މިއީ މުޅި ދުނިޔެއާއި މި ކުޑަކުޑަ ރާއްޖޭގައިވެސް ފެންނަމުންދާ، އެހެނަސް އެކަމާއި މެދު އަޅާނުލެވި ފިކުރުކޮށްނުލެވޭ ޢާންމު މަންޒަރެކެވެ. ކައިވެނިކޮށްގެން ތިބެ އަންހެނުން ނުވަތަ ފިރިހެނުންނާއި ލޯބީގެ ވާހަކަ ދައްކައި ފާޙިޝް ކަންކަމަށް އަރައިގަތުމަކީ ދީނުގައި އަދަބު ކަނޑައެޅިފައިވާ މުންކަރާތަކަށްވާއިރު، އެފަދަ ޢަމަލުތަކުން ބަރީޢަވެގަތުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ އިޚްތިޔާރެކެވެ.

މީހުނާއި ކައިވެނިކޮށްގެން ތިބޭ ފިރިހެނުންނަށް ނަޒަރު ހިންގާލާއިރު، އެފަދަ މީހުން ހިލޭ އަންހެނުންނާއި ސިއްރު ގުޅުން ބާއްވާ ވާހަކައަކީ ޢާންމުކޮށް އަޑުއިވޭ ވާހަކައެވެ. އަންހެނުންނާއި ފިރިހެނުންވެސް މިފަދަ ކަންކަމުގައި ޝާމިލުވެ އުޅޭއިރު، އެންމެ ގިނައިން މި ފާފައަށް އަރައިގަންނަ މަންޒަރު ފެންނަނީ ފިރިހެނުންނޭ ބުނެވިދާނެއެވެ.

ފިރިއެއްގެ ފަރާތުން އެފަދަ ހަޑި ހުތުރު މަންޒަރެއް ފެންނަ ހިނދު އެކަން މަނާ ކުރުމަށް އެންމެ އިސްވެ މަސައްކަތް ކުރަންޖެހޭ ފަރާތަކީ އޭނާގެ އަނބިމީހާއެވެ. މީސްމީޑިއާއިންނާއި އެފަދަ އެނޫންވެސް ވަސީލަތްތަކުން، ފިރިމީހާ ހިލޭ އަންހެނަކާއި ލޯބީގެ ވާހަކަ ދައްކާނަމަ އެންމެ ފުރަތަމަ މަސައްކަތް ކުރަންވާނީ އެކަމުން އޭނާ ސަލާމަތްކުރެވޭތޯއެވެ.

ހިލޭ އަންހެނަކާއި އެކު އެފަދަ ގާތް ރަހުމަތްތެރިކަމެއް ބާއްވައި ލޯބީގެ ވާހަކަ ދެއްކުމަކީ ޒިނޭއަށް މަގުފަހިވެދާނެ ކަމެއް ކަމަށް އިލްމުވެރިން އިޖުރާޢުވެއެވެ. ޒިނޭ އަކީ ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންގެ މައްޗަށް ޙަރާމްކުރައްވާފައިވާ ބޮޑެތިފާފަތަކުގެ ތެރެއިން ފާފައެކެވެ. އަދި ﷲ ތަޢާލާ ވަނީ ޒިނޭ އާއި ކައިރި ކުރުވަނިވި، އަދި އެއަށް ގޮވާލާ ހުރިހާ މަގެއް ޙަރާމްކުރައްވާފައެވެ. އެހެންކަމުން ޒިނޭއަށް މަގުފަހިވާ ކަންކަމުންވެސް ދުރުހެލިވެގަތުން މުޙިންމެވެ.

އިސްލާމްދީނުގައި ޙައްދު ޖަހަންޖެހޭ ޒިނޭގެ މިންވަރަކީ ފިރިހެންމީހާ ޚިތާނުކުރުމުން ޒަކަރުން ފާޅުވާ ހިސާބު އަންހެންމީހާގެ ފަރުޖުގެތެރެއަށް ވެއްން ކަމުގައި ވީނަމަވެސް، އަންހެނަކާއި ފިރިހެނަކާ ދެމެދު ހިންގޭ ބަދުއަޚުލާގީ ފާޙިޝް ކޮންމެ ޢަމަލަކީ ޒިނޭގެ ޢަމަލެކެވެ. މިޢަމަލުތަކަށް މަޖާޒީގޮތުން ޒިނޭއޭ ބުނެވެނީ އެއީ ޙަޤީޤީ ޒިނޭގެ ފެށުމަކަށްވެ އަދި އެކަމަށް މަގުފަހިކުރުވާތީއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކޮންމެ އާދަމުގެ ދަރިއަކަށްވެސް ޒިނޭއިން އޭނާއަށް މިންވަރެއް ލިޔުއްވާފައެވެ. އެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ފަހެ ލޮލުގެ ޒިނޭއަކީ ބެލުމެވެ. އަދި ދުލުގެ ޒިނޭއަކީ ވާހަކަ ދެއްކުމެވެ. އަދި ނަފްސު އެކަމަށް އެދި ދަހިވެތި ވެއެވެ. އަދި ލަދުވެތި ގުނަވަން އެކަން ތެދުކޮށް ދޮގުކުރެއެވެ."

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އެމެންނޭ

  ހިލޭ އަންހެނުންނާއި ލޯބީގެ ވާހަކަ އެންމެ ގިނައިން ދައްކަނީ އެއީ އެމްޑީޕީގެ ހަރުގޭގެ ބޮޑު އަށިމަތީގައި ކޮންމެ ރެއަކު އެމެންނޭ މަމެންގެ ވެރިކަން ވައްޓާލަންވީއޭ ކިޔައިގެން މީހުން އެތަނަށް އެއްކޮށްގެން އެެމެން ކުރާ ކަމަކީ އެއީ އޭ މަމެން ބުނަން ނެތީމު ދޯ.

 2. ފެނޭދޯ

  ކޮބާ ތަމެންނަަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

 3. ޓާޓާ

  ޓީޗަރުން މިކަމަށް އަރާ ހުރޭ. ޚާއްސަކޮށް ލޭޑީ ޓީޗަރސް.

 4. Anonymous

  ހުކުރު ދުވަހާ ގުޅުވާފައި ދީނީ ލިޔުމެއް..
  ބާކީ ހުރިހާ ދުވަހު ފާހިޝް ހަބަރުތައް