ކޮވިޑް-19 އާ ގުޅިގެން ޔޫއޭއީގެ ޓީޗަރަކު އޮންލައިންކޮށް ކްލާސްތައް ނަގަމުންދިޔަ ޓީޗަރަކު ކުއްލި ގޮތަަކަށް މަރުވެއްޖެއެވެ.

އޭނާ ދަރިވަރިންނަށް ކޮމްޕިޔުޓަރު މެދުވެރިކޮށް ކިޔަވާދެމުން ދަނިކޮށް މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

އަލް އައިންގެ އުމް ކުލްތުމް ސްކޫލްގެ ދަރިވަރުންނަށް ކިޔަވާދެމުންދާ އައިޝާ އީސާ އަލް އަމްރާހް މަރުވެފައި ވަނީ، މިދިޔަ ހޯމަ ދުވަހު ކްލާސް ކުރިއަށް ދަނިކޮށް ކުއްލިއަކަށް ހިތުން ހިނގުން ހުއްޓިގެންނެވެ.

އައިޝާ އަކީ އެ ސްކޫލްގެ ޑެކަންޑަރީ ކުދިންނަށް ކޮމްޕިޔުޓަރ ކިޔަވާދެމުންދިޔަ ޓީޗަރެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ ހަށިގަނޑު މިހާރު ވަނީ އަލް އާމިރާ ސެމެޓްރީގައި ވަޅުލާށެވެ.

އައިޝާ އަކީ ކިޔަވާދިނުމުގައި 20 އަހަރު ހޭދަކޮށްފައިވާ ޓީޗަރެކެވެ. އޭނާ މަރުވިއިރު، ދެެ ކުދިން ތިއްބެވެ.

އޭނާގެ ބޭބެ ބުނިގޮތުގައި، އައިޝާ މަރުވެފައި ވަނީ އޮންލައިންކޮށް ކުދިންނަށް ކިޔަވާދެމުން ދަނިކޮށް ހޯމަ ދުވަހުގެ ހެނދުނު 11:00 ޖެހި ހާއިރު ކަަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މަރުވި އެ މީހާއަކީ އެތައް ބަޔަކު ލޯބިވާ ޓީޗަރަކެވެ. އަދި ކިޔަވާދިނުމަށް މޮޅު ވަރަށް ރަނގަޅު ޓީޗަރެއް ކަަމަށް ވެއެވެ. އޭނާ މަރުވުމާއެކު، އެހެން ޓީޗަރުންވެސް ވަނީ އެކަމުގެ ހިތާމަ ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޭޑިއޭޝަން

    5ޖީ ގެ ސަބަބުން ކަމަށް ވެދާނެތޯ