މިއީ ތަފާތު ހީރަސް ދައްޗެކެވެ. މި ހީރަސް ދަތީގެ ތަފާތުކަމަކީ އެއްގަނޑު އަނެއް ގަނޑާ ހަރުކޮށްލުމަށް މިހީރަސްދަތީ ހީރަހެއް ބޭނުމެއް ނުވެއެވެ. އަންތަރީސް ވެއްޖެތާއެވެ!؟

ހީހަރަހާ ނުލައި ދެގަނޑު ހަރުކޮށްލުމުގެ ވިސްނުމެއް ފުރަތަމަ ގެންގުޅެންފެށީ 1900 ގެ އަހަރުތަކުގައެވެ. އެހެންނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި އެތައް ޤަރުނެއް ފާއިތުވެގެންދިޔައެވެ. ހީރަހުގެ އުނދަގޫ ބޮޑުވީ ކަރުދާހުގައި ޕުރިންޓް ކުރަން ފެށި ޒަމާނުންފެށިގެންނެވެ. ގަނޑު ސުކޭން ކުރުމަށް ހީރަސް ނައްޓާ ހެދުމުގައި މުހިންމު ލިޔެކިޔުންތަކަށް ގެއްލުން ލިބެން ފެށުމުން އަނެއްކާވެސް ހީރަހާނުލައި މިކަން ކުރެވޭޭނެ އާލާތެއްގެ ވާހަކަ ދެކެވެން ފެށިއެވެ. " ސްޓެޕްލެސް ސްޓެޕްލަރ" ވުޖޫދަށް އައީ މިހާހިސާބުނެވެ.

ސްޓެޕްލެސް ސްޓެޕްލަރއަކީ ޚަރަދު ކުޑަ ބޭނުން ކުރަން ފަސޭހަ އާލާތެކެވެ. މިއާލާތް މަސައްކަތް ކުރާގޮތް ތިރީގައިވާ ތަސްވީރުގައި އެވަނީއެވެ.

ސްޓެޕްލެސް ސްޓެޕްލަރ އަކީ ބޭނުން ކުރަން ފަސޭހަ އަދި އެއް ފަހަރާ އެތައް ގަނޑެއް ހަރުކޮށްލެވޭ އާލާތަކަށްވުމުން މިބޭނުން ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށްދަނީ އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރީން

    މި ލިބެންހުުރީ ކޮންތާކުން؟؟

  2. ހީރަސްދަތި

    އަޅުގަނޑު ތި ގަނެގެން ބޭނުން ކޮށްފިން، ބޭކާރު އެއްޗެއް،