ނިއުޒިލެންޑްގެ ސިނަމާއަކަށް ނިދާ ހެދުމުގައި ދިޔުން މަނާ ކޮށްފިއެވެ.

މިގަވާއިދާއެކު ނައިޓީ ނުވަތަ ނިދާ ހެދުމާއި، ހަޑިވެފައިވާ ގަމްބޫޓު ފަދަ ތަކެއްޗަށް އަރައިގެން ސިނަމާއަށް ދިޔުން ވަނީ މަނާކޮށްފަ އެވެ.

ނިއުޒިލޭންޑްގެ ހަވޭރާ ސިނާމާއިން އެ ސިނަމާގެ އާ ގަވާއިދު އާންމުކޮށްފައިވަނީ ފޭސްބުކް މެދުވެރިކޮށެވެ. އެ ސިނަމާއިން ބުނީ ނިދާ ހެދުމުގައި ސިނަމާތަކަށް ދިޔުމަކީ އެ ސިނަމާއިން ބޭނުންނުވާ ރަގަޅު އާދައެއް ނޫން ކަމަށެވެ.

"ފިލްމު ބަލަން އެބަ އާދޭ ނިދާ ހެދުމުގައިވެސް. އަދި ވަރަށް ހަޑިވެފައިވާ ހުންނަ ހެދުމުގައިވެސް. މިއީ ގިނަ ބަޔަކު އެއްވާ ތަނެއް. އެހެންވީމަ ހެދުން އެޅުމާ ބެހޭ ގަވާއިދެއް އެކުލަވާލަން ޖެހުނީ،" ހަވޭރާ ސިނަމާގެ މެނޭޖަރު ކަސްޓީ ބަކް ބުންޏެވެ.

ހެދުމުގައި ސިނަމާއަށް ވަންނަން އަންނަ ފަރާތްތަކަށް އެ ފުރުސަތެއް ނުދެވޭނެ ކަމަށާއި މި ނިންމުގެ ސަބަބުން ވިޔަފާރިއަށް ގެއްލުމެއް ލިބޭނެ ކަމަށް ނުދެކޭ ކަމަށް ސިނަމާ އިން ބުންޏެވެ. ނިދާ ހެދުމުގައި އަންނަ ކަސްޓަމަރުންގެ މައްސަލައަކީ ވަރަށް އާންމުވެފައިވާ މައްސަލައެއް ކަމަށް ބުނެ ކަސްޓީ ބުނީ ގިނަ ބައެއްގެ ޝަކުވާތައް ވެސް ވަނީ މިމައްސަލައާއި ގުޅިގެން ލިބިފައި ކަމަށެވެ.

"މި ގަވާއިދަށް ގިނަ ބަޔަކު ތާއީދުކުރޭ. އަދި ގިނަ ބަޔަކު ދަނީ މިކަމާ ބެހޭ ގަވާއިދެއް ހެދުމުން ހިންހަމަޖެހުން ފާޅުކުރަމުން." ކަސްޓީ އިތުރަށް ބުންޏެވެ.

މިނިންމުމަށް ގިނަ ބަޔަކު ތާއީދުކޮށް ފޭސްބުކްގައި މެސެޖްތައް ޕޯސްޓްކޮށްފައިވާއިރު، ބައެއް ފަރާތްތަކުން މިކަމާ ދެކޮޅަށްވެސް ހިޔާލު ފާޅުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރީޒަން

    ސިނަމާ އަށް ގޮސް ގެން ނުވާނެއޭ އެއްގޮތަކަށް ވެސް ހަޑި ހެދުމުގައި ސިނަމާ އަކީ އެއީ ގިނަ އަދަދެއްގެ ބަޔަކު ޖަމާވާ ތަނެކޭ ސިނަމާ އަށް ދާން ޖެހޭނީ ރީތިވެގެން ނޭ މަމެން ނަށް ސިނަމާ އިން ރަށްޓެހިވި ސިނަމާ އަ ވަރަށް މަޖާ ވާހަކަ ދައްކާ މަޖާ އަނގަތަޅާލަން ލިބުނު ފްރެންޑް ވަނީ ވަރަށް ބޮޑަށް ބަލިވެގެން މިދުނިޔެ ދޫކޮށް ގޮސް ފައޭ އެއީ މަމެންގެ މަރްހޫމް ފާތިން ކިޔާ ކުއްޖެކޭ ސްެޕެޝަލީ ހާރ ޔަންގް އޭޖްގައި ދައްކާ މަޖާ ވާހަކަ އާއި އަދި އޮންޓައިމް އަށް ސިނަމާ އަށް އައުން އެއީ ސިނަމާ ގައި ހިސްޓްރީ އެއް އޮތުމުގެ ސިއްރޭ މަމެން ބުނަން ނެތީމު ދޯ. މަމެން އުއްމީދު ކުރަމޭ ފާތިން އަށް ރެސްޓް އިން ޕީސް އޯލްވޭޒް. ދެއަރ އާރ ސޯ މެނީ އެސައިންގްމެންޓްސް ޓު ރައިޓް ޓުގެދަ އޮން ސޯޝަލް އެން އެންވަޔަރުމެންޓަލް އިޝޫސް އޮފް ދިސް ކަންޓްރީ އައި ފައުންޑް އައުޓް އޯލް އެސައިންގްމެންޓްސް އާރ ސްޓަކް އޮން ދަ ހާރޑް ޑިސްކް އައި ވިޝް ދެޓް އައި ކުޑް ފައިންޑް އަ ސަކްސެސަރ ޓު ޓޭކް އޯވަރ ދިސް ސްޓަޑީސް އައި ފައުންޑް އައުޓް ތައުޒަންސް ރީޒަންސް ޓު ކޮމްޕްލީޓް ދީސް ސްޓަޑީސް އައި ވިޝް ދެޓް އައި ކުޑް ގެޓް އަ ސަކްސެސަރ ސޫނާރ އޯރ ލޭޓަރ. އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ އިޓް އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ...

    • އަޕްޑެ ޕޯޑޭ

      އަނގައޭ ކިޔަގަ. މި ބޮޑު ދުއްޕިއެއް???