ޖަރުމަންވިލާތުގެ ނަރުހެއް ކަމަށްވާ ނިއެލްސް ގޮއެގެލްގެ ވާހަކަ މީގެ ކުރިން ވެސް މީޑިއާ އިން އަޑުއަހާފައި އޮތުން ގާތެވެ. އޭނާ އަކީ ޖަރުމަންވިލާތުން ފެނުނު އެންމެ ގިނަ މީހުން މެރި ސީރިއަލް ކިލާއެވެ. ކުރިން ނަރުހެއްގެ ގޮތުގައި އެންމެންގެ ލޯބި ހޯދި ނަމަވެސް ނިއެލްސް އަކީ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ މީހެކެވެ.

ނިއެލްސްގެ މައްޗަށް މީގެ ކުރިން ވަނީ 97 މީހުން މަރާލުމުގެ ދައުވާ އުފުލާފައެވެ. މިއަދު އޭނާގެ މައްޗަށް ވަނީ އަނެއްކާވެސް އިތުރު މީހެއްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައެވެ. އެއާއި އެކު އޭނާ މަރާލި މީހުންގެ އަދަދު މިވަނީ 98 އަށް އަރާފައެވެ. މިއަދަދު އަދިވެސް އިތުރު ވެދާނެ ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.

ނިއެލްސް މަރާފައި ވަނީ ބަލި އެނދުގައި މަރާއި ހަނގުރާމަ ކުރަމުން ދިޔަ މީހުންނެވެ. ބައެއް މީހުން މަރާލާފައި ވަނީ ވިހައެއް ދީގެންނެވެ. ބައެއް މީހުން މަރާލާފައި ވަނީ އޮކްސިޖަން ނައްޓާލައިގެންނެވެ. އަދި ބައެއް މީހުން މަރާލާފައި ވަނީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މެޝިންތަކުން ކަރަންޓް ކަނޑާލައިގެންނެވެ.

ނިއެލްސް މިހާރު ވެސް ގެންދަނީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންްްނެވެ. އެއީ ދެމީހަކު މަރާލުމުގެ ކުށް ސާބިތުވެގެންނެވެ. ނިއެލްސްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތުގެ އަޑުއެހުމެއް ދެން އޮންނާނީ އޮކްޓޯބަރ 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު