ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ނިއުޒިލޭންޑްގައި ފުރަބަންދު (ލޮކްޑައުން) އިއުލާނު ކޮށްފައިވަނިކޮށް ބޭރަށް ދިޔަ އެގައުމުގެ ހެލްތް މިނިސްޓަރުގެ މަގާމު ދަށް ކޮށްފިއެވެ.

އެގައުމުގެ ހެލްތް މިނިސްޓަރު، ޑޭވިޑް ކްލާކްގެ މަގާމު ދަށް ކޮށްފައިވަނީ އެގައުމުގެ ބޮޑު ވަޒީރު، ޖަކިންޑާ އާޑެންއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކްލާކްގެ މަގާމު ދަށް ކޮށްފައިވަނީ ފުރަބަންދުގައި އޮއްވާ އޭނާ އާއިލާ އާއި އެކު މޫދަށް ގޮސްފައިވާތީއެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު ކަމުން ކްލާކް އިސްތިއުފާ ދެއްވަން އެޅުމުން އެކަމަށް އާޑެން ވަނީ އެއްބަސް ނުވެފައެވެ. އަދި އެގޮތަށް އެއްބަސް ވެފައިނުވަނީ އިސްތިއުފާ ދެއްވައިފިނަމަ ނުރައްކާތެރި މިދަނޑިވަޅުގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް އުނދަގޫވެގެން ދާނެ ކަމަށް ބެލެވޭތީ ކަމަށް އާޑެން ވަނީ ބުނެފައެވެ.

"އާންމު ގަވައިދުގެ ދަށުން ނަމަ، އަޅުގަނޑު އޭނާ މަގާމުން ވަކި ކުރީސް، އޭނާ ކުރީ ގޯސްކަމެއް. އެކަމާއި ގުޅިގެން ދައްކާނެ އިތުރު ވާހަކައެއް ނޯންނާނެ. އެއްވެސް ބަހަނާއެއް ނޯންނާނެ" އާޑެން ވިދާޅުވިއެވެ.

ކްލާކްގެ މަގާމު ދަށްކުރުމުގެ ގޮތުން އާޑެން ވަނީ ކެބިނެޓުގައި ކްލާކްގެ ދަރަޖަ ދަށް ކުރައްވައި އޭނާ އަދާ ކުރަމުން އަންނަ އެސޯސިއޭޓް ފައިނޭންސް މިނިސްޓަރުގެ މަގާމުގެ ބާރު ދަށް ކޮށްފައެވެ.

އޭނާގެ މަގާމު ދަށްކުރުމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުރަބަންދު އިއުލާނު ކޮށްފައިވަނިކޮށް އޭނާ އަށް ކުރެވުނީ "މޮޔަ" ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ނިއުޒިލޭންޑް މިހާތަނަށް 1،160 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން 54 މީހުންނަކީ ފާއިތުވި 24 ގަޑިއުރތެރޭ ފައްސިވި މީހުންނެވެ. އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް މަރުވެފައިވަނީ އެންމެ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަންބެ

    ސާބަހޭ ޖަސިންޑާ ކަމަނާގެހިއްވަރައް މިޤައުމުގަވަސް އެބައުޅޭ ތިހަންހަދަންޖެހޭބައެއް އެކަމަކު އެއީއަކީ މިބައްޔާގުޅިގެންނެއްނޫން އެކަމަކު އެމީންގެ މަޤާމްދައްކުރާކައް ނުކެރެ ބަދަލުގަދެނީ އިތުރުބާރު

  2. Anonymous

    ޖަސިންދާވަރެއްނެތް. މިކަމަނާއަށް އިސްލާމް ދީނުގެ ތެދުމަގު ދައްކަވާނދޭވެ އާމީން.