މިރޭގެ ހަނދު ފެނިގެންދާނީ އާދަޔާހިލާފަށް ބޮޑުވެފައި ރީތިކޮށް ކަމަށް ދުނިޔޭގެ އެކި ގައުމުތަކުގެ މޫސުމާބެހޭ އިދާރާތަކުން ބުނެފިއެވެ.

މިރޭގެ ސުޕަމޫން އަލިގަދަވެފައި ބޮޑުވާނެކަމަށް ލަފާކުރެވެނީ މިހާރު މި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ޖައްވު ސާފުވެފައިވުމާއި ގުޅިގެންނެވެ. މިއީ ކޮންމެ އަހަރެއްގެވެސް މާޗު މަހު އަންނަ ވޯމް މޫންއާ މެއި މަހު ފެންނަ ފުލާވާ މޫންގެ ދެމެދުން އަންނަ މޫންއެކެވެ.

މިރޭ މެންދަމު 3:35 ގައި މި ހަނދު ދުނިޔޭގެ އެކި ހިސާބުތަކަށް ފެންނާނެއެވެ. މި ހަނދަށް "ޕިންކް މޫން" އޭވެސް ކިޔާ އުޅެއެވެ. ނަމަވެސް އެއީ ހަނދު ފިޔާތޮށި ކުލައިގައި ފެންނާތީއެއް ނޫނެވެ. ޕިންކް މޫން އޭ މި ހަނދަށް ކިޔައި އުޅެނީ ބަހާރު މޫސުމުގައި އުތުރު އެމެރިކާގައި ފޮޅޭ ޕިންކް ނުވަތަ ފްލޮކްސް މަލާއި ގުޅުވައިގެންނެވެ.

މި ދުވަސް ވަރަކީ ހަނދު ބަލާލަން ވަރަށް ރަނގަޅު ދަނޑިވަޅެކެވެ. ޖައްވުގެ ވައި ސާފުވުމުގެ ސަބަބުން ކުރިއަށް ވުރެ ރީއްޗަށް ހަނދުގެ ހިތްގައިމުކަން ފެންނާނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިރޭ އުޑުމަތިން ވަރަށް ރީތިކޮށް އެތައް ހާސް ތަރިއެއް ވެސް ފެންނާނެއެވެ. އެގޮތުން ގައުމުތަކުގެ މޫސުމާއި ބެހޭ އިދާރާތަކާއި ހަވާލާދީ ބުނެފައިވަނީ މިރޭ 3000 އަށްވުރެ ގިނަ ތަރި ފެންނާނެ ކަމަށެވެ.

ނަމަވެސް މި ހުރިހާ ތަރިތަކަށް ވުރެ ބޮޑަށް އިންސާނުން ސަމާލުކަން ދޭނީ ހަނދަށެވެ. ހަނދަކީ ލޯބިވެރިން އެކަކު އަނެކަކުގެ ރީތީގެ ނުވަތަ ލޯބީގެ މިސާލު ނަގާ އުޅޭ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަނީޒާ

    ޕީޕީއެމް ހަނދެއްތާ.. ރީނދޫ ހުންޖެހިފަތިބޭ މީހުން ހަނދުބޮޑުވާ ވަރަލައް މޮޔަވާންވެސް ފަށާފާނެ.

    17
    15
  2. ޙ

    ޤިޔާމަތް ކައިރިވެއްޖެ

    35
    3
  3. ޥިޑް

    ކޮވިޑް އާ ގުޅިގެން ޖައްވު ސާފުވި ގޮތަކާ މި ވިސްނަނީ

    12
    4
    • އެއްކަލަ ގޮލާ

      ޖައްވު ނުސާފުވަނީ އެކި ޒާތްޒާތުގެ ކާރުހާނާތަކާއި ދުއްވާ އުޅަނދުފަހަރުގެ ސަބަބުން އަރާ ދުމުގެ ސަބަބުން. ގޭގަ ތިބީމަ ނާރާނެއްނު ދޯ. ޖޮއިން ދަ ޑޮޓްސް.

  4. އިރެސިސްޓިބްލް

    މިހުންނަނީ ކިތަންމެ ބާރުގަދަ ކުރިއަރާފައިވާ ގައުމަކަށްވެސް ބާރުފޯރުވެވޭ ކަންކަމެއް ނޫން.

    14
    2
  5. Anonymous

    ހަނދާއި އެއްޗެއްސަށް މިއަންނަ ބަދަލުތަކަށް މިމީހުން ވިސްނާ ކުޅަދުންވަންތަ ﷲއަށް އީމާން ވާނެނަމަ ކޮންފަދަ.

    4
    1
    • ރީނދޫ

      ކުޅަދުންވަންތަ ކަން އެނގެނީ ހަނދަށް ފިޔާތޮށި ކުލައަރައި ވައިރަސް އެއް އައިސް ބަޔަކު މަރުވީމަތަ؟ ކަލޭ އުފަންވީ ގޮތަށް ވިސްނާލިޔަސް އެކަން އެނގެންވާނެއެއްނު؟