އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރަކާތްތަކުން "ރައީސެއްގެ ޝަހްސިއްޔަތު" ނުފެންނަ ކަމުގެ ޝަކުވާ ވަރަށް ގިނަ މީހުން ކުރެއެވެ. ގައުމުތަކުގެ ވެރިންނާއި ޓްރަމްޕް ބައްދަލު ކުރާއިރު ވެސް އެބޭފުޅުންނަށް އެކަށީގެންވާ އިޙްތިރާމެއް ޓްރަމްޕް ނުކުރާ ކަމުގެ ޝަކުވާ ވަރަށް ގިނަ މީހުން ކުރެއެވެ.

އަނެއްކާވެސް މިއޮތީ އެފަދަ ޝަކުވާއެއް ކުރަން ފަށާފައެވެ. މިފަހަރު ފްރާންސްގެ ރައީސް މެކްރޮން އާއިމެދު އަންގާރަ ދުވަހު ޓްރަމްޕް ކަންތައް ކުރި ގޮތް މީޑިއާތަކަށް ކަމު ނުދިޔައެވެ.

މެކްރޮން އާއި ސަލާމް ކުރުމަށް ފަހު ޓްރަމްޕް ބުނީ "އަހަރެންގެ ރަހުމަތްތެރިޔަކާއި ބައްދަލުވުމަކީ ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެ.

އެއީ ވަރަށް އާދައިގެ، މައްސަލައެއް ނެތް ވާހަކައެކެވެ. މީޑިއާތަކަށް މައްސަލައަކަށްވީ މެކްރޮންގެ ކޯޓުގައި ހުރި ކޮންމެވެސް އެއްޗެއް ޓްރަމްޕް ފޮޅާލުމުންނެވެ. އަދި އެއަށް ފަހު މެކްރަންގެ ކޯޓުގައި ހުރީ ބޮލުގައި ހަން ފޮޅުމުގެ ސަބަބުން ބޮލުން ފައިބާފައި ހުރި ހަންކޮޅުތައް ކަމަށް ޓްރަމްޕް ބުނުމުން އެކަން ވަނީ މައްސަލައަކަށް ވެފައެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުގައި މިއީ މެކްރޮން ލަދުގަންނަވާލުމަށް ޓްރަމްޕް ކުރި ކަމެކެވެ. އަދި މިއީ ޓްރަމްޕަކީ އެހެން މީހުންނަށް އިޙްތިރާމް ކުރުމުގެ ސިފަ ނެތް މީހެއް ކަން އަނެއްކާވެސް ސާބިތުވެގެން ދިޔަ ކަމެއް ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން ޓްރަމްޕް މެކްރޮން އާއި ސަލާމް ކުރަން އުޅުނު ގޮތައް ވެސް މީޑިއާތަކުން ވަނީ ފާޑުކިޔާފައެވެ.

ބައެއް މީހުން ވަނީ ސަލާމް ކުރަން ދަސްކޮށްދޭ ކްލާސްތައް ނަގައިދިނުމުގެ ފުރުސަތަކަށް ޓްވިޓާ މެދުވެރިކޮށް ޓްރަމްޕް ކައިރިން އެދިފައެވެ. ނަމަވެސް ޓްރަމްޕް އަދި އެކަމަށް ޖަވާބެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނު

    ތީ ހަމަ މިތާ އުލުނު ކެނެރީގޭ ބްރާންތިވެސް އުޅުނު ގޮތް