ކޮވިޑް-19 އިން ރައްކާތެރިވެވޭނެ ކަމަށް ބުނެ ފައްޅިއަކުން ޑެޓޯލް ބޯންދިން 59 މީހަކު މަރުވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކެންޔާގެ ފައްޅިއެއްގައި ހުރި ފާދިރީއަކު ވަނީ އެތަނަށް ޖަމާވެފައިވާ ގިނަ އަދަދެއްގެ މީހުން ކައިރީ ޑެޓޯލް ބޭނުން ކޮށްގެން ކޮވިޑް-19 އިން ރައްކާތެރިވެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ކަމުން ގިނަ އަދަދެއްގެ މީހުން އެ ބޮއިގެން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް ޑެޓޯލް ބޮއެގެން 59 މީހަކު މަރުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ އެނގިފައިވާ ގޮތުގައި 63 މީހަކު ވަނީ ފާދިރީ މީހާ އެގޮތަށް ބުނުމުން ޑެޓޯލް ބޮއެފައި ކަމަށެވެ.

ކޮވިޑް-19 އަށް ހާއްސަ ވެކްސިނެއް އުފެއްދިފައި ނުވާއިރު، ދުނިޔޭގެ ގިނަ ބަޔަކު އެކި ގޮތްގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ ބުނެފައެވެ. އަދި އެބޭފުޅުން ވަނީ އެގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް ގޮވާލާފައެވެ.

މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީން ފެތުރެން ފެށި މި ވައިރަސް މިހާރު ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިވާއިރު، މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވެގެން މިހާތަަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މި ބަލި ޖެހިގެން މިހާތަަނަށް 78،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިޔާލު

    ބާކީ 4 މީހުން ލަކީ

    10
  2. ޢަލީ

    ކޮރޯނާ ފުރަތަމަ ފެނުނީ އިޓަލީ އިން. ސެޕްޓެމްބަރު މަހު. ފަހުން އަދި އިނގޭނެ! ވަﷲ އަޢުލަމް.

    10
    1
  3. ގާބޯ

    ސަލާމަތީ ސަބަބު ތަ ކަށް ޓަ ކައި ގައުމު ސިއްރު ކުރެވިފައިވާތީ މާފައް އެދެން

    8
    1
  4. ޑިކްޓޭޓަރ ޕާ

    ގަމާރު މީހުންވެސް އުޅޭ. ތިއޮތީ ކަލާންގެ ފަރާތުމީހާ ބުނާކޮންމެ ކަމެއް ކުރަންވާނެ. މޮޔަމީހުންވެސް ދުނިޔޭގައުޅޭ.

    31
    3
  5. ނަސީރު

    ފާދިރީ ކަލޭގެ އެބުނާބުނުން ގޯހެއްވެސް ނޫން . ހަަމަގައިމުވެސް ދެނެއް އެބުއި އެއްވެސް މީހަ ކައް ކޮވިޑް19 އެއް ނުޖެހޭނެ. ާ

    20
    1
  6. ޔސރ

    ޑިޓޯލް މޮޅުކޮށްގެން މިއުޅެނީ އޭގެ ބޭރުގައި ސަލީބެއް ޖަހައިގެން. ގަމާރު ނަސާރާއިންތައް

    21
    2