މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 އާއި އެކު އެތައް ގައުމެއް ފުރަބަންދުކޮށް ޒަރޫރީ ބޭނުންތަކުގައި ނޫންގޮތުގައި ބޭރަށް ނުކުތުން މަނާކުރުމުން އެތައް ގަޔަކު ތިބީ ގޭގައި ތާށިވެފައެވެ.

ދުވާލުގެ ގިނަ ވަގުތުތަކުގައި ބުރަކޮށް މަސައްކަތުގައި އުޅޭ މީހުންނަށް ގޭގައި ތިބުމަކީ އެހާ ފަސޭހަކަމަކަށް ނުވެއެވެ. ޚާއްސަކޮށް ދުވާލު ހަތަރުދަމު މަސައްކަތުގައި އުޅޭ މީހުންނަށް މިކަން ވަނީ ވަރަށް ބޮޑުވޭނަކަށެވެ.

މަސައްކަތެއް ނުކޮށް ގޭގައި ހުންނަންޖެހުމުން ފޫހިވުމަކީ އާއްމުގޮތެއްގައި އަވަދިނެތި އުޅޭ މީހުންނަށް ވަރަށް ފަސޭހައިން މެދުވެރިވާ ހާލަތެކެވެ.

މިގޮތަށް ގޭގައި ހުންނަން ޖެހުމުން ފޫހިވެ، ޖޯޖިއާގެ ހެއާސްޓައިލިސްޓަކު މިވަނީ ވަރަށް ތަފާތުކަމެއް ފަށާފައެވެ.

ހެއިޑީ ލީ އޮލޭ ނަމަކަށް ކިޔާ މި ހެއާ ސްޓައިލިސްޓް އޭނާ ކުރިން ދިރިއުޅުނު އެޓްލާންޓާ އާއި ތަންކޮޅެއް ދުރު ހިސާބެއްގައި ހުރި ކެބިން އަކަށް ބަދަލުވީ އިޖުތިމާއީ ގައިދުރުވުން ފަރިތަކުރުމަށާއި، ރައްކާތެރިކަމާއި އެކު އޭނާ ގެންގުޅޭ ކުއްތާތަކަށް ކުޅުމަށް ފުރުސަތު ދިނުމަށެވެ.

މިހެން ހުންނަ ހުރުމުގައި ފޫހި ފިލުވުމަށާ، އޭނާގެ ސްޓައިލްކުރުމުގެ ހުނަރު ތާޒާކުރުމަށްޓަކާ އޭނާ ކުރަން ފެށީ ވަރަށް ތަފާތު ކަމެކެވެ. އެއީ އޭނާގެ ލޯބިވެރިޔާގެ އިސްތަށިގަޑު އެކި ގޮތްގޮތަށް ސްޓައިލްކޮށް، އެކި ފަންނާނުންނާއި ވައްތަރުކޮށް އޭނާ ހެދުން އެޅުވުމަށް ފަހު ފޮޓޯ ނެގުމެވެ.

އެލީ ވަނީ މިހާތަނަށް އައި އިރު ސިޔާސީ ގޮތުން މަޝްހޫރު މީހުންނާއި، ފިލްމުތަކުން ފެންނަ މަޤްބޫލް ރޯލުތަކާއި އެއްގޮތަށް އަދި ބައެއް ލަވަކިޔުންތެރިންނާއި ފަންނާނުންނާއި އެއްގޮތަށް އޭނާގެ ލޯބިވެރިޔާގެ ބޮލުގެ އިސްތަށިގަނޑު ސްޓައިލްކުރުމަށް ފަހު ފޮޓޯ ނަގާ، އެ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

https://www.instagram.com/p/B-iWAgKpd28/

އެލީގެ މި ތަފާތު ހުނަރަށް އެތައް ބައެއްގެ ސަމާލުކަން ވަނީ މިހާތަނަށް އައި އިރު ލިބިފައެވެ.

ޖުމްލަ 2000 ވަރަކަށް ޕޯސްޓް ކޮށްފައިވާ އެލީ އަށް ވަނީ 3000 އަށް ވުރެ ގިނަ ފޮލޯވަރުން ވަނީ އިންސްޓަގްރާމްގައި ލިބިފައެވެ.

ކޮވިޑް 19 އާއި ގުޅިގެން އެތައް ބަޔަކު ދަނީ އެ މީހުންގެ ހުނަރު ދައްކާލަން ތަފާތުކަންކަން ކުރަމުންނެވެ. އަދި ތަފާތު އެކި ޗެލެންޖްތައް ވެސް ދަނީ ހުށަހަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚ

    ފިރިހެނުން އަންހެނުންނަށް ވެގެން އުޅުން މަނާވެގެން ވޭ.