މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ރައިނޯއެއް މީހެއްގެ ފަހަތުން ދުވާ މަންޒަރެެވެ. އެ ވީޑިއޯ ޓްވިޓާގައި ހިއްސާކޮށްފައި ވަނީ ފޮރެސްޓް އޮފިސަރ ޕަރްވީން ކަސްވާންއެވެ. އޭނާ ހިއްސާ ކުރި އެ ވީޑީއޯއިން ފެންނަނީ ނޭޕަލްގެ މަގެއްގެ މެތިން ރައިނޯއެއް ދާ މަންޒަރެވެ.

ކޮވިޑް-19 އާ ގުޅިގެން އެ ގައުމުވެސް އޮތީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. އެ ގައުމުގެ ފުރަބަންދުގެ މުއްދަތު މިހާރު ވަނީ އޭޕްރިލް 15 އަށް އިތުރު ކޮށްފައެވެ. އެ ގައުމު ފުރަބަންދު ކުރުމާއެކު، އެންމެ ކާރުބާރު ބޮޑު މަގުތައް މިހާރު ވަނީ ހިމޭންކަން ވެރިވެފައެވެ. މަގު މަތިން ފެންނަނީ މަދު މީހެކެވެ. އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ނުދިއުމަށް ނަސޭހަތްތެރިވެފައެވެ.

މިހާރު މީސް މިޑިއާގެ ސަމާލުކަން ހުއްޓިފައިވާ އެ ވީޑިއޯގައި ރައިނޯއެއް މަގުމަތި ބަލަހައްޓަމުންދާ މަންޒަރު ފެނެއެވެ. އެ ވީޑިއޯ ނަގާފައި ވަނީ ޗިޓްވަން ނޭޝަނަލް ޕާކު ސަރަހައްދުގައެވެ. އެ ޕާކުގައި ރައިނޯތަކާއި، އެހެން ބޮޑެތި ޖަނަވާރުތައް ވެސް އުޅެއެވެ.

އެ ވީޑިއޯގައި ރައިނޯ މަގުމަތީގައި ހިނގަމުންދާއިރު، ކައިރިން މަދު މީހުންތަކެއްވެެސް ފެނެއެވެ. އިރުކޮޅަކުން ދެން ފެންނަނީ މަގުމަތިން ހިނގާފައި ދިޔަ މީހަކާއި ދިމާލަށް ރައިނޯ ދުއްވައިގަންނަ މަންޒަރެވެ. އަދި އެ މީހާވެސް ބިރުން ދުއްވައިގަންނަ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.

އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވުމާއެކު އެތައް ބަޔަކު އެ ވީޑިއޯ ބަލާފައި ވެއެވެ.

https://twitter.com/ParveenKaswan/status/1247080976330551298?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1247080976330551298&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Frhino-takes-to-the-streets-chases-a-man-away-in-viral-video-2207399

ޕަރްވީން ވަނީ އެ ސަރަހައްދަކީ ރައިނޯ އެހާ ގިނައިން ފެންނަ ސަރަހައްދެއް ނޫން ކަމަށް ބުނެފައެވެ.

ފުރަބަންދުގެ ވަގުތު ގޭގައިމަޑުން ނުތިބޭ މީހުން ބިރުގަންނަވާލަން މިފަދަ ކަމެއް ކުރުމަށް ގިނަބަޔަކު މީސް މީޑިއާގައި ހިޔާލު ދެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަބުރު?

    މިފަދަ ޖަނަވާރުތަށް ވެސް މާރސްކް އަޅަންޖެހޭ ބަލަ އިހަށް ދުވަހަކު ނޫންތަ އަޑުއިވުނީ އަހަކަށް ކޮވިޑް ޖެހިގެން އުޅުނު ވާހަކަ ކޮވިޑްކޮރޯނާ ކޮރޯނާކޮވިޑް ދާންއުޅޭ

    9
    1