ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރި ވުމުގެ ގޮތުން އާންމުން ގެއިން ބޭރަށް ނުނިކުތުމަށް އަންގަފައިވާ އެނގުމަށް ތަބާނުވެ، ބޭރަށް ނިކުންނަ މީހުން ހިފާ ހައްޔަރު ކުރުމަށް ގޮވާލި، އެލްޓަންގެ މޭޔަރު، ބްރޭންޓް ވޯކާގެ އަންހެނުން ބޭރަށް ނިކުމެ އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ އިލިނޮއިސް ސްޓޭޓުގައި އޮންނަ މި ސިޓީގެ މޭޔަރުގެ ގޮވާލުމާއި އެއްގޮތަށް ފުލުހުން އޭނާގެ އަންހެނުން ހައްޔަރުކޮށްފައި ވަނީ، އެ ސިޓީގެ ކެފޭއެއްގެ ތެރެއިންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އާންމުން ބޭރަށް ނުނިކުތުމަށާއި އާންމު ތަންތަނަށް ދިއުމާއި، ކެފޭ ފަދަ ތަންތަން ހުޅުވުން މަނާކޮށްފައި ވަނިކޮށެވެ. ބްރޭންޓްގެ އަންހެނުންނާއެކު ފުލުހުން ވަނީ އިތުރު ބައެއް މީހުންވެސް ކެފޭ ތެރެއިން ހައްޔަރުކޮށްފައެވެ.

ބްރޭންޓް ގެ އަންހެނުން ޤަވާއިދާ ޚިލާފުވެ ބޭރަށް ނިކުމެ އުޅެނިކޮށް ހައްޔަރު ކުރުމާއި ގުޅިގެން އެކަން ހާމަކޮށްފައި ވަނީވެސް އޭނާ އަމިއްލައަށް ކުރި ޕޯސްޓެއްގައެވެ. އޭނާ ބުނެފައިވާ ގޮތުގައި ކެފޭ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި އޭނާގެ އަންހެނުންވެސް ހިމެނޭކަން އެނގިފައިވާ ކަމަށާއި، ފުލުހުން މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެލްޓަންގެ މޭޔަރު، ބްރޭންޓް ވޯކާ

"އަހަރެންގެ އަންހެނުންނަކީ ވެސް ވިސްނޭ ވަރުވެފައި ހުރި މީހެއް. ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި ވަނިކޮށް އޭނާ ބޭރަށް ދިޔައީ އަމިއްލަ އިޚްތިޔާރުގައި. އެހެންވީމައި ޤަވާއިދަށް ބޯ ނުލެނބުމުން ދެން ކުރިމަތިވާ ކަންކަމާއިވެސް ކުރިމަތިލާން ޖެހޭނީ އޭނާ އަމިއްލައަށް،" ބްރޭންޑް ބުނެފައި ވެއެވެ.

އެމެރިކާގެ އެކި ސަރަޙައްދުތަކުގައި ކޮވިޑް-19 އާއި ގުޅިގެން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން މި ވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމަށް ބައެއް ސަރަޙައްދުތައް ފުރަބަންދުކޮށް އާންމު ޚިދުމަތްތައް ވަގުތީ ގޮތުން ހުއްޓާލާފައި ވެސް ވެއެވެ.

އެމެރިކާއަކީ މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ފެނުނު ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ޤައުމެވެ. މިހާތަނަށް އެޤައުމުން ޖުމްލަ 393782 މީހަކަށް މި ވައިރަސް ޖެހިފައި ވާއިރު، އޭގެތެރެއިން 12692 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދަވާލި19

  އަހަރެންގެ އަންހެނުންނަކީ ވެސް ވިސްނޭ ވަރުވެފައި ހުރި މީހެއް. ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި ވަނިކޮށް އޭނާ ބޭރަށް ދިޔައީ އަމިއްލަ އިޚްތިޔާރުގައި. އެހެންވީމައި ޤަވާއިދަށް ބޯ ނުލެނބުމުން ދެން ކުރިމަތިވާ ކަންކަމާއިވެސް ކުރިމަތިލާން ޖެހޭނީ އޭނާ އަމިއްލައަށް،" ބްރޭންޑް ބުނެފައި ވެއެވެ.
  (މިރާއްޖޭގަވެސް ސިޔާސީ މީހުން މިކަމުން އިބުރަތެއް ހާސިލު ކޮއްބަލަ އޭރުން ގައުމު ރަނގަޅުވާނެ)

  57
  2
 2. ބޭރު

  އައްދެ މީތިކަހަލަކަންކަމުގަ ދުނިޔޭން ބޭރުގެ ޤައުމުތަކައްވުރެން ކުރީގައުޅޭ ގައުމެއް މިޤައުމުން ލިބޭނީ ޑަބަލް ޕްރަމޯޝަން

  11
 3. Anonymous

  މިހާރުވެސް ވެލާނާގެ ތިރީގައ ހުންނަ ތަނުން ކޮފީގެ ޚިދްމަތްދޭ ބައެއް މޭޒުތަކުގައި ގްރޫޕްކޮށް މީހުން ތިބޭތަން ފެނޭ
  ހުއްޓުވާނެ ބަޔަކު ނެތް. އަދި ބަންގާޅުން ބަންދު ބޯޑު ޖަހައިގެން ޚިދްމަތްދޭ ތަންވެސް ފެނޭ.
  ފެންނަ ބަޔަކު ނެތް

 4. Anonymous

  މި ރާއްޖޭގައި ހިނގި ކަމެއްނަމަ ވާނެގޮތް ،...... ބުއްދީގެ އަހްލުވެރިން ވިސްނާ
  1.އެކަންކުރި ފުލުހުންގެ ވަޒީފާ ގެއްލުން
  2. ޑިމޯޝަން އައުން
  3. ތަން ބަދަލުކޮށްލުން ނުވަތަ ތުރާލެއް ޖެއްސުން

  14
  • މޯ

   އެމީހެއްގެ ކެރިއަރ އެއްކޮށް ދިޔައީ