ޒުވާނުންގެ މެދުގައި މަގުބޫލް އެޕްލިކޭޝަނެއް ކަމަށްވާ ސްނެޕްޗެޓް ގިނަ ބަޔަކަށް މިއަދު ޑައުންވެއްޖެއެވެ.

ސްނެޕްޗެޓަކީ ގިނަ ބަޔަކު މެސެޖް ކުރުމަށާއި ވީޑިއޯ ފޮނުވުމަށާއި ސްޓްރީކް ކުރުމަށް ބޭނުން ކުރަމުން އަންނަ މަޝްހޫރު އެޕްލިކޭޝަނެކެވެ. އެކަމަކު، އެތައް ހާސް ބަޔަކަށް މިއަދު ސްނެޕްޗެޓަށް ވަނުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ ރިޕޯޓުތައް ވަނީ ލިބެން ފަށައިފައެވެ.

ސްނެޕްޗެޓަށް ޖެހިގެން އުޅޭ މައްސަލައެއް މިހާތަނަށް އައިއިރު، ބުނެފައެއް ނުވެއެވެ.

އެކަމަކު، ބައެއް މީހުން ސްނެޕް ކުރުމަށް ފަހު، އެ ސްނެޕް ފޮނުވާ ކަމަށް ދެއްކި ނަމަވެސް، މާ ގިނަ އިރުތަކެއް ނުވެ ސްނެޕް ފެއިލްވެއެވެ. އަދި ބައެއް ފަހަރު ސްނެޕްޗެޓަށް އަންނަ މެސެޖްގެ ނޮޓިފިކޭޝަން ނުލިބޭ އިރު، މެސެޖެއް އޮންނަ ކަން އެނގެނީ ވެސް މެސެޖްކުރި މީހާގެ ސްނެޕަށް ވަނުމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިހާތަނަށް އައިއިރު، 1500 އަށް ވުރެ ސްނެޕްޗެޓް ބޭނުން ކުރާ މީހުން ވަނީ އެޕްލިކޭޝަނަށް ނުވަދެވޭ ކަން ރިޕޯޓުކޮށްފައެވެ. ބައެއް މީހުން ކުރި ޝަކުވާތަކުގެ ތެރޭގައި ސްނެޕްޗެޓުން އެއްވެސް ފޮޓޯއެއް ނުފޮނުވުން ވެސް ހިމެނެއެވެ.

ސްނެޕްޗެޓްގައި މައްސަލަ އުޅޭތީ ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ޓުވިޓާގައި ހިއްސާކޮށްފައެވެ.