ސަވާބާ ދަރުމަ ލިބޭ އަދި މިބަލިން ރައްކާތެރި ވުމުގެ އެންމެ ބާރުގަދަ ވެކްސިން.
    މަތީގައިވާ ލިޔުމުގައި އެވާ ބައެއްކަންތައްތަކަކީ އެކަންކުރާ މީހަކަށް އެއްވެސް ފައިދާއެއް ސަވާބެއްނުލިބޭކަންތައް. ފިލްމު ބެލުމަކީ ސަވާބެއްނުލިބި އަޒާބަށްހުށަހޮޅިދާ ކަންތައްތައް.

    10
    • ...

      ރޮވިއްޖެ?

  3. ކކކކ

    ދީން ދސްކުރިއްޔާ ކީއް. ޢެހެންޏާ ބުނާނެ މަސައްކަތާ ހެދި ވަގުތު ނުވަނިއްޔޭ. ވަގުތު ވީމަ ތެޅެނީ ކުރާނެ އެހެން ކަންތައް ފެނޭތޯ